ޚަބަރު
އައްޑޫ ސިޓީ މަރަދޫ ގައި ކޮވިޑް ކޭސްތައް އިތުރުވަނީ

އައްޑޫ ސިޓީ މަރަދޫގެ ކޭސްތައް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކަން ފަށައިފި އެވެ.

ކޮވިޑްގެ ކޭސްތައް މިހާރު ދަށްވެފައި އޮތް ނަމަވެސް އައްޑޫން ކޮވިޑްގެ ކޭސްތައް ފެންނަ ފެށި ދުވަސްވަރު އެއްވެސް ކޭސްއެއް މަރަދޫ އިން ފެނިފައެއް ނުވެއެވެ. އައްޑޫ އީއޯސީ ފާހަގަ ކުރެއްވި ގޮތުގައި މިހާރު މަރަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 29 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގައިވެސް ޕޮޒިޓިވެފައިވާ 3 މީހުންނަކީ ވެސް އެ އަވަށުގެ މީހުންނެވެ.

މި ތިންމީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު މީހުން ކަމުގައި ވިޔަސް މަރަދޫގައި ރެންޑަމް ސާމްޕަލްތަކެއް ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

އައްޑޫގެ މިހާރުގެ ހާލަތަށް ބަލާއިރު އައްޑޫގައި ޖުމްލަ 75 އެކްޓިވް ކޭސް އޮތްއިރު އަދިވެސް އެންމެ ކޭސްތަށް ގިނަ ކަމަށް ފާހަގަ ކުރެވިފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. ހިތަދޫއިން މިހާރު 43 އެކްޓިވް ކޭސް ރިޕޯޓްކުރެވިފައި ވެއެވެ. މި ދިޔަ އޭޕްރީލް މަހު އެންމެ ގިނަ ކޭސްތައް ފެނިފައިވާ ފޭދޫ އަދި ހުޅުދޫ މީދޫ އިން ކޭސްތަކުގެ އަދަދު ވަނީ ތިރިވެފައެވެ.

އައްޑޫގެ ގުޅިފައިވާ ހުރިހާ އަވަށްތަކެއް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެކަމަކު ކޮވިޑާ އެކު ކުރިން އެޅި ބޮޑެތި ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދީފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!