މަޢުލޫމާތު
ފުރަތަމަ ސިކުނޑިއަށް އަންނަ ލަފުޒަކަށް ބުރަވެ، ތިބާގެ ނޭނގޭ ކަންތައްތަކެއް ދެނެގަނެވިދާނެ

މިސިންގ ލެޓަރ އިފެކްޓް ކިޔާ ކާމިޔާބު ކޮންސެޕްޓެއްގެ އެހީގައި، އަހަރަމެންގެ ސިކުނޑީގެ ސަބްކޮންޝިއަސް މައިންޑްގައިވާ ގިނަ ކަންތައްތަކެއް ދަނެގަނެވެއެވެ. ބައެއް އަކުރުތައް މަދު ލަފުޒަކަށް ތިބާ ބަލާލުމުން، އެލަފުޒު ހަމަޖެއްސުމަށް ތިބާގެ ސިކުނޑި ބޭނުންކުރާ އަކުރުތަކަށް ބުރަވެ، ތިބާގެ ސިކުނޑީގައި ހިގަމުންދާ ތަފާތު ކަންކަމާއި، ވިސްނުން ގެންގުޅޭގޮތް ދެނެގަނެވިދާނެއެވެ.

މިސިންގ ލެޓަރ އިފެކްޓުގައި ގެންގުޅޭ ތަފާތު ނަޒަރިއްޔާތުތަކެއް ވެއެވެ. އެއް ނަޒަރިއްޔާތު ބުނާގޮތުން ލަފުޒު ފުރިހަމަކުރުމަށް ތިބާ އިޚްތިޔާރު ކުރާ އަކުރަކީ، އިންސާނާއަށް ފަރިތަ އެންމެ އެނގޭ، ދަންނަ ލަފުޒުތައް ކަމުގައި ގަބޫލުކުރެވެއެވެ. އަދި މަދުވާ އަކުރު ހިމަނައިގެން ނިންމާ ލަފުޒަކީ އިންސާނާގެ ސިކުނޑިއަށް އަންނަ ފުރަތަމަ ލަފުޒު ކަމުގައި މިވިސްނުމުގައި ޤަބޫލުކުރެއެވެ.

އެހެން ނަޒަރިއްޔާތަކުން ބަލާއިރު، މަދުވާއަކުރު ހަމަކޮށްގެން ސިކުނޑިން ރާވައި، ހަމަޖައްސާ ލަފުޒުން ހާމަކޮށްދެނީ މިހާގެ ސިކުނޑީގައި ހިނގާ ތަފާތު ވިސްނުންތަކާއި، ޤަބޫލުކުރާ ޤަބޫލުކުރުންތައް ކަމުގައި ބުނެއެވެ. މި ނަޒަރިއްޔާތަށް ބަލާއިރު، މިއީ ރަނގަޅު ޤަބޫލުކުރުންތަކެއްގެ ގޮތުގައި ބަލައިގަނެވެއެވެ. ސަބަބަކީ، އިންކް ބްލޮޓް ނުވަތަ ތަފާތު މަންޒަރުތައް އިންސާނުންގެ ސިކުނޑިން ނަގައިގަންނަ ގޮތަށް ބަލައި، މިހާގެ ވިސްނުން ހުންނަގޮތާއި ކަންކަމުގައި ދެކޭގޮތް ފަސޭހައިން ދެނެގަނެވޭތީއެވެ. މިގޮތުން، މިސިންގ ލެޓަރ އިފެކްޓުންވެސް، އިންސާނާ ސިކުނޑީގައި ހިނގާ ތަފާތު ވިސްނުންތަކާއި، ޤަބޫލުކުރާ ޤަބޫލުކުރުންތައް ދެނެގަނެވެއެވެ.

އަބަދުވެސް އަހަރަމެންގެ ސިކުނޑީގެ ތެރޭގައި ތަފާތު އަހަރަމެންގެ ދިރިއުޅުމާއި، ފިކުރާއި، ޤަބޫލުކުރުންތަކާއި، ވިސްނުމަށް ބުރަވެ، ތަފާތު ކަންތައް ކުރިޔަށްދެއެވެ. އަހަރަމެން އިންސާނުންނަށް ފެންނަ ހުވަފެނަކީވެސް މިފަދަ އެއްޗެކެވެ. ދުވަހަކުވެސް ލޮލުން ނުފެންނަ، ތަޖުރިބާ ކޮށްފައި ނުވާ ތަފާތު ކަންކަން ހުވަފެނުގެ ގޮތުގައި ސިކުނޑި އަހަރަމެންނަށް ދައްކުވައިދެއެވެ.

ތިރީގައިވާ ފޮޓޯ ރަނގަޅަށް ބަލާށެވެ. ފޮޓޯގައިވާ ލަފުޒުގައި އަކުރެއް އުނިކުރެވިފައި ވާނެއެވެ. މިލަފުޒަށް ބަލާލުމުން ފުރަތަ ސިކުނޑިއަށް އަންނަ ލަފުޒު ދެނެގަންނާށެވެ. މާބޮޑަށް ވިސްނުމުގެ ބޭނުމެއް ނެތެވެ. ލަފުޒު ބަލާލުމުން ފުރަތަމަ ސިކުނޑިއަށް އަންނަ ލަފުޒުން ތިބާގެ ސަބްކޮންޝިއަސް މައިންޑްގައިވާ ތަފާތު ކަންކަން ދެނެގަނެވިދާނެއެވެ. ތިރީގައިވާ ތަފާތު ލަފުޒުތަކުގެ ތެރޭގައި ތިބާގެ ސިކުނޑިއަށް ނެގުނު ބަސް ހިމެނޭތޯ ބަލައި، އެއަށްފަހު، އެލަފުޒުން ދޭހަކޮށްދޭ ތަފާތު ކަންކަން ދެނެގަންނާށެވެ.

“Lover” “ލަވާ” ސިކުނޑިއަށް އައި ނަމަ:

މަދުވާ އަކުރު ހިމަނައިގެން ލަފުޒު ފުރިހަމަވި އިރު، އެލަފުޒަކީ “ލަވާ” ކަމުގައި ވާނަމަ، ތިބާއަކީ ލޯބިވެރިޔަކަށް ވެފައި، ވަރަށް ގަދަޔަށް ލޯތްބަށް ސަމާލުކަންދޭ މީހެކެވެ. ނަމަވެސް މިއީ، ދެމިޔަ އެކުލެވޭ ކަޑިއެއް ގެންގުޅުންފަދަ ނުރައްކާތެރި ކަމެކެވެ. އެހެން މީހުންނަށް ރަނގަޅު ގޮތް ވުމަށް އެދުމާއި، އެމީހެއްގެ އެންމެ މޮޅު ސިފަތައް ފާހަގަކުރުމަކީ ރަނގަޅު ކަމަކަށް ވީނަމަވެސް، ލޯތްބަކީ އޭގެ ސަބަބުން ލޯކުރިމަތިން ފެންނަން ހުންނަ ތަފާތު ކަންކަންވެސް، ނުފެންނަ ކަނު މީހަކަށް މީހާ ބަދަލުކޮށްލާ އެއްޗެކެވެ.

ލޯބީގެ ރަނގަޅު ސިފަތަކަށް ބަލާއިރު، ރަނގަޅު ފަރާތާއި ބައްދަލުވެ، ފިކުރާއި ޚިޔާލު ދިމާވާނަމަ، ރަނގަޅަށް ވިސްނުމާއި، އެހެން މީހުންގެ އިޙްސާސްތަށް ދެނެގަންނަ މީހަކަށް މީހާ ބަދަލު ކޮށްލައެވެ. ލޯބިވެރިންގެ އިތުރު ސިފަތަކަށް ބަލާއިރު، އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި، ކަންކަމުގައި ޝުއޫރާއި ޚިޔާލު ފާޅުކުރަން ކެރުން ހިމެނެއެވެ.

“Lower” “ލޯވާރ” ފެނުނު ނަމަ:

ތިބާއަކީ ތަފާތު ހާލަތަކުގެ ކޯންޓްރޯލް ނެގުމަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން. ކަމެއް ރާވާގޮތަށް ނުވަތަ ބޭނުންވާގޮތަކަށް ކުރިޔަށް ނުދިޔުމުން، ތިބާއަށް ކަންކަމުގައި ގޮތް ހުސްވެއެވެ. ތިބާގެ މިފަދަ ސިފަތަކެއްގެ ސަބަބުން، ތިބާއަކީ ކަންކުރުމަށް ނޭނގޭ، ނުވަތަ އާދަޔާ ޚިލާފަށް ގޮތްދޫނުކުރާ މީހެއްގެ ގޮތުގައި އެހެން މީހުންނަށް ތިބާ ސިފަވެގެން ދެއެވެ. އެހެން ނަމަވެސް، ތިބާ ރަނގަޅަށް ދަންނަ މީހުން އަބަދުވެސް، ކަންކަމުގައި ތިބާގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އައުމަށް ލޯބިކުރާނެއެވެ. އެހީތެރިކަމުގެ އަތެއް ބޭނުންވާ ކޮންމެ ވަގުތެއްގައި، އެހީތެރިކަން ފޯރުކޮށްދޭނެ، ކަންކަމުގައި ބަރޯސާކުރެވޭ މީހެއްގެ ގޮތުގައި ގާތްމީހުން ތިބާ ދެކެއެވެ. ތިބާއަކީ އޯގާތެރި ހިތެއްގެ ވެރިއަކަށް ވުމުގެ އިތުރުން، އެހެންމީހުން ބަރޯސާވާން އެންމެ އެކަށީގެންވާ މީހެއްގެ ގޮތުގައި އެފަދަ މީހުން ދެކެއެވެ.

“Loser” “ލޫޒާ” ފެނުނު ނަމަ:

ތިބާއަކީ ރިއަލިސްޓެކެވެ. އެއްވެސް އިރެއްގައި އެއްވެސް މީހަކު، ޤަބޫލުކުރަން ދަތިވިޔަސް، ތެދު ހަޤީޤަތް އެނގިގަންނަން ބޭނުންނަމަ، ތިބާ ކައިރިއަށް އާދެއެވެ. ތިބާ ރަނގަޅަށް ނުދަންނަ މީހުން، ތިބާގެ ތެދު ހަޤީޤަތް ބުނުމުގެ ސިފަބައެއް ހާލަތްތަކުގައި، ގޯސްކޮށް ނަގައެވެ. ނަމަވެސް ތިބާގެ ހަޤީޤަތް ދަންނަ ތިބާއަކީ ހަޤީޤަތަށް ވާހަކަ ދައްކާ، ބުނަން ބޭނުންވާ ކޮންމެ އެއްޗެއް އެއްވެސް ފޮރުވުމެއް ނެތި ބުނާ މީހެއްކަން ދަންނަ މީހުން ތިބާއަށް އިތުބާރުކުރުމާއެކު، ބަރޯސާ ވެއެވެ. ތިބާއަށް މިފަދަ އިތުބާރެއް ކުރުމުގެ ސިއްރަކީ ތިބާއަކީ، ފޭކު މީހެއް ނޫންކަން އަދި އަސްލުމީހެއްކަން، ހަޤީޤަތަށް ވާހަކަ ދައްކާ މީހެއްކަން އެމީހުންނަށް އެނގޭތީއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!