ޚަބަރު
ކޮވިޑުގެ ހަތަރުވަނަ ރާޅުގައި ޚިދުމަތް ދެވޭނެ ކެޕޭސިޓީއެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވާއިރު ސަރުކާރުން ފަރުވާކުޑަ ކުރަނީ ކީއްވެގެންތޯ! -ގދރައީސް

ކޮވިޑް-19 ގެ ހަތަރުވަނަ ރާޅުގައި ހުވަދު އަތޮޅު ރައްޔިތުންނަށް ޚިދުމަތް ލިބިގަންނަން ހުރި ރީޖަނަލް ހޮސްޕިޓަލް (ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގައި ޚިދުމަތް ދެވޭނެ ކެޕޭސިޓީއެއް ނެތްކަމަށް ޑޮކްޓަރުން ވިދާޅުވާއިރު ސަރުކާރުން ރައްޔިތުންނާމެދު މިހާ ފަރުވާކުޑަކުރަނީ ކީއްވެތޯ ބުނެ ގދ އަތޮޅު ކައުންސިލް ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ފައިހަތު މިހެން ވިދާޅުވެފައިވަނީ، ތިނަދޫގެ އިތުރުން ހުވަދު އަތޮޅުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، ހުވަދު އަތޮޅުގެ އެންމެ ގިނަ ރައްޔިތުން ޚިދުމަތް ހޯދަމުންދާ ރީޖަނަލް ހޮސްޕިޓަލް ގައި ކޮވިޑްގެ ހަތަރުވަނަ ރާޅު އަރާ ހަމަވިއިރު އެހޮސްޕިޓަލުގައި އެންމެ މުހިންމު ޑޮކްޓަރުން ނެތް ކަމަށާއި ފަރުވާ ދެވޭނެ ކެޕޭސިޓީ ނެތްކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ފައިހަތު ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް ދަރުމަވަންތަ ހޮސްޕިޓަލުން އެންމެ މަތީ ފެންވަރުގައި ކޮވިޑަށް ފަރުވާދެވިދާނެ ކަމަށާއި، އެހެން ނަމަވެސް ހުވަދު އަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ލިބިގަންނަން ހުރި ހޮސްޕިޓަލުން ފަރުވާދެވޭނެ ކެޕޭސިޓިއެއް ނެތް ކަމަށެވެ.

ހުވަދު އަތޮޅުގެ ރައްޔިތުން ޚިދުމަތް ލިބިގަންނަން ހުރި ރީޖަނަލް ހޮސްޕިޓަލުން ކޮވިޑުގެ ހަތަރުވަނަ ރާޅުގައި ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ކެޕޭސިޓީއެއް ނެތްކަމަށް ޑޮކްޓަރުން ވިދާޅުވަމުންދާއިރު ސަރުކާރުން ރައްޔިތުންނާއި މެދު މިހާ ފަރުވާކުޑަކުރަނީ ކީއްވެގެންތޯ ކޮންކަމެއް ކިހާ ގޯސްވަންދެންތޯ ތިޔަ މަޑުކުރައްވަނީ؟ ފައިހަތު ވިދާޅުވިއެވެ.

ފައިހަތު މިހެން ވިދާޅުވެފައިވާއިރު، ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޑޮކްޓަރުންގެ މަދުވުމުން ގިނަ ބަޔަކު ފަރުވާހޯދުމަށް މާލެ ދާންޖެހޭ ވާހަކަ އަބަދުވެސް ދެކެެވެއެވެ. އެގޮތުން މިވަގުތުވެސް އެހޮސްޕިޓަލުގައި ތިއްބެވީ މަދު ޑޮކްޓަރުންނެއް ކަމަށާއި އެހޮސްޕިޓަލުގައި މިވަގުތު ފިޒީޝަނެއް އަދި އެނެސްތީޓިސްޓަކުވެސް ނެތެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. އަކްޝޭ/އިންޑިޔާ

    ހޮސްޕިޓަލަން ލަންނަންވޫ ޖީޒާ ، މުގުނީ ޒިފޫދެކެ އަރަނެ ރުއްޑެން ޖީޒަން މަގާމެޔާ ނުދިންނޫ …އަހުމަދު ސައީދު އަށް ތިކަމާނުވެއިކުން ..މުޅިންއަސް އަތަންމެއި ގޮވަނޫ .. ނަރުހުންނެ ބޮނަންނޫ އިޔާއްކޫ ބަހެއްކެ ކިޔަންނަން އަސް ނުވެގެނެ ވަރުމީހެކެޔަ ..

  2. ރިތިކްރޯޝަން/އިންޑިޔާ

    ފުރޮންޓްލައިންގައި މަސައްކަތެ ކޮޅެ ގިނަ މީހިންނަށް އެލަވަންސް ނުލެބެއި ، ސައީދޫ ވިއްދެކެ އަވަހަން އެކަމާ ހަމަޖަހުވައިލެހެން… ހުރީ ދަތިކޮންވޮނާމެއި ބޮނެލޫ ….

  3. hospitaa

    saudu ali bunee sitee akun libey hurihaa hidhumatheh thinadhoo in mihaaru libeyo. hama ekani massala akee atholhu council meeting thakuga menbarehge gothugai innajeheythee theeyo meyor kan libumeema hurihaakameh hamaveeyo