ގދ މަޑަވެލިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރުނު އަދާހަަމައިން ދައްކާގޮތުގައި މަޑަވެލިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 16 މީހަކު ކޮވިޑަށް ފައްސިވެ އެކްޓިވް ކޭސްގެ އަދަދު ވަނީ 38 އަށް އަރާފައެވެ.
މަޑަވެލިން މިހާތަނަށް ޖުމްލަ 58 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 20 މީހެކެވެ.
މަޑަވެލިން ކޮވިޑް-19 އަށް ގިނަބަޔަކު ފައްސިވަމުންދާތީ އެރަށް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެވިފައެވެ.

