ރިޕޯޓް
ތިނަދޫ މަގުތަކުގެ ނަންތަކާމެދު ހިތްހަމަޖެހޭތަ؟

ތިނަދޫ މިޞްބާޙުލްހުދާ މަދަރުސާގައި ކިޔަވަމުން ދިޔަ ދުވަސްވަރު ޢާއްމު މަޢްލޫމާތުގެ މާއްދާގައި ތިނަދޫގެ މަގުތަކާއި، ވަދެނުކުންނަ ނެރުތަކަށް ކިޔާ ނަންތައް ދަސްކޮށްދިނެވެ. ހުރަހަށާއި ދިގަށް ހަދާފައިވާ މަގުތަކަށް ދީފައިވާ ނަމްބަރު ތަކާއެކީގައެވެ.

ކިޔާ އެއްޗެއް ނޭގުނެއް ކަމަކު ރާގުލާފައި ކިޔާއިރު އަޅުގަނޑުމެންނަށް ވަނީ މަޖަލަކަށެވެ. އެކަމަކު އެ ނަންތަކާއި، އެނަންތަކުގެ މާނައާއި، ނުވަތަ އެނަންތައް ނިސްބަތް ކުރެވޭ ކަމަކާ ނުވަތަ ބަޔަކާ މެދު މާބޮޑު ނުވަތަ އެއްވެސް ފިކުރެއް ކުރުމެއް ނެތިއެވެ.

އަދި މިއަދުވެސް މިނަންތަކާމެދު އެއްވެސް ބަޔަކު މާބޮޑު ފިކުރެއް ކުރެޔޭ ދަންނަވާ ހިތެއް ނެތެވެ. އެކަމަކު މިއަދު ޢާއްމު މަޢުލޫމާތުގެ މިކަހަލަ މާއްދާތައް ކުދިންނަށް ކިޔަވައިދޭހެން ހިއެއްނުވެއެވެ.

މަގުތަކުގެ ނަންތައް ޢާއްމުކޮށް ބޭނުމެއް ނުކުރެއެވެ. ނަމަވެސް ބައެއް ވައްތަރުގެ ޚިދުމަތް ހޯދުމަށް ފުރާ ފޯމުގައި މަގުގެ ނަން ލިޔަން ޖެހެއެވެ. ބައެއް ރަށްރަށުގެ މަގުތަކުގެ ނަންބޯޑު އިހު މާލޭ މަގުތަކުގެ ނަންބޯޑުތައް ހުރިހެން ސިމެންތިން ހަދާފައި ހުރެއެވެ. ބައެއް ރަށްރަށުގައި މިކަމަށް ސަމާލުކަމެއް ނުދެއެވެ.

ގދ.ތިނަދޫ – ފޮޓޯ: އަމަން ޒުހައިރު

ތިނަދޫގެ މަގުތަކަށް ކިޔާފައިވާ ނަންތަކުގެ މާނައާއި، އެނަންތައް ނިސްބަތް ކުރެވިފައިވާ ފަރާތްތަކާމެދު ވިސްނާލައިފިނަމަ ނުވަތަ މިނަންތައް ސާފުކޮށް އެނގިއްޖެނަމަ މިނަންތަކާމެދު ސުއާލު އުފައްދައި ނަންތައް ބަދަލުުކުރުމުގެ ވާހަކަ ދައްކަން ފަށާނެކަން ޔަޤީނެވެ. އެއީ ތިނަދޫގެ ވިސްނުމަކުން ވިސްނާއިރު ތިނަދޫއަށް އެނަންތައް ބީރައްޓެހި ކަމުންނެވެ.

ރަށްރަށުގެ ނުވަތަ ސިޓީތަކުގެ މަގުތަކާއި، މައިދާން ތަކާއި، މައިޒާންތަކާއި، ތަންތަނާއި، ރައްޔިތުންގެ ޢިމާރާތްތަކަށް ނަންކިޔަނީ އެރަށެއްގެ ރައްޔިތުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އަގުހުރި ޚިދުމަތްތަކެއް ކުރައްވައި ދުނިޔެއަށް އަލްވަދާޢު ކިޔާފައިވާ ޚިދުމަތްތެރިންގެ ނަންތަަކަށް ނިސްބަތްކޮށްގެންނެވެ. ނުވަތަ އެމަގެއް ނުވަތަ އެތަނެއް ބިނާ ކުރި މީހަކަށް ނުވަތަ ޖަމްޢިއްޔާ އަކަށް ނުވަތަ އެތަނަކާ ގުޅިފައިވާ މުހިންމު ޙާދިސާއަކަށް ނުވަތަ ތަނަކާ ގުޅުވައިގެން ނަންކިޔާފައި ހުރެއެވެ. އަދި އެކި ބާވަތުގެ ބިޔަ ގަސްތަކާއި، މާމެލާމެލީގެ ނަމަށް ނިސްބަތްކޮށްގެން ވެސް މިފަދަ ތަންތަނަށް ނަންކިޔައެވެ.

އަނެއްކާވެސް ތިނަދޫގެ ނެރުތަކާއި، ރަށުގެ މަގުތަކަށް ކިޔާފައިވާ ނަންތަކާމެދު ވިސްނާލަމާތޯއެވެ. ޤައުމުގެ ބައެއް ވެރިންގެ ނަންނަމާއި، ހަވަރުގެ ނަންތަކާއި، ލަޝްކަރީންގެ ނަންތަކާއި، ހަތިޔާރުގެ ނަމުން ނަންދީފައި ވެސް އެބަހުއްޓެވެ. ރަސްރަސްކަލުންނާއި، ބައެއް ކޮލީ ނަންތައްފަދަ ރަށުގެ ކަންކަމާ ގުޅުމެއް ނެތް ބައެއް ނަންތައްވެސް ފެނެއެވެ.

އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ސުއާލަކީ ތިނަދޫގެ ޚިދުމަތްތެރިންގެ ނަންތަކުން އެމީހުންގެ ހަނދާންތައް އާނުކުރަންވީ ކީއްވެހެއްޔެވެ؟

ކުރީގެ ޚިދުމަތްތެރި ވެރިންނެވެ. ވާރުވެރިންނާއި، އަތޮޅުވެރިންނެވެ. ޚަޠީބުންނާއި، ކަތީބުންނެވެ. މުދިމުންނާއި، އިމާމުންނެވެ. އޮޑިވެރިންނާއި، ކެޔޮޅުންނެވެ. މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނެވެ. ހުނަރުވެރިންނާއި، ކަމުވޮށިވެގެންވާ މީހުންނެވެ. އަދި މިނޫނަސް މިކަހަލަ ކިތައްމެ ކިތައްމެ ގިންތިއެއްގެ ޚިދުމަތްތެރިންނެވެ.

އެ މީހުންގެ ދަންފަޅީގައި އަގުނުކުރެވޭނޭ ގިނަގުނަ ޚިދުމަތްތަކެއް ރަށަށް ކޮށްދިން ޚިދުމަތްތެރިންނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއިން ކޮންމެ މީހެއްގެ ޚިދުމަތަށް މިއަދުގެ ތިނަދޫ ފަޚުރުވެރި ވާނެއެވެ. އެކަމަކު ފަޚުރުވެރި ވިޔަސް އެމީހުންގެ ނަމުން އެމީހުންގެ ހަނދާން އާކުރެވޭތޯއެވެ؟

ފަހުން ހިއްކި ސަރަޙައްދުތަކުގައި އަލަށް ހެދި މަގުތަކަށް މިދެންނެވި ދާއިރާތަކުން ނަންތައް ކިޔާފައި ހުރެދާނެެެއެވެ. އަޅުގަނޑު ހިތުން އެކަން ވަރަށް ރަނގަޅެވެ. ރަށުގެ މަގުތަކަށް ނަންތައް ކިޔަންވާނީ ރަށާއި ރަށުގެ ޚިދުމަތްތެރިންނާއި، ރަށުގެ އެކި ކަންކަމާއި، އެކިތަންތަނާއި ގުޅުވައިގެންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި މަގުތަކަށް ކިޔާ ނަމުގެ ކުރު ތަޢާރަފެއް މަގުގެ ކޮންމެވެސް ހިސާބަކުން ފެންނަން ހުރުމަކީ ވަރަށް މުުހިންމު ކަމެކެވެ.

އިހުގެ ހަވަރުތިނަދޫގެ ދުވަސްވަރާއި، މިޒަމާނުގެ ތިނަދޫގެ ޚިދުމަތްތެރިންގެ ވަރަށް ގިނަ ނަންތައް އަޅުގަނޑު ލިސްޓު ކުރީމެވެ. ތިނަދޫގެ ބައެއް އެހެން މީސްމީހުންގެ ލަފަޔާއި އިރުޝާދުވެސް ލިބިގެންނެވެ. ގިނަދުވަސްވީ ބައެއް މީހުންނާ މަޝްވަރާ ކޮށްގެންނެވެ. ތިނަދޫގެ ތާރީޚީ ބައެއް ޞަފްޙާތައް ކިޔައި ހެދުމަށް ފަހުގައެވެ. މިގޮތުން ދެނެގަނެވުނު ޚިދުމަތްތެރިންގެ ވާހަކަތައް ކޮންމެވެސް މިންވަރަކަށް ދިރާސާ ކޮށްލީމެވެ. އަދި މިކަމާ ގުޅުންހުރި ބައެއް ފަރާތްތަކުގެ ސަމާލުކަމަށް މި މައްސަލަ ގެނައީމެވެ.

މިހާރު ކައުންސިލްތަކަށް ޤާނޫނުން ލިބިފައިވާ ބާރާއި، މިނިވަންކަމާއި، އިޚްތިޞާޞުން މިއީ ކުރިންވެސް ހީކުރެވުނު ގޮތަށް ކައުންސިލުން ކުރެވިދާނެ ކަމެކެވެ. މުހިންމު ނުކުތާ އަކީ މިކަމަކީ ކުރަންޖެހޭ ކަމެއްކަން ތިނަދޫގެ ޒުވާން ރައްޔިތުންނާއި، ހަރުރައްޔިތުންނާއި، ކައުންސިލަށް ޤަބޫލު ކުރެވުމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!