ވިޔަފާރި
މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކަމުންދާ ޑީސެލްގެ އަގުވެސް ބޮޑުކޮށްފިއެވެ. މިފްކޯއިން މިއަދު ބުނެފައިވަނީ މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަނީ 12.08ރ. އަށެވެ. އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 14.26ރ. ކަމަށް މިފްކޯއިން ބުނެފައިވެއެވެ. މިފްކޯއިން މަސްވެރިންނަށް ކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 8.50ރ. އަށެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 13.19ރ. އަށެވެ.

މިފްކޯއިން ޑީސެލްގެ އަގު ބޮޑުކޮށްފައިވަނީ އެކުންފުންޏަށް ތެޔޮ ސަޕްލައި ކޮށްދޭ އެސްޓީއޯއީން ތެލުގެ އަގަށް ބަދަލު ގެނައުމާއި ގުޅިގެންނެވެ. މިބަދަލާއިއެކު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން އިއްޔެއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ ލީޓަރެއް 12 ރުފިޔާ 6 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް 12 ރުފިޔާ 44 ލާރިއަށެވެ.

މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ ލީޓަރެއް 11 ރުފިޔާ 16 ލާރި އަށް. އަދި ޑީސަލް ލީޓަރެއް 11 ރުފިޔާ 84 ލާރިއަށެވެ. އެހެން ކަމުން އަގަށް ގެނައި މިބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 90 ލާރި ބޮޑު ވެފައި ވާއިރު، ޑީސަލް ލީޓަރަކުން ވަނީ 60 ލާރި ބޮޑުވެފައެވެ.

ދުނިޔޭގެ ތެލުގެ އަގު މިހާރު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައެވެ. މިއާއެކު ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!