ޚަބަރު
ބައި-އިލެކްޝަން އެއް ނެތަސް ކާޑެއްދޫ އެއަރޕޯޓުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ގޮވާލަން – ގދ ރައީސް

ބައި-އިލެކްޝަން އެއް ނެތަސް ގދ ކާޑެއްދޫގައި ހިންގާ އަތޮޅުގެ މައި އެއަރޕޯޓު ކަމަށްވާ ކާޑެއްދޫ އެއަރޕޯޓުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް، ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ފައިހަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކާޑެއްދޫ ޖެޓީ ވެއްޓި ބަޔަކަށް ޖިސްމާނީ އަނިޔާއެއް ނުލިބުނުކަމީ ނަސީބެއް ކަމަށާއި، މިފަދަ ބޮޑެތި ކަންކަން ހައްލުކުރުމަށް ރައްޔިތުންނާމެދު ފަރުވާކުޑަ ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދޭ ކަމަށެވެ.

ފައިހަތު މިހެން ވިދާޅުވީ، ކާޑެއްދޫ ޖެޓީގެ ބޮޑުބައެއް ވެއްޓި ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ހުރުމާ ގުޅިގެންންނެވެ.

ކާޑެއްދޫ ޖެޓީގެ ބޮޑުބައެއް މިއަދުގެ ވަގުތެއްގައި ވެއްޓިފައިވާއިރު ގާތްގަނޑަކަށް 150 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ކާޑެއްދޫގައި މަސައްކަތް ކުރައްވާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!