ޚަބަރު
އަތޮޅުގެ މައި ދޮރާއްޓަށް އިހުމާލު ވުމަކީ ކަންބޮޑުވާ ކަމެއް: ފަރެސްމާތޮޑާ ރައީސް

ހުވަދު އަތޮޅުގެ މައިދޮރާށި ކަމުގައިވާ ކާޑެއްދޫ އެއަރޕޯޓަށް އިހުމާލުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވެއްޖެއެވެ.

ކާޑެއްދޫ އެއަރޕޯޓު ޖެޓީގެ ބޮޑުބައެއް ވެއްޓުމާ ގުޅިގެން ހުވަދޫ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ފަރެސްމާތޮޑަ ކައުންސިލް ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓުގެ ހާލަތު ދަށްވުމާއި އެއަރޕޯޓު ޖެޓީ ހަލާކުވި މައްސަލައަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

އަދި އެކަމަކީ އަތޮޅުގެ އެންމެހާ ރައްޔިތުންވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، ޙާއްސަކޮށް ފަރެސްމާތޮޑާ ރައްޔިތުންގެ ފަރާތުން އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ސަރުކާރަށް ގޮވާލާ ކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.

ކާޑެއްދޫ އެއަރޕޯޓުގެ މައްސަލަތަކުގެ ވާހަކައަކީ އަބަދުވެސް ހުވަދު އަތޮޅުގެ ރައްޔިތުން ދައްކާ ވާހަކައެކެެވެ. އަދި މިއަދުގެ ވަގުތެއްގައި އެއަރޕޯޓުގެ ޖެޓީގެ ބޮޑު ބައެއް ވެއްޓުމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިއުން އަމާޒުކުރަމުންނެެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ދޮރާށި

  ދޮރާށިގެ ވާހަކަފުޅު ނުދައްކާ ހުރުން ރަގަޅު ރައީސް ގެ މަގާމް ގެ ޒިންމާ ރަގަޅަށް އަދާކުރުން މާ ބޮޑަށް ވެސް ރަގަޅު

 2. ދޮރާށި

  ތިޔަ ބޭފުޅުންނަށް ތިކަން އެނގިލެއްވި އިރު ސަރުކާރުން ވަނީ ތިކަމަށް އެޓެންޑް ވެފައި