ޚަބަރު
ބައިކަން އެގްރި ބޯޓުގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި

އެސްޑީއެމް ފާރމްގެ އެކި އުފެއްދުންތަކުގެ އިތުރުން ކާށިދޫ އަދި ގޮއިދޫގެ ދަނޑުތަކުގެ އުފެއްދުންތައް، ބ. ފެހެންދޫ އާއި ކ. މާފުށި އަށް ގެންގޮސް މިހާރު ބައިކަންގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކީ ނިންމާލުމަށްފަހު ބައިކަން އެގްރި ބޯޓު ހުޅުމާލޭގައި ބަނދަރުކޮށްފިއެވެ.

ބައިކަންގެ ޑިރެކްޓަރ އަހުމަދު މުއާޒް ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިދަތުރުގައި ފެހެންދޫ އަދި މާފުށިން ވަރަށް ބޮޑު ތަރުޚީބެއް ލިބުނު ކަމަށާއި، ތަރުކާރީގެ ހުރިހާ ބާވަތްތަކާއި މޭވާގެ ބާވަތްތައް އެއްކޮށްހެން ހުސްވެފައިވަނީ މާފުށިން ކަމަށެވެ.

ބައިކަން އެގްރި ބޯޓު ކ. މާފުށީގައި

މުއާޒް ވިދާޅުވިގޮތުގައި މިވަގުތު ބާކީ ހުރީ އެކި ކަހަލަ ބަގީޗާ ގަސްތަކާއި އިންޑޯރ އަދި އައުޓްޑޯރ ބަގީޗާ ގަސްތައް ކަމަށެވެ. އަދި ބާކީހުރި ގަސްތައް ހުޅުމާލޭގެ ނަރސަރީ ތަކަށާއި، ގަސް ގަތުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 7906874 އަށް ގުޅާލުމުން ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

މިވަގުތު އެސްޑީއެމްގެ ފާރމް އިން ހާއްސަ އިސްކަމެއް ދީގެން ހައްދާ ދިވެހިރާއްޖެއިން ނެތިވެ ގޮސްދާނެ ކަމަށް ލަފާކުރެވޭ ދިވެހި ގަސްތަކުގެ ތެރެއިން ކިނބި އަދި ކުރެދި ގަސް މާފުށީ ކައުންސިލަށް ވަނީ ހަދިޔާކޮށްފައި. މުއާޒް ވިދާޅުވިއެވެ.

“ބައިކަން” އަކީ ހުވަދު އަތޮޅުގެ މީހުން ބޭނުން ކުރާ ލަފްޒެކެވެ.  އެގޮތުން ބައިކަނެ، ބައިކެންނަގެ، ނުވަތަ ބައިކަންނަގެ، އަދިވެސް ހުވަދު އަތޮޅުގެ އެކި ރަށްރަށު މީހުން އެބަސް ބޭނުންކުރާ ގޮތް ތަފާތެވެ. ބައިކަންގެ ދިވެހި ބަހުގައި އިންނަ ގޮތަކީ “ބަޔަކު” (ޖަމާއަތެއް، ބަޔެއް، ނުވަތަ މީހުންތަކެއް) އެވެ.

ބައިކަން އެގްރި ބޯޓު ބ. ފެހެންދޫ ބަނދަރުގައި

އެސްޑީއެމް އަކީ ތަރުކާރީއާއި މޭވާގެ ބާވާތްތަކުގެ އިތުރުން ބަގީޗާ ގަސްތައްވެސް ހައްދަމުންދާ ފާރމްއެކެވެ. އެގޮތުން އެސްޑީއެމްއިން ކާށިދޫގެ ނާސަރީތަކުން އުފައްދާ ބައެއް ގަސްތަކުގެ ތެރޭގައި ކިނބި، ކުރެދި، މަގޫ ފަދަ ގަސްތަކުގެ އިތުރުން އައުޓްޑޯ އަދި އިންޑޯ ބަގީޗާ ގަސްތައް ހިމެނެއެވެ.

ބައިކަން އެގްރި ބޯޓުން މާފުށީ ކައުންސިލަށް ހަދިޔާ ކުރެއްވި ގަސްތައް

ބައިކަން އެގްރި ބޯޓުން މިހާރުގެންދަނީ އެސްޑީއެމް ފާރމްއިން އުފައްދާ ތަކެތީގެ އިތުރުން ކާށިދޫ އަދި ގޮއިދޫގެ ދަނޑުވެރިކަން ކުރާ އެހެން ފަރާތްތަކުން އުފައްދާ ތަކެތި ހަމައަގު ދިނުމަށްފަހު ގަނެގެން އެތަކެތި  އެކި ރަށްތަކަށް ވިއްކުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި ބައިކަން އެގްރި ބޯޓުގެ މިހަފްތާގެ ދަތުރުތައް ހަމަޖެހިފައިވަނީ، ކާށިދޫ، ގޮއިދޫ، ފެހެންދޫ، މާފުށި އަދި ހުޅުމާލޭގެ އިތުރުން މާލެއަށެވެ.

އެގޮތުން ބައިކަން އެގްރި ބޯޓު މިވަގުތު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، ކާށިދޫ، ގޮއިދޫ، މާފުށި އަދި މާލޭގެ އިތުރުން ހުޅުމާލެއަށެވެ. އެސްޑީއެމް އިން ވިދާޅުވީ، މުސްތަގްބަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރުކާރީއާއި މޭވާގެ އިތުރުން ބަގީޗާ ގަސްތައް ހިފައިގެން ދަތުރު ކުރުމަށް ރާވާފައިވާ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!