ޚަބަރު
ފިޔޯރީ ރައީސް ގެ ސުވާލެއް ސަރުކާރަށް: ކެމްޕެއިނަށް ދައުލަތުގެ ބަޖެޓު ދަވަމުންދާއިރު، ކާޑެއްދޫގެ ހާލަތު އެނގިލައްވާތޯ؟

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިނަށް ދައުލަތުގެ ބަޖެޓު ދަވަމުންދާއިރު، ކާޑެއްދޫ އެއަރޕޯޓުގެ ހާލަތު އެނގިލައްވަނީ ކިހާވަރަކަށްތޯ ބުނެ، ގދ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ފައިޒަރު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކޮމަންޑޫދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑޭޓްގެ ކެމްޕެއިން އަށް ދެރައީސުން ފޯކައިދޫއަށް ވަޑައިގަންނަވާތީ އެވެ. އެގޮތުން ފައިޒަރު ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ރާޝިދު ކެމްޕެއިންއަށް ހޭބޯނައަރާ ދައުލަތުގެ ބަޖެޓު ދަވަމުންދާއިރު ކާޑެއްދޫ އެއަރޕޯޓުގެ ހާލަތު ރައީސުންނަށް އެނގިލައްވާތޯ ބުނެ ސުވާލުއުފައްދާފައެވެ.

ކާޑެއްދޫ އެއަރޕޯޓު ޖެޓީ ހަލާކުވެ ވެއްޓެން ކައިރިވެފައި އޮންނަތާ ދުވަސްތަކެއް ފަހުން މިއަދުގެ ވަގުތެއްގައި ވަނީ ޖެޓީގެ ބޮޑުބައެއް ވެއްޓިފައެވެ. އެގޮތުން ގާތްގަޑަކަށް 150 ވަރަކަށް ފޫޓުގެ ދިގުމިނުގެ ބައެއް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފައިޒަރު މިހެން ވިދާޅުވެފައިވަނީ، ގދ ކާޑެއްދޫގައި ހިންގާ އަތޮޅުގެ އެންމެ ބޮޑު އެއަރޕޯޓަކީ އަތޮޅުގެ ގިނަ ރައްޔިތުން ދަތުރުކުރާ ތަނަކަށްވެފައި އެތަނުގެ ހާލަތު ދުވަހެެއް ދުވަހަކަށް ގޯސްވަމުންދާތީއާއި، ކާޑެއްދޫ ޖެޓީގެ ބޮޑުބައެއް މިއަދުގެ ވަގުތެއްގައި ވެއްޓިފައިވުމާ ގުޅިގެންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ފިޔޯރީ

    ފިޔޯރީ މާލިއްޔަތު ކުޅިވަރަށްދީ ތިމާ ކެމްޕޭން މެނޭޖަރ އާސިމްއަށް ދީ ޙަލާސްކުރައިރު ފިޔޯރީ ވަދެ ނުކުންނަ އޮއި ނެރު ބައްތި ނެތިވެ 6 މަސް ވީއިރު ކީއްވޭބާ ނުޖެހެނީ

  2. Raees.thankolheh hamajehey vaahaka vidhaalhuvebala.mihaaru moyafulhuveetho?