ޚަބަރު
ދެކުނުގައި ހިނގި ހަމަނުޖެހުން ހިމެނޭގޮތަށް ޤައުމީ މަސްލަހަތު ހިމެނޭބޮޑު 7 މައްސަލައެއް ބަލަނަީ

އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅޭ ބޮޑެތި މައްސަލަތައް ހިމެނޭގޮތަށް 7 މައްސަލައެއް ޤައުމީ މަސްލަހަތު ހިމެނޭ މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 7 މައްސަލައެއް ފުޅާ ދާއިރާއެއްގައި ތަޙްޤީޤްކުރުމަށް ނިންމާފައިވާ މައްސަލަތައްކަމަށް އެ އޮފީހުން ވިދާޅުވިއެވެ. އިންތިޤާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން މަޔްޔަމް ލައިޒާ ވިދާޅުވީ، މިހާތަނަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ޤައުމީ މަސްލަހަތުގެ އިތުރުން ގިނަ ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ 7 މައްސަލައިގެ ތަހުގީގް ވަރަށް ފުޅާ ދާއިރާއެއްގައި ހިންގާނެކަމަށެވެ.

އެގޮތުން އެއް މައްސަލައަކީ 1959 އިން 1966 އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެއްކަމަށެވެ.

އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހަށް ތަހުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތަކެވެ.

އެގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށައެޅުމަށް ހުޅުވާލި 3 މަސްދުވަހުގެ މުއްދަތުގައި 488 މައްސަލަ އެ އޮފީހަށް ހުށައަޅާފައިވެއެވެ. ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ވެރިއެއްގެ ފަރާތުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާއި ގުޅޭ ކޮންމެ މައްސަލައެއް ހުށައެޅުމަށް ހުލުވާލި ފުރުޞަތުގައި އެ އޮފީހަށް 488 މައްސަލައެއް ހުށައަޅާފައިވާއިރު އޭގެ ތެރެއިން 452 މައްސަލައެއް ވަނީ ބަލައި ގަތުމަށް ނިންމާފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށައެޅިފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެ އޮފީހުގެ ލީޑް އިންވެސްޓިގޭޓަރ މަރްޔަމް ސަޢީދު ވިދާޅުވީ، މިހާތަަނަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 278 މައްސަލައެއް ހުށައެޅި ފަރާތްތަކާއެކު ތަޢާރަފް ބައްދަލުވުންތައް ބާއްވާފައިވާކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!