ޚަބަރު
ހައުޑިގަލާ އިން އެއްވެސް ބަޔަކު ބާލުވާފައި ނުވާނެ : ފުލުހުން

ގދ.ހައުޑިގަލާއިން އެއްވެސް ބަޔަކު ބާލުވާފައިވާ ނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، ގދ.ހައުޑިގަލާގެ އިންސްޕެކްޝަން ހެދުމަށް އެ ރަށުގެ ބަލަދުވެރި ފަރާތްކަމަށްވާ ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން އެ ރަށަށް ގޮސްފައިވަނިކޮށް، އެރަށަށް އަރާފައިވަނީ ގަވާއިދާއި ޚިލާފަށް ކަމަށްބުނެ، ފުލުހުން މެދުވެރިކޮށް އެރަށުން ބާލުވާފައިވާ ކަމަށް މީޑިއާގައި އެ ޚަބަރު ގެނެސްދިނުމުން އެކަމާއި ގުޅިގެން ހުވަދޫ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ގދ.ހައުޑިގަލާ ބަލަހައްޓާ ފަރާތުގެ ހުއްދަނެތި އެރަށަށް ބަޔަކު އަރާއިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ގދ.އަތޮޅު ކައުންސިލަށް ފޯނުން ގުޅާއި މައުލޫމާތު ސާފުކުރައްވާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން މެދުވެރިކޮށް އެއްވެސް ފަރާތެއް އެރަށުން ބާލުވާފައި ނުވާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިން ވަނީ ގދ.ހައުޑިގަލާގެ އިންސްޕެކްޝަން އެއް ހެދުމަށް އެރަށަށް ޓީމެއް ގޮސްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެ އިދާރާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ހައުޑިގަލާ ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފަރާތާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާއާއި އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރ ގެ އެދުމުގެ މަތިން ގދ.ހައުޑިގަލާގެ އިންސްޕެކްޝަންއެއް ހެދުމަށް އެ އިދާރާގެ ޓީމެއް މިއަދު ގދ.ހައުޑިގަލާގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ފުލުހުން މެދުވެރިކޮށް ހައުޑިގަލާ އިން ބޭލުވި ވާހަކަ އާއި ގުޅިގެން “ހުވަދޫ ނިއުސް” އިން އަތޮޅު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަށް ގުޅާލުމުން ވިދާޅުވީ، ކޮންމެ މަހަކު އެއްފަހަރު ގދ.ހައުޑިގަލާގެ އިންސްޕެކްޝަން ހަދަން ޖެހޭ ކަމަށާއި، މިއަދު އިސްޕެކްޝަން ހެދުމަށް ފުރުމުގެ ކުރިން ސިޓީ އަކުން އެރަށް ބަލަހައްޓާ ފަރާތަށް އެކަން އަންގާފައިވާނެ ކަމަށެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ ފުލުހުން މެދުވެރިކޮށް އެރަށުން އަތޮޅު ކައުންސިލްގެ އެއްވެސް މުވައްޒަފަކު ބޭލުވި ކަމަށް އެނގިފައި ނުވާ ކަމަށާއި، ހައުޑިގަލާ އަށް ދިޔަ ޓީމު އެނބުރި އައީ، ކުރަން ޖެހޭ މަސައްކަތް ކޮށް ނިންމުމަށް ފަހުގައި ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު ތަފްސީލް ހޯދުމަށް ގދ.ހައުޑިގަލާ ބަލަހައްޓާ ފަރާތް ކަމަށްވާ ހަވަރު ސްޕޯޓްސް އަށް “ހުވަދޫ ނިއުސް” އިން ގުޅާލުމުން އެ ފަރާތުން ވިދާޅުވީ، މިއަދު ނުރަސްމީ ގަޑީގައި އަތޮޅު ކައުންސިލްގެ ފަރާތުން ސިޓީ އެއް ލިބިފައިވާ ކަމަށާއި، އެ ސިޓީ އަށް ވަގުތުން ޖަވާބެއް އެރުވިފައި ނުވިނަމަވެސް، ފަހުން އެ ސިޓީ އަށް ޖަވާބު އެރުވިފައިވާނެ ކަމަށެވެ. އަދި އިންސްޕެކްޝަން އަށް ހުއްދަ ނެތި އެރަށަށް އެރުމުން ފުލުހުންނަށް މައްސަލަ ހުށަހެޅިކަމަށްވެސް ހަވަރު ސްޕޯޓްސް އިން ބުނެއެވެ.

2019 ވަނަ އަހަރުން ފެށިގެން ގދ.ހައުޑިގަލާ ބަލަހައްޓަމުން އަންނަ ހަވަރު ސްޕޯޓްސް އިން އިތުރަށް ވިދާޅުވީ، ގދ.ހައުޑިގަލާ އަށް އެފަރާތުގެ ހުއްދަ އެއް ނެތި އަރާފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ހަސަން

  ކޮންފަދަރީތި ރަޓާތީބޫ

 2. އިސްމާއިލް ޚަލީލް

  މިއީ ހަބަރު ހުންނަން ޖެހޭ ގޮތަކީ. ޝާމިލުވާ އެންމެން ބުނާ އެއްޗެހި ހުންނަންވާނެ. ޒިންމާދަާރު ނޫސްވެރިކަމަކީ އެއީ. ސާބަސް