ޚަބަރު
ރާއްޖެއިން ބުރުންޑީއާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފި

ރާއްޖެއިން ރިޕަބްލިކް އޮފް ބުރުންޑީއާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފިއެވެ.

ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ތިލްމީޒާ ހުސައިންއެވެ. ބުރުންޑީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ.ގައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބް ޒެފެރިން މާނިރާ ޓާންގާއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ރާއްޖެއާއި މެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެކަމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ. ރާއްޖެއާއި ބުރުންޑީއަކީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި ޚިޔާލު އެއްގޮތް ދެ ޤައުމުކަމަށާއި، އެހެންކަމުން ބައިނަލްއަޤްވާމީ މައްސަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ބުރުންޑީއާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމާއެކު، ރާއްޖެއިން ރަސްމީގޮތުން ސިޔާސީ ގުޅުން ޤާއިމްކުރި ޤައުމުތަކުގެ ޢަދަދު ވަނީ 179އަށް އަރާފައެވެ.

ބުރުންޑީއަކީ 11.89 މިލިއަން މީހުނގެ ޢާބާދީއެއް އޮންނަ އެފްރިކާ ބައްރުގެ ކަނޑުމަގުން ވަށައިގެން ބެދިފައި އޮންނަ ޤައުމެކެވެ. ސަރުކާރުން އަންނަނީ އެފްރިކާ ސަރަހައްދުގެ ޤައުމުތަކާއެކު ޤުޅުން ބަދަހިކުރަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!