ޚަބަރު
އެމްޑީޕީ އަދި 10 އަހަރު ވެރިކަމުގައި ތިބެން ޖެހޭ: ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެރިކަމުގައި 10 އަހަރު ތިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކެމްޕޭންކުރަން އެ ޕާޓީން ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ތައާރަފްކުރި ގިނަ ކަންތައްތަކަކުން ރައްޔިތުންނަށް ފައިދާވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލު އަދިވެސް ނާންނަ ކަމަށެވެ.

އަދި ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ގޮތްތައް ހަމަޖެއްސުމަކީ އެމްޑީޕީން އަބަދުވެެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ “މިނިމަމް ވޭޖް” ކަނޑައަޅާފައިވާ ކަމަށްވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަލި އަޅުވާލެއްވިއެވެ. އަދި ފޯކައިދޫ ރައްޔިތުންގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ލިބޭ އާމްދަނީ ދެގުނަވެއްޖެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ބަދަލުވެ، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވުމަށް ޓަކައި އެމްޑީޕީގެ ސިޔާސަތުތައް ހިންގަން ޖެހޭ ކަމަށާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެރިކަމުގައި އަދި 10 އަހަރު ތިބޭން ޖެހޭ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!