ޚަބަރު
ދާންދޫ ބަދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ، ދާންދޫގެ ބަދަރު ތަރައްޤީ ކުރެވިގެންދާނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން އެދޭ ގޮތަށް ގިިނަ ބަދަލުތަކާއި އެކު ކަމަށާއި ބަދަރުގެ މަސައްކަތް އެމްޓީސީސީން ނިންމާލުމާއެކު ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރަން ނިންމާފައިވާ އެހެނިހެން ކަންތައްތައް ފެށިގެންދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ 485 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ.

86.70 މިލިޔަން ރުފިޔާގެ މިމަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 333 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމާއި، އެއްގަމުތޮށި ލުމާއި، ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ހާބަރ ބްރިޖަކާއި ޖެޓީއެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!