ޚަބަރު
ބާރަ ހާހަށްވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީ: ތައުލީމީ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއް

ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށް ރައީސް އިބްރާހިމް މުއްމަދު ސޯލިހުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. މިހާތަނަށް ރާއްޖެއިން 12 ހާހަށްވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަނުން ވަނީ ދީފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު ރާއްޖެއިން މިހާތަނަށް 12،730 ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދީފައިވާއިރު 2،127 ދަރިވަރުން ވަނީ ޑިގްރީ ހާސިލް ކޮށްފައެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި ހިލޭ ޑިގްރީ ސްކީމަށް މިހާތަނަށް 349 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި މިހާރުވެސް 10 ހާހަށްވުރެ ގިނަ ދަރިވަރުން ދަނީ ހިލޭ ޑިގްރީގެ ދަށުން މަތީ ތައުލީމް ހާސިލް ކުރަމުންނެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުން އިފްތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 14 ވަނަ ދުވަހުގައެވެ. ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތު ވެގެންދިޔައީ މަތީ ތައުލީމު ހާސިލުކުރުމުގެ ހުވަފެން ދެކެމުންދިޔަ މާލީގޮތުން ފުދުންތެރި ނޫން ދަރިވަރުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިން އުއްމީދަކަށެވެ. ސަރުކާރުން ހުޅުވާލި ތަނުގެ ފުރުސަތުގެ ބޭނުން ގިނަ ދަތިވަރުންތަކެއް ވަނީ ހިފާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!