ޚަބަރު
ޤާޒީ ޗުއްޓީގައި ހުންނެވުމުން، ލަމްހާގެ ބަންދަށް 10 ދުވަސް

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރި ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ހަލީމަތު ލަމްހާގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މިއީ އޭނާގެ ބަންދަށް މުއްދަތު ޖެހި ތިންވަނަ ފަހަރެވެ. މި މަހުގެ ދެވަނަ ދުވަހު ލަމްހާގެ ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން މި ފަހަރު ޖެހީ 10 ދުވަހުގެ މުއްދަތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްހާގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ، އެ މައްސަލަ ބައްލަވާ ޤާޒީ ޗުއްޓީގައި ހުރުމުންނެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ލަމްހާ ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. މޭރީއާއި މާވިންއާއި ލަމްހާ އަކީ އައިޖީއެމްއެޗްގެ ނަރުހުންނެވެ. މާވިން އާއި ލަމްހާ މަސައްކަތް ކުރަމުން ދިޔައީ ޑައިލިސިސް ޔުނިޓްގަ އެވެ.

މި މައްސަލާގައި މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ މާވިންގެ ބަންދަށް އިތުރު 15 ދުވަސް ޖަހާދީފަ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!