ޚަބަރު
ކޮމަންޑޫ ދާއިރާގައި މެގަ ޕްރޮޖެކްޓްތައް ހިންގާ ގޮތަށް، ކަންނެލި ޖަގަހައިގެ ވައުދު ފުއްދުމަށް ސަރުކާރަށް ގޮވާލަން – ސެމްބެ

ކޮމަންޑޫ ދާއިރާގައި މެގަ ޕްރޮޖެކްޓްތައް ހިންގާ ގޮތަށް، ކެމްޕެއިން ދުވަސްވަރު ވައުދުވެފައިވާ ގޮތަށް ކަންނެލި ޖަގަހައިގެ ވައުދު ފުއްދުމަށް، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގޮވާލައްވައިފިއެވެ.

ސެމްބެ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ނިޔާވުމާ ގުޅިގެން އެދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން އެދާއިރާގައި ގިނަ ޕްރޮޖެކްޓްތައް ހިންގަމުންދާތީއެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކަންނެލި ޖަގަހައެއް އެޅުމަށް ރައީސް ނަޝީދު ދެއްކެވި ވާހަކަ ހިމެނޭ ވީޑިއޯއެއް ޓުވިޓާގައި ހިއްސާކުރައްވަމުން ސެމްބެ ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި މެގަ ޕްރޮޖެކްޓްތައް ހިންގަން ތެޅި ފޮޅޭ ގޮތަށް ކަންނެލި ޖަގަހައިގެ ވައުދު ފުއްދުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

“ކޮމަންޑޫ ދާއިރާގައި މެގަ ޕްރޮޖެކްޓްސް ހިންގަން ތެޅި ފޮޅޭ ގޮތަށް ކަންނެލި ޖަގަހައިގެ ވައުދު ފުއްދުމަށް ސަރުކާރަށް ގޮވާލަން. ރައްޔިތުންގެ ޖީބަށް އެއްޗެއް ވަންނާނެ ގޮތެއްވެސް ހޯދަން އެބަ ޖެހޭ.” ސެމްބެ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ކަންނެލި ޖަގަހައިގެ ވައުދަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ ތެރެއިން ވެފައިވާ ވައުދެކެވެ.

“އަޅުގަނޑުމެންގެ އެހެން ވައުދެއް އެބަވޭ. މާ އަޅުގަނޑުމެންނަށް ސިފަކުރަން އުނދަގޫ ވައުދެއް. ކަންނެލި ޖަގަހަ. ކަންނެލި ޖަގަހައަކީ ރާއްޖޭގެ ގޮނޑުދޮށުއްސުރެން ނުވަތަ އަތޮޅުތަކުގެ ދުނިންސުރެން 100 އެއްހާ މޭލު ދުރުގައި ހަދާފައި އޮންނަ އޮއިވާލި ކަނދުފޮއްޗެއް. ބޮޑުތަނެއް. ދިހަ ވަރަކަށް ހާސް އަކަފޫޓުގެ ޕްލެޓްފޯމެއް. އެތަނުން މިގަސްތުކުރަނީ މަސްގަންނަން. އަދި އައިސް ވިއްކަން އަދި ތެޔޮ ވިއްކަން އަދި ސައި ހޮޓަލެއްވެސް ހުންނަން އަދި އެތަނުގަ ރޭވެސް ކުރަން.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެކަމަކީ މާކަނޑުގައި ކުރާ ކަމެއް ކަމަށާއި، އެތަނަކީ ތިން ހަތަރު ފަސް ސަތޭކަ މީޓަރު އަޑިއަށް ނުވަތަ ހާހެއްހާ މީޓަރު ފުންމިނުގައި އޮންނަ ތަނެއްގައި ކުރާ ކަމެއްގެ ވާހަކަ ކަމަށާއި، އަދި މަސްވެރިން ބާނާ މަހަށް ދެގުނަ އަގު ހޯދައި ދިނުމަށް ކުރާ ކަމެއް ކަމަށްވެސް އެޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!