ރިޕޯޓް
ދިވެހި ތަޚުތަށް ވެރިޔަކު އިސްކުރުން

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވި ހިސާބުންވެސް ދިވެހިރާއްޖެއަކީ އަމިއްލަ ވެރިކަމެއް ހިންގަމުން އައި ގައުމެކެވެ. ތާރީޚު ލިޔުންވުންތެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީ ހާމަކުރައްވާ ގޮތުގައި ރާއްޖެ އިސްލާމްވުމުގެ ގާތްގަނޑަކަށް 450ހަކަށް އަހަރު ކުރިން ވެސް، ދިވެހިރާއްޖޭގައި ދެމިގެން އައި އަމިއްލަ ރަސްކަމެއް އޮތެވެ. އަމިއްލަ ވެރިކަމެއްގެ ކުރުމުގެ އިތުރުން ވެރިކަމަށް މީހުން އިސްކުރުމުގައި ވަކި ހަމަތަކާއި އުސޫލުތަކެއް އޭރުއްސުރެން ވެސް ކަނޑައެޅިފައި އޮތްކަން ތާރީޚީ ލިޔުންތަކުން ހެކިދެއެވެ. މިހާރު ވެސް ޢަމަލުކުރެވޭ ގޮތަށް ރަސްކަމުގެ ދުވަސްވަރުގައި ވެސް ވެރިކަމަށް މީހުން އިސްކުރުމުގައި އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ރަސްކަމުގެދުވަސްވަރު ދިވެހި ތަޚުތަށް ވެރިޔަކު އިސްކުރުމުގައި ޢަމަލުކުރެވުނު ގޮތަށެވެ.

ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގައި ރަސްކަން ވާރުތަވަމުން އައިސްފައިވަނީ އަންހެން މަތިފުށުންނެވެ. ރަސްކަލެއްގެ ފިރިހެން ބޭފުޅުން ތިއްބެވި ނަމަވެސް ރަސްކަމަށް އިސްކުރެވެނީ އެ ރަސްކަލަކާއި އެއްބަނޑު އަންހެންބޭކަނބަލެއްގެ ދަރިކަލެކެވެ. ބޭފުޅަކު ނެތްނަމަ ނަސަބުގެ ގޮތުން އެންމެ ގާތް ބޭކަނބަލެއްގެ ދަރިކަލެކެވެ. އިސްލާމްދީނަށް އެނބުރުމަށްފަހު ވެރިކަން ވާރުތަވާން ފެށީ ފިރިހެން މަތިފުށުންނެވެ. ފިރިހެން މަތިފުށުން ވެރިކަން ވާރުތަވުމުގައި ޢަމަލުކުރެވުނީ ސިލޯނުގައި ވެސް ރަސްކަން ވާރުތަވަމުން އައި ގޮތަށް ކަމަށް ކްލަރެންސް މެލޮނީ ބަޔާންކުރައްވާފައިވެއެވެ. އެއީ ރަސްކަލެއްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅަށް ރަސްކަން ވާރުތަވުމެވެ. ދިވެހި ރަސްރަސްކަލުންނާއި ބެހޭގޮތުން ފެންނަން ހުރި މަޢުލޫމާތުތަކަށް ބަލާއިރު ތީމުގޭ ދަރިކޮޅުގެ ރަސްކަމުގެ ކުރީކޮޅު، މެލޮނީ އެ ފާހަގަކުރައްވާ ގޮތަށް ރަސްކަން ވާރުތަވެފައިވެއެވެ.
ޞުލްޠާން ދިހެއި ކަލަމިންޏާ އާއި ޞުލްޠާން ވަޑީ ކަލަމިންޏާ އަދި ޞުލްޠާން ޔޫސުފް ކަލަމިންޏާ އަކީ މިގޮތަށް ރަސްކަން ވާރުތަކުރައްވައި ތަޚުތަށް އިސްވެވަޑައިގަތް ރަސްރަސްކަލުންނެވެ. ރާއްޖޭގައި ރަސްކަލަކު ފުރައުއްތަވެ ވަޑައިގަތުމުން ނުވަތަ އެ ރަސްކަލަކު ރަސްކަން ދޫކޮށްލެއްވީމާ ދެން ރަސްކަލަކު އިސްކުރެއްވުމާއި މެދު ކަނޑައެޅިފައިވާ އުސޫލުތަކާއި ޤަވާއިދު އެންމެ ބޮޑަށް ސާފު ވަނީ އައްޞުލްޠާން އިބްރާހީމް ނޫރައްދީން އަވަހާރަވުމުން އެމަނިކުފާނުގެ ޢުމުރުން އަށް އަހަރުގެ ހަގު ދަރިކަލުން ރަސްކަމަށް އިސްކުރެއްވީމާ އެކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި، އެޗް.ސީ.ޕީ ބެލް އާއި، މުޙައްމަދު ދީދީ ގެ ފަރާތްޕުޅުން ސިލޯނުގެ ގަވަރނަރަށް ފޮނުއްވާފައި ހުރި ސިޓީތަކުގެ ޒަރިއްޔާއިންނެވެ.

މި ސިޓީ ތަކުން ހާމަވާ ގޮތުގައި ރަސްކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގައި ދެ ގޮތަކަށް ޢަމަލުކުރެވިފައި ވެއެވެ. ފުރަތަމަ ގޮތަކީ ރަސްކަލަކު އަވަހާރަވުމުގެ ކުރިން ނުވަތަ ރަސްކަމުން ޢަޒުލު ވެވަޑައިގަތުމުގެ ކުރިން އޭނާގެ ފަހުގައި ރަސްކަމަށް އިސްވާނޭ ބޭފުޅަކު އައްޔަން ކުރެއްވުމެވެ.
މިގޮތަށް އައްޔަން ކުރައްވާ އިރު ރަސްގެފާނުގެ ދޮށީ ދަރިކަލުން ވިއަސް، ހަގު ދަރިކަލުން ވިޔަސް، އަދި ޢާއިލާގެ އެހެން މެންބަރަކު ވިޔަސް އައްޔަން ކުރެއްވިދާނެއެވެ. ނަމަވެސް މިފަދަ ބޭފުޅުންގެ ވެސް ތަޚުތަށް އިސްވުމުގެ ޝަރުޠުތައް ފުރިހަމަވާން ޖެހެއެވެ. ސަރުކާރުގެ ވަޒީރުންގެ ފަރާތްޕުޅުން ފޮނުއްވާފައިވާ ސިޓީ ފުޅުތަކުގައި މިގޮތަށް ޢައްޔަން ކުރެއްވުމުގައި ރަސްގެފާނު ބޭނުންފުޅު ނަމަ އާޢިލާއިން ބޭރު ބޭފުޅަކު ވެސް، އަދި ތަޚުތަށް އިސްވުމުގެ ޝަރުޠުތައް ފުރިހަމަ ނުވާ ބޭފުޅަކު ވެސް އައްޔަން ކުރެއްވޭނެ ކަމަށް އޮތް ނަމަވެސް، މުޙައްމަދު ދީދީ ފޮނުއްވާފައިވާ ސިޓީ ފުޅުތަކުންނާއި ބެލްގެ ސިޓީއިން އެއީ ޢާންމު އުޞޫލު ނޫންކަން ހާމަވެއެވެ. މީގެ އިތުރުން ރަސްކަލެއްގެ ޢުމުރުގެ ގޮތުން ތަޞައްރަފް ނުފުދޭ ދަރިކަލަކު ރަސްކަމަށް އިސްކުރެއްވުމަށް ގަސްތުކުރައްވާނަމަ އެ ދަރިކަލުން ބޮޑުފުޅުވަންދެން ރަސްކަން ހިންގަވާނޭ ޤާއިމް މަގާމެއް ރަސްގެފާނު ކަނޑައަޅުއްވަން ޖެހެއެވެ. އަދި މިކަމުގެ ހުރިހައި އިޚްތިޔާރަކާއި ބާރެއް ލިބެނީ އޭރަކު ރެދަލިކުރައްވަމުން ގެންދަވާ ރަސްކަލަކަށެވެ.

ރަސްކަމަށް އިސްކުރެއްވުމުގައި ޢަމަލުކުރެވޭ ދެވަނަ ގޮތަކީ ރަސްކަލެއް އަވަހާރަވީ އިރު ނުވަތަ ރަސްކަމުން ޢަޒުލު ކުރެވުނު އިރު އޭގެ ފަހުގައި ރަސްކަމަށް ޢައްޔަން ކުރާނޭ ބޭފުޅަކު ކަނޑަނާޅާ ހާލަތެއްގައި ޢަމަލު ކުރެވޭ ގޮތެވެ. އެއީ ރަސްކަލުންގެ ތިމާގެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ރަސްކަމަށް އިސްކުރުމެވެ. މިގޮތަށް އިސްކުރުމުގައި އިސްކަންދެވޭ ތަރުތީބަކީ؛

1. ދޮށީ ފިރިހެން ދަރިފުޅު ރަސްކަމަށް އިސްކުރުން
2. ދޮށީ ދަރިކަލުންގެ ގައިގައި ތަޚުތަށް އިސްވުމުގެ ޝަރުޠު ހަމަނުވާނަމަ ރަދުންގެ އެހެން ދަރިކަލަކު ރަސްކަމަށް އިސްކުރުން
3. އެއްވެސް ދަރިކަލެއް ޝަރުޠު ހަމަނުވާނަމަ ރަސްކަލުންގެ އެއްބަނޑު އެއްބަފާ ބޭފުޅަކު އިސްކުރުން
4. އެއްވެސް އަޚަކު ޝަރުޠު ހަމަނުވާނަމަ ރަސްކަލުންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކު އިސްކުރުން
5. އެފަދަ ބޭފުޅެއް ވެސް ނެތް ނަމަ ރަސްކަލުންގެ އެހެން ތިމާގެ ބޭފުޅެއް އައްޔަން ކުރުން
6. ރަސްކަލުންގެ ތިމާގެ ބޭފުޅެއް ނެތް ނަމަ އޭގެ ކުރީގެ ރަސްކަލުންގެ ތިމާގެ ބޭފުޅެއް އައްޔަން ކުރެއްވުން

ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ޝަރުޠުތަކަކީ ޢުމުރުން މަދުވެގެން 15 އަހަރުފުރުމާއި ހުރިހާ އުނި ސިފަތަކުން ހަށިކޮޅު ސަލާމަތްވެ ހުރުމާއި ވިސްނުންތެރިއަކު ކަމުގައި ވުމާއި މާތް އަޚްލާގެއް ހުރުމާއި އަމިއްލަ މަސްއުލިއްޔަތުން ޢަމަލު ކުރެވޭ މީހަކު ކަމުގައި ވުމެވެ.

1932 ގައި ފުރަތަމަ ގާނޫނު އަސާސީ އެކުލާވެލުވުނު އިރު ރަސްކަލުން އިސްކުރުމާއި ބެހޭގޮތުން އާ އުސޫލުތަކެއް ކަނަޑައެޅުނެވެ. އެގޮތުން ރަސްކަމަށް އިސްކުރެވޭ މީހެއްގެ ޝަރުޠުތަކުގެ ގޮތުގައި ޢުމުރުން 17 އަހަރު ފުރުމާއި ދިވެހިބަހުން ލިޔަން ކިޔަން އެނގުމާއި ރަސްކަމުގެ ކަންތައްތަކުގައި ބައިވެރިވޭނެ ފަދަ ހާލުކޮޅެއްގައި ހުރުން ހިމެނިފައިވެއެވެ. އަދި ރަސްކަމަށް އިސްކުރެވޭނީ ރަސްކަލެއްގެ ޝަރުޠު ފުރިހަމަވާ މީހުންގެ މައްޗަށް ވަޒީރުންނާއި ގާނޫނޫ ހަދާ މަޖިލީހުގެ މެންބަރުންނާއި ޢިލްމުވެރިންނާއި އެނޫންވެސް ކަމުއޮށިގެންވާ މީހުން ވާހަކަދައްކައި އެމީހުން ނިންމާ ނިންމުމަށް އެވަގުތު މާލޭގައި ތިބި ރައްޔިތުން އެއްކުރައްވައި އެމީހުންގެ ރުހުން ލިބުމުންކަމަށް ލިޔެވުނެވެ. ފުރަތަމަ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކުގަޔާއި އަދި ފަހުން އެކުލަވާލެވުނު ގާނޫނުއަސާސީ ތަކުގައި ވެސް ދިވެހި ތަޚުތަށް ވެރިޔަކު އިސްކުރުމާއި ގުޅޭގޮތުން ޢަމަލުރުމަށް ކަނޑައެޅިފައިވަނީ މައިގަނޑު ގޮތެއްގައި ހަމަ އެއް ޝަރުތުތަކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!