ފީފާ “ދަ ބެސްޓް” ޕްލޭޔަރ ހޮވުމަށް ރޭ ޒިއުރިކްގައި ބޭއްވި ޚާއްޞަ ރަސްމިއަޔާތުގައި ހާއްސަ އެވޯޑެއް ޕޯޗުގަލް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދީފިއެވެ.
ރޮނާލްޑޯގެ ކުޅިވަރުގެ ހުނަރު އަގުވަޒަންކޮށް ފީފާއިން ދީފައިވާ ހާއްސަ އެވޯޑް ލިބިގެންދިޔައިރު ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ވަނީ ހިމެނިފައެވެ. މީގެއިތުރުން ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ރެކޯޑްތަކެއް ރޮނާލްޑޯ ވަނީ ހަދާފައެވެ. އަދި މިވަގުތު ދުނިޔޭގެ ބައިނަލްއަޤުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް އޮތް ހަމައެކަނި ކުޅުންތެރިޔަކީވެސް ރޮނާލްޑޯއެވެ.
އެގޮތުން ރޮނާލްޑޯ ވަނީ އޭ ޕޯޗުގަލް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 2018 މެޗުގައި 133 ގޯލް ކާމިޔާބު ކޮށްފައެވެ. އެހެންކަމުން ރޭ ބޭއްވުނު އެވޯޑް ހަފްލާގައި ރޮނާލްޑޯވަނީ ޕޯޗުގަލްގެ ގައުމީ ޓީމްގެ އިތުރުން ގައުމީ ޓީމުގެ ކޯޗަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
މީގެ އިތުރުން ވާހަކަ ނިންމާލަމުން ރޮނާލްޑޯ ބުނީ ފީފާއިން ދިން ޚާއްޞަ އެވޯޑްގެ ސަބަބުން އިތުރު ހިތްވަރެއް ލިބިއްޖެކަމަށާއި އަދިވެސް ކުރިޔަށް އޮތް ތަނުގައި މިފަދަ އެވޯޑްތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

