ޚަބަރު
ކޮޗިން ފެރީއިން ހަތިޔަރު އެތެރެކުރުމާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނޫން: ސިފައިން

ކޮޗިން ފެރީން ހދ. ހަނިމާދުއަށް ހަތިޔާރު އެތެރެކުރިކަމަށް އިދިކޮޅުން ކުރި ތުހުމަތަށް އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ދިވެހި ސިފައިން މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި ކޮޗިން ފެރީއިން ހަނިމާދޫއަށް ވަނީ ހަތިޔާރު އެތެރެކޮށްފައެވެ. ހަނިމާދޫގައި ތިއްބެވި އިންޑިޔާ ސިފައިންނަށް ބޭނުންވާ ހަތިޔާރުތައް ރާއްޖެއަށް ފޮނުވާ ވަސީލަތަކީ ކޮޗިން ފެރީ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މިތުހުމަތްތަކާއި ގުޅިގެން ދިވެހި ސިފައިން ވިދާޅުވެފައިވަނީ އެވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި މިކަމާއި ބެހޭ ގޮތުން “މިހާރު” މީޑިޔާއިން އެތައް ފަހަރަކު ގުޅައި މެސެޖް ކުރި ނަމަވެސް ޖަވާބުދާރީ ވެފައި ނުވެއެވެ. އެމީޑިޔާއިން ބުނާގޮތުގައި އެންމެ ފަހުން ސިފައިން ދިން ޖަވާބަކީ އެ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

“އިންޑިޔާ އައުޓް” ކެމްޕެއިނަކީ އިންޑިޔާގެ ހުރހާ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ހަރަކާތެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރިޔަށް ގެންދާ ކެމްޕެއިނެއް ކަމަށް އިދިކޮޅުން ވަނީ ވިދާޅުވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!