ޚަބަރު
ބީއެމްއެލް އިން 9 ސްކޫލެއްގެ ސެން ކުލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު ނުވަ ރަށެއްގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ތައުލީމީ އާލާތްތައް ހަދިޔާކޮށްފި އެވެ.

މި އެހީގެ ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮންމެ ރަށަކުން އެއް ސްކޫލަކަށް ހަދިޔާ ކޮށްފައިވާއިރު ޖުމްލަ 9 ސްކޫލަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ.

ބީއެމްއެލް އިން އެހީގެ ތަކެތި ފޯރުކޮށްދީފައިވާ ސްކޫލްތައް:

ށ.ފުނަދޫ ސްކޫލް
ނ.ހުޅުދޫ މެޔާ ސްކޫލް
ޅ.ނައިފަރު މަދަރުސަތުލް އިފްތިތާޙް
ކ.ގުރައިދޫ ސްކޫލް
އއ.އަތޮޅު ގުރައިދޫ ސްކޫލް
އދ.އަތޮޅު ތައުލީމީ މަރުކަޒު – އދ.މަހިބަދޫ
ލ.ގަމު – އިހައްދޫ ސްކޫލް
ގއ.އަތޮޅު މަދަރުސާ – ގއ.ކޮލަމާފުށި
މަޑަވެލި ސްކޫލް

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ގެންގުޅޭ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށް ބީއެމްއެލް އިން ބުނެއެވެ. އޭގެ އިތުރުން “އިންކްލޫސިވް ލާނިން” މާހައުލެއްގައި ފަރުދީ ގާބިލްކަން ކުރިއެރުވުމަށް 330 އަށް ވުރެ ގިނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން ބީއެމްއެލް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސެން ކްލާސްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވޭތުވެ ދިޔަ 2 އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 29 ސްކޫލަކަށް ތައުލީމީ އާލާތްތައް ހަދިޔާކޮށްފަ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!