ޚަބަރު
ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ “މިސްކް” އަނެއްކާވެސް ފެތުރެން ފަށައިފި

ކޮވިޑް ޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ “މިސްކް”ގެ ކޭސްތަކެއް އަނެއްކާވެސް ރާއްޖެއިން ފެންނަމުންދާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދް ފައިސަލް ވިދާޅުވެއްޖެއެވެ.

މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްއިން ޗިލްޑްރެން (މިސްކް)ގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.

ޑރ.ފައިސަލް ވިދާޅުވީ ދާދި ފަހުން އަތޮޅުތެރެއިން ގެނައި ކުޑަކުއްޖަކު މިދިޔަ ޑިސެމްބަރ މަހު ކޮވިޑް ޖެހިފައިވާ ކަމަށާއި މީގެ 4 ދުވަސް ކުރިން އެކުއްޖާއަށް ހުންއައިސް ހޮޑުލެވި ބަނޑުދިޔާވުންފަދަ ކަންކަން ކުރިމަތިވިކަމަށެވެ. މިހާރު އެކުއްޖާގެ ލޭގެ ޕްރެޝަރ ދައްވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް ޑރ.ފައިސަލް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އިތުރު 3 ކުއްޖަކު މިބަލީގެ އަލާމާތް ފެންނަމުންދާތީ މިވަގުތުވެސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާކަމަށް ޑރ.ފައިސަލް ފާހަގަކުރެއްވިއެވެ.

މިބަލީގައި ބޮޑުވަރުވެ ފުރާނަޔަށް ނުރައްކާވާ ހިސާބަށްދާ ކުދިންގެ ސިކުނޑިއާއި ކިޑްނީއާއި ލޮލާއި ހިތް ފަދަ ގުނަވަންތައް މިބަލީގެ ސަބަބުން ދުޅަވެ، ނުރައްކާތެރި ޙާލަތަށް ކުއްޖާ ދާކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި ގަދަޔަށް ބަނޑުގައި ރިއްސުމާއި ލޭގެ ޕްރެޝަރ ދައްވުންފަދަ ކަންތައްތަކުގެ އިތުރުން ކިޑްނީއާއި ސިކުނޑިއަށްވެސް މިބަލީގެ ސަބަބުން އަސަރުކުރެއެވެ.

އެގޮތުން ގަދަޔަށް ކަރުގައި ރިއްސުމާއި، އުކުޅުވަޅަށް ތަދުވުމާއި، ބޭރަށް ހިންގުންފަދަ ޢަލާމާތްތައް ބަލީގެ ކުރީކޮޅު ފެންނަންފަށައެވެ. އޭގެ އިތުރުން 39-40 ޑިގްރީއަށް ހުން ގަދަވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

“މިސްކް” ޖެހުމުގެ އިތުރު ޢަލާމާތްތަކުގެ ތެރޭގައި އަތާއިފައި އަދި ހަށިގަނޑުގެ އެކި ތަންތަން ރަތްވުން، އަދި އަތާފައި ދުޅަވުމާއި ހަންފޮޅުން ހިމެނެއެވެ. އަދި އެކި ވައްތަރުގެ ބިހިތައް ނެގުމާއި ލޯ ރަތްވުން އަދި ދުލާއި ތުންފަތާއި ކަރު ރަތްވުން ފަދަ އަލާމާތްތައް ހިމެނެއެވެ. މިބަލި އާންމުކޮށް ޖެހެނީ 3 އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންނަށެވެ.
އެހެންކަމުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!