މަޢުލޫމާތު
“ބްރޯކަން ހާޓް ސިންޑްރޯމް” ހާސްކަން ބޮޑު ދިރިއުޅުމުން ކުރިމަތިކުރުވާ ސިއްޙީ މައްސަލައެއް

ތިބާއަކީ ހިތުގެ އެއްވެސް މައްސަލައެއް ނެތް، ދުޅަހެޔޮ ހިތެއްގެ ވެރިއެއްކަމަށް އަމިއްލަޔަށް ޤަބޫލުކުރެވުނު ނަމަވެސް، ތިބާގެ ދިރިއުޅުމުގައިވެސް ތަފާތު ހާސްކަންބޮޑު މައްސަލަތައް އަބަދުމެ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ގޮތްތަކެއް ކުރިމަތިވާނަމަ، ތިބާއަށްވެސް ހިތުގެ މައްސަލަ ޖެހުމުގެ ފުރުޞަތު އެބަ އޮވެއެވެ. އިމޯޝަންތަކާ ގުޅިފައިވާ ނުތަނަވަސްކަމާއި، ހާސްކަމުން، ހިތަށް ވަރަށް ނުރައްކާތެރި މައްސަލަ ކުރިމަތިވެއެވެ.

“ބްރޯކަން ހާޓް” މިކިޔާ ހާލަތުން ހަޤީޤަތުގައިވެސް ބަހުގެ މާނައިގައިވާ ފަދައިން ހިތް ހަލާކު ކޮށްލައެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. “ބްރޯކަން ހާޓް ސިންޑްރޯމް” އަކީ ކޮބައިކަން ނޭނގޭ މީހުންނަށް ބުނެލަން އޮތީ، އެއީ “ޓަކޯޓްސްބޯ ކާޑިއޯމިއޯޕަތީ” ކިޔާ ހަޤީޤީ ސިއްޙީ މައްސަލައެކެވެ. މިމައްސަލަޔަކީ އިޙްސާސްތަކާއި ގުޅިފައިވާ ނުތަނަވަސްކަމާއި، ހާސްކަމުން ހިތަށް ކުރިމަތިވާ ސިއްޙީ މައްސަލައެކެވެ. މިފަދަ ސިއްޙީ މައްސަލަތައް ކުރިމަތި ވަނީ، ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުން ކެނޑިގެން ދިޔުން ނުވަތަ ލޯބިވާ މީހަކު ނިޔާވުން ފަދަ ނަފްސާނީގޮތުން ބޮޑެތި އަސަރުތައް ކުރުވާ އިމޯޝަންތަކާއި ގުޅިފައިވާ ނުތަނަވަސްކަމާއި، ހާސްކަން ކުރިމަތިވުމުން ނެވެ. ގިނަ މީހުން މިސިއްޙީ މައްސަލައިން އަރައިގަތުމަށް ދިގު މުއްދަތެއް ނަގައެވެ. ނަމަވެސް ކޮންމެ މީހަކީ އެހާ ނަސީބު ގަދަ މީހެއް ނޫނެވެ.

ހާވާޑް ޔުނިވަސިޓީގެ ސްޕެޝިއަލިސްޓުން ބުނެފައިވާގޮތުން، ” ސްޓްރެސް-އިންޑިއުސްޑް ކާޑިއޯމިއޯޕަތީ” އަކީ ހިތުގެ “ލެފްޓް ވެންޓްރިކަލް” ގެ މަސްތައް ބަލިކަށިވުމުން ކުރިމަތިވާ މައްސަލައެކެވެ. “ލެފްޓް ވެންޓްރިކަލް” އަކީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަން ލޭ ޕަމްޕުކޮށްދޭ ޗެމްބާއެވެ. ޖިސްމާނީ ގޮތުންނާއި، އިހްސާސްތަކާއި ގުޅިފައިވާ ތަފާތު ހާސްކަން ކަމުގައިވާ، ކުއްލިއަކަށް ކުރިމަތިވާ ނުރައްކާތަކާއި، ލޯބިވާ ފަރާތްތަކުގެ ކުއްލި ވަކިވުން، ނުރައްކާތެރި އެކްސިޑެންޓް ނުވަތަ ގުދުރަތީ ކާރިސާތަކާއި ގުޅިގެން މިސިއްޙީ މައްސަލަ ކުރިމަތިވެއެވެ.  މި ސިއްޙީ މައްސަލަޔަށް “ސްޓްރެސް-އިންޑިއުސްޑް ކާޑިއޯމިއޯޕަތީ” ނުވަތަ “ބްރޯކަން ހާޓް ސިންޑްރޯމް” ގެ ނަން ދެވިފައިވެއެވެ. ބްރޯކަން ހާޓް ސިންޑްރޯމް ކުރިމަތިވުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، މޭމަތީގައި ރިއްސުމާއި ނޭވާކުރުވުން ހިމެނެއެވެ.

މިމައްސަލަ ކުރިމަތިވަނީ، ހަށިގަނޑުގައި އެކުލެވޭ ސްޓްރެސް ހޯމޯން އަށް އަންނަ ބަދަލާއި، ހަށިގަނޑު ހާސްކަމާއި ދެކޮޅަށް މަސައްކަތްކުރާ ގޮތުންނެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ހިތުގެ ހިނގުން ބާރުކޮށްދީ، ހިތުގެ މަސްތަކުގެ ސެލްތަކަށް ނުވަތަ ލޭހޮޅިތަކަށް އަންނަ ބަދަލުތަކުން މިމައްސަލަ ކުރިމަތިކުރުވައެވެ. މި ސިއްޙީ މައްސަލައިން ފިރިހެނުންނަށް ވުރެ އަންހެނުންނަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް ފިރިހެނުންނަށް ވެސް މިސިއްޙީ މައްސަލަ ކުރިމަތިވެއެވެ. މިކަމުގެ އަލާމާތްތައް ހާޓް އެޓޭކެއް ޖެހުމުގެ އަލާމާތާއި ގާތްކުރާގޮތް ހުރުމާއިއެކު، މައްސަލަ ދެނެގަތުމަށް ވަރަށް ގިނަ ޓެސްޓުތައް ހަދަން ޖެހެއެވެ.

އިތުބާރު ކުރާ މީހަކާ ހާސްވެ ކަންބޮޑުވާ ކަންކަން ހިއްސާކޮށް ވާހަކަ ދައްކާނަމަ، ދިގު މުއްދަތުގައި ހިތުގެ އެތައް އުނދަގުލަކާއި ގެއްލުމެއް ސަލާމަތް ކޮށްދެވިދާނެ އެވެ. އަޅުގަނޑުމެންގެ ހިތަކީ، އަޅުގަނޑުމެންގެ ހަށިގަނޑުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ގުނަވަން ކަމަށްވާތީ، ހިތުގެ މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދިޔުމަށް، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަން އެބަޖެހެއެވެ.

މި ސިއްޙީ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަކީ ކައިރި މާޒީގައި، ވަރަށް ބޮޑު އާދަޔާ ޚިލާފު އިޙްސާސްތަކާއި ގުޅިފައިވާ ހާސްކަމެއް ތަޖުރިބާ ކޮށްފައިވާ ފަރާތްތަކެވެ. މިފަދަ ސިއްޙީ ނުރައްކާތެރި މައްސަލަތަކާއި ގުޅޭ މަޢުލޫމާތު އެނގުމަކީ، އެފަދަ މައްސަލަތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

“ބްރޯކަން ހާޓް ސިންޑްރޯމް” ހުއްޓުވާނެ ގޮތެއް ނުވަތަ މިސިއްހީ ހާލަތުން އަރައިގަތުން ވަކިން ޚާއްސަ ބޭހެއް މިހާތަނަށް ހޯދިފައި ނުވި ނަމަވެސް، މައްސަލަ ކުރިމަތިވާތާ މާގިނަ ދުވަސްތަކެއް ނުވެ ދެނެގަނެވިއްޖެނަމަ، ހާޓް އެޓޭކް ޖެހުމުން ދުރުކުރުމަށް ބޭނުންކުރާ ތަފާތު ބޭސްތަކުގެ އެހީގައި ފަރުވާއެއް ހޯދިދާނެއެވެ. ގިނަ އަދަދެއްގެ މީހުންނަށް ނޭނގި ނަމަވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން މިސިއްޙީ މައްސަލަ ކުރިމަތިވާއިރު، “ބްރޯކަން ހާޓް ސިންޑްރޯމް” އަކީ ކޮބައިކަން ދަނެގަނެ، ހާސްވެ ކަންބޮޑުވާ ތަފާތު ކަންތައްތަކާއި، ހާލަތްތަކުން ދުރުހެލިވުން މުހިންމެވެ.

ހާސްވެ ކަންބޮޑުވާ ކޮންމެ ހާލަތެއްގައި ކަންކަން މުޅިދުނިޔެއަށް ސިއްރުކުރުމުގެ ބަދަލުގައި، ގާތް އިތުބާރު ހިފޭ މީހަކާއި ހިއްސާކޮށް، އެހީތެރިކަން ހޯދުމަށް ފަސްނުޖެހޭށެވެ.

https://www.youtube.com/watch?time_continue=144&v=0PnsrUouVss&feature=emb_logo

“ބްރޯކަން ހާޓް ސިންޑްރޯމް” އާއި ގުޅޭ ތަފާތު މަޢުލޫމާތު އެކުލެވޭ ވީޑިއޯ

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!