ޚަބަރު
އަޅުގަނޑުގެ ދަރިއެއްގެ މަސައްކަތާ އިންތިޚާބު ތަކާ ދިމާކޮށް ހަދާ ސުރުޚީ އަކަށް ވުމީ ދެރަކަމެއް – މާރިޔާ

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީގެ ދަރިކަލުން އިނގިރޭސިވިލާތުގައި 1.5 މިލިއަންގެ ގެއެއް ބައްލަވައިގެން އުޅުއްވާ ކަމަށްބުނެ މީހަކު ކޮށްފައިވާ މެސެޖަކަށް ރައްދު ދެއްވައިފިއެވެ.

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން މިނިސްޓަރ މާރިޔާ އަށް ކުރެއްވި މެސެޖަކަށް ރައްދު ދެއްވަމުން ވިދާޅުވީ، އޭނާގެ ކޮރަޕްޝަންގެ މައްސަލައެއް އުޅޭ ކަމަށް ޝައްކުކުރައްވާނަމަ އެކަން އޭސީސީ އަށް ހުށަހަޅުއްވައިގެން ބެއްލެވުމަށް އެދޭ ކަމަށެވެ.

އަދި އޭނާގެ ދަރިފުޅަކީ އުމުރުން 40 އަހަރު ފުރިފައިވާ އިނގިރޭސިވިލާތުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލެއް ކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވެއެވެ.

“ކޮރަޕްޝަންގެ ތުހުމަތެއް އަޅުގަނޑަށް ކުރައްވާނަމަ އެކަމެއް އޭސީސީއަށް ހުށަހަޅުއްވާ ތަހްޤީގް ކުރައްވާ. އަޅުގަނޑުގެ ދަރިފުޅަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަޤާމެއް ނޫނީ ވަޒީފާއެއް އަދާކުރި ނުވަތަ ކުރާ ކުއްޖެއް ނޫން. ފެށުނީއްސުރެ ރާއްޖެއިން ބޭރުގަ އަމިއްލަ މަސައްކަތް ކުރާ ކުއްޖެއް. މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ނޫސްވެރިޔާ އަޒާން ކުރެއްވި މެސެޖެއްގައި މިނިސްޓަރ ގެ ދަރިފުޅު އިނގިރޭސިވިލާތުން 1.5 މިލިއަން ޕައުންޑުގެ އަގުހުރި ގެއެއް ބައްލަވައިގެން އުޅުއްވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެގެ ބައްލަވައިގެންފައިވަނީ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާއިން ކަމަށް ބެލެވޭ ކަމަށް ބުނެ މިނިސްޓަރ މާރިޔާ ކައިރިން އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެދިވަޑައިގަތުމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ބުރޯ

    މިގޮއްޔެ ހުންނާނީ ACC ވެސް ގަނެފަ. ދެން ކޯޗެކޭ މި ކަނބުލެ ކިޔަނީ.