ޚަބަރު
ސައިކަލެއް މޫދަށް ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް ދައުރުވާން ފަށައިފި

ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދު ތޮށިގަނޑުން ބޭރަށް ސައިކަލެއް ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް މީސްމީޑީޔާގައި ދައުރުވާން ފަށައިފިއެވެ.

މިވީޑިޔޯއިން ފެންނަގޮތުގައި ނޫކުލައިގެ މޫވް ސައިކަލެއްގައި އައި ފިރިހެނަކު ތޮށިގަނޑު ކައިރިޔަށް މަޑުކޮށްލާފައި ސައިކަލުން ފައިބައެވެ. އޭގެފަހުން ސައިކަލުގެ ހުންގާނުގައި ހިފާ ދަމަމުން ގޮސް ތޮށިގަނޑުން ބޭރަށް މޫދަށް ސައިކަލް ވައްޓާލީއެވެ.

ސައިކަލް މޫދަށް ވައްޓާލުމަށްފަހު އެމީހާ އެއްގަމާ ދިމާލަށް ހިނގައިގަތެވެ. އެމީހާ ސައިކަލް މޫދަށް ވައްޓާލި ވަގުތު ދުުރުގައި ހުރި މީހާކު އެމަންޒަރު ވީޑިޔޯކޮށް މީސްމީޑިޔާއަށް މިވަނީ ދޫކޮށްލާފައެވެ.

އެ ވީޑިއޯގެ މަންޒަރު ނުސާފު ކަމުން އެ ސައިކަލުގެ ނަންބަރު ސާފެއް ނުވެއެވެ. އަދި އެކަން ކުރާ މީހާގެ މޫނު ވެސް ސާފުކޮށް ނުފެނެއެވެ. ހަމައެއާއެކު އެ ވީޑިއޯގެ އަޑު ކަނޑާފައި ވުމުން އެ ތަނުގައި ދެކެވޭ ވާހަކައެއް ނުވަތަ އެއްވެސް އަޑެއް އިވޭ ގޮތެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިވީޑިޔޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ. އަދި މޫދަށް ވައްޓާލި ސައިކަލު ނެގުމުގެ މަސައްކަތް މެރިން ޕޮލިހާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!