ކޮޗިން ފެރީގެ ދަތުރުތައް ހދ.ހަނިމާދޫއަށް ބާއްވަމުން ދިޔައިރު އެފެރީން އިންޑިޔާ ސިފައިންނަށް ބޭނުންވާ ހަތިޔާރު ރާއްޖެ އެތެރެކުރިކަމަށް ތުހުމަތުކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކފުޅު ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ކޮޗިން ފެރީއިން ރާއްޖޭގެ ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށާއި އެފެރީން އެތެރެކުރީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންނަށް ބޭނުންވާ ހަތިޔާރުކަމަށެވެ.
ޝުޖާއު ވިދާޅުވީ “އިންޑިޔާ އައުޓް” ކެމްޕެއިނަކީ އިންޑިޔާގެ ހުރހާ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ހަރަކާތެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރިޔަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި ތިބި އިންޑިޔާގެ ޑޮކްޓަރުންނާއި ޓީޗަރުން ރާއްޖޭގައި ތިއްބަކަސް އެއީ މައްސަލައެއް ނޫންކަމަށް ބުނަމުން ޝުޖާއު ވިދާޅުވީ މިފަދަ މަސައްކަތްތަކަށް ދިވެހިން އުފެއްދުމަކީ އެޕާޓީގެ ސިޔާސަތެއް ކަމަށެވެ. އަދި މިކެމްޕެއިންގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިޔާ ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަޤީންކަން ޝުޖާއުވަނީ ދެއްވާފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވީ 01 ފެބްރުއަރީ 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ވެސް އިންޑިއާ ސަރުކާރުން އަޑީގައި އޮވެގެން ނެރުނު އަމުރެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ އެހެން ޖަޒީރާ ގައުމުތަކުގައި ވެސް އިންޑިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރި ވާކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތުން، ބަންދުގައި ތިބި ނުވަ މީހަކު މިނިވަންކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ކޯޓުގެ އަމުރުން ބައެއް ބާތިލްކޮށް ބައެއް ބައިތަކަށް އަމަލުކުރުން ފަސްކުރުމަށް، ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އަމުރު ނެރުއްވައިފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވެގެން އެމުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖުލީހަށް ހުށަހެޅުމުން އިންޑިޔާއިން ވަނީ އެކަމަށްވެސް ނުފޫޒު ފޯރުވާފައެވެ. ސްޕްރީމްކޯޓުން 01 ފެބްރުއަރީ2018 ގައި ނެރުނު އަމުރު ފުރިހަމައަށް ތަންފީޒުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އިންޑިއާއިން ވަނީ ރާއްޖެއަށް ގޮވާލާފައެވެ.


ހަތިޔާރޭ އޯ އެމް ގީ