ޚަބަރު
ކޮމަންޑޫގެ ކަންކަން އިހަށް ބަހައްޓަވާފަ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ކަންކަން ހައްލުކޮށްދިނުމަށް ގޮވާލަން – މަޑަވެލި ރައީސް

ކޮމަންޑޫ ދާއިރާގެ ޕްރޮޖެކްޓްތައް އިހަށް ބަހައްޓަވާފަ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ މުހިންމު ކަންކަން ހައްލުކޮށްދިނުމަށް އެދި މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން ސަރުކާރަށް ގޮވާލައްވައިފިއެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ވަގުތީ މިސްކިތުގެ ބޭރުގައި މިއަދުގެ ހުކުރު ނަމާދު ކުރުމަށް މީހުން ތިއްބާ ނަގާފައިވާ ފޮޓޯއަކާއި ކާޑެއްދޫ އެއަރޕޯޓު ޖެޓީ ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކުރެއްވުމަށްފަހު ފިޔާޟް ވިދާޅުވީ،  ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތިޔަ ފެނިވަޑައިގަންނަވަނީ ރައްޔިތުން އެކަމެއްގެ އުނދަގޫ ތަހައްމަލު ކުރަމުންދާ މިގައުމުގައި ހުރި ބޮޑެތި މައްސަލަތައް ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހު އަށް ތިޔަ ފެނިވަޑައިގަންނަވަނީ މިއަދުވެސް ރައްޔިތުން އެކަމެއްގެ އުނދަގޫ ތަހައްމަލު ކުރަމުންދާ މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް. ކޮމަންޑޫގެ ކަންކަން އިހަށް ބަހައްޓަވާފަ ރައްޔިތުންނަށް މިވަގުތު ދިމާވެފައި މިވާ ކަންކަން ހައްލުކޮށްދިނުމަށް ގޮވާލަން. ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް މިހެން ވިދާޅުވެފައިވާއިރު، ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީ ހަލާކުވެ ވެއްޓެން ކައިރިވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު މިއަދު ހެނދުނުގެ ވަގުތެއްގައި ޖެޓީގެ ބޮޑުބައެއް ވަނީ ވެއްޓިފައެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ވަގުތީ މިސްކިތުގެ ޖާގައިގެ ދަތިކަމުގެ ވާހަކަވެސް ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!