ޚަބަރު
ގެޔަކުން ވަގަށް ނަގާފައިވާ ސާމާނުތަކާއެކު މީހަކު ހައްޔަރުކޮށްފި

މ.މުލަކު ގެޔަކުން ވަގަށް ނަގާފައިވާ ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ހޯދައި ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމަހު 17 ވަނަ ދުވަހު މ.މުލަކު ގެޔަކުން ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓް ހުށަހަޅާފައިވާ ކަމަށާއި އެ ގެއިން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބައެއްތަކެތި ހޯދައި ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖަނަވަރީ 24 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ.

އަދި އެ ގެއިން އޭނާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތީގެ ތެރެއިން ކަރަންޓު ބުރުމާ އަކާއި ޓައިލް ކަޓަރާއި ސަރކިއުލަރ ކީހެއް ފުލުހުން ވަނި ހޯދާފައެވެ. އޭގެތެރެއިން ކަރަންޓު ބުރުމާ ހޯދާފައިވަނީ ހެޔޮއަގުގައި މީހަކަށް ވިއްކާލާފައިވަނިކޮށެވެ. އަދި ޓައިލް ކަޓަރާއި ސަރކިއުލަރ ކީސް ހޯދާފައިވަނީ ރަށުގެ ވަލުތެރޭގައި ފޮރުވާފައި ހުއްޓާއެވެ

މިމައްސަލަ ފުލުހުންދަނި އިތުރަށް ތަހުޤީގުކުރަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!