މަޢުލޫމާތު
ކަޅުވުމަކީ، ލަނދު ގަންނަންޖެހޭ ސަބަބެއް ނޫން- ދުނިޔޭގެ އެންމެ ކަޅު ސުޕަރ މޮޑެލް

ކަޅުވުމަކީ އެއްވެސް ގޮތަކަށް މީހާގެ ބުރަސޫރަ ހުތުރުކޮށްލާ ކަމެއް ނޫނެވެ. މީހެއްގެ ހަމުގެ ކުލަ ކަޅުވުމަކީ އެއްވެސްގޮތަކަށް ލަނދުގަންނަންޖެހޭ އަދި އެމީހަކު ބޭނުން ދާއިރާއަކުން ކުރިޔަށް ދިޔުމަށް އޮތް ހުރަހެއް ނޫންކަން މިލިޔުމުގައި ގެނެސްދީފައިވާ ފަރާތް ވަނީ ސާބިތުކޮށްދީފައެވެ. އޭނާ އޭނާގެ ކަޅުގެ ހަމުކުލަޔަށް ލޯބިކުރުމާއެކު، ފަޚުރުވެރިވެއެވެ.

އިތިއޯޕިޔާ އަށް އުފަން ނިޔަކިމް އަކީ ގަދަ ކަޅު ކުލައިގެ ހަންގަނޑެއް ލިބިފައިވާ އަންހެނެކެވެ. އުފަން ޤައުމުގައި ތަފާތު ހަމަނުޖެހުންތަކާއި ގުޅިގެން ޓީނޭޖްގައި ނިޔަކިމް އެމެރިކާ މިނެސޮޓާއަށް ވަނީ ހިޖުރަކޮށްފައެވެ. އަދި ހައިސްކޫލް އަދި ކޮލެޖް ތަޢުލިމް އެމެރިކާގައި ފުރިހަމަ ކުރެއެވެ.

އެހެން ކަޅު މީހުންނާއި ތަފާތުކޮށް، ނިޔަކިމްއަށް، ގަދަ ކަޅުކުލައިގެ ވިދާ އޮފްކަމެއް އެކުލެވޭ ހަންގަޑެއް ލިބިފައި ވެއެވެ. އެތައް ހާސް ބައެއްގެ ތެރޭގައި ނިޔަކިމް ހުއްޓި ހުރިނަމަވެސް، އެހެން މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓެއެވެ. ނަމަވެސް، އެހެންމީހުންނާއި ތަފާތުވެފައި، ކަޅު މީހަކަށް ވުމުން، އެއީ ހުތުރު ނުވަތަ ލަނދު ގަންނަންޖެހޭ ކަމެއްގެ ގޮތުގައި ނިޔަކިމް ނުދެކެއެވެ. ބަދަލުގައި ނިޔަކިމް، އޭނާގެ ހަމުގެ ކުލަޔަށް ފަޚުރުވެރިވެ، ލޯބިކުރެއެވެ.

ނިޔަކިމް އޭނާގެ އިސްޓާގްރަމްގެ ފޮޓޯއެއްގެ ކެޕްޝަނުގައި ބުނެފައިވާގޮތުގައި، އޭނާގެ ކަޅު ހަންގަނޑަކީ އޭނާގެ ޚާއްސަ ސްޓައިލް އެވެ. އަދި އޭނާ ރަމްޒުކޮށްދެނީ ހަނގުރާމަވެރިންގެ ވެރިކަން ކަމުގައި އޭނާ ބުނެފައި ވެއެވެ.

ނިޔަކިމް ބުނެފައިވާގޮތުގައި، އެއްފަހަރު އޭނާ ޓެކްސީއެއްގައި ދަތުރުކުރަނިކޮށް، ޑްރައިވަރަކު އޭނާ ކައިރީ ބުނި ކަމުގައި ވެއެވެ. 100 ޑޮލަރު އޭނަ ދީފިނަމަ، ހަންގަޑު ބްލީޗްކުރާނަން ހޭ؟ ޑްރައިވަރު އެހިއެވެ. ޖަވާބުގައި އޭނާ، ތިމަންނަ ކީއްވެހޭ ހަންގަނޑު ބްލީޗް ކުރަންޖެހެނީ އެހުމުން، ޑްރައިވަރު ބުނި ކަމުގައި ވެއެވެ. ތަންކޮޅެއް އަލި، ހަމުގެ ކުލަ ކަޅު ނޫން ހަންގަނޑެއް އޭނާއަށް ލިބިފައިވާނަމަ، ފަސޭހަ ދިރިއުޅުމެއް ލިބިފައި، މީހުންނާއި ގުޅުން ރަނގަޅުވެފައި، ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެކަމަށް އޭނަޔަށް ފެންނަކަމުގައި ބުނެފައި ވެއެވެ.

ޖަވާބުގައި ނިޔަކް ބުނެފައިވަނީ، ހަންގަޑު ބަދަލުކޮށް ދޮން މީހަކަށް ބަދަލުވުމަކީ، ފަހަރެއްގެ ދިރިއުޅުމަށް ފަސޭހަ ކަންތައްތަކެއް ކުރިމަތުވެދާނެ ކަމެއްކަމުގައި ވިޔަސް އޭނާ ބޭނުންވަނީ އުދަނގޫ ގޮތް ކަމުގައެވެ.

ހަމުގެ ކުލަ ކަޅުވުމުން މީހުންގެ ތަފާތު ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ނިޔަކިމްއަށް އިހްސާސް ކުރެވުނީ، އޭނާގެ ހަމުގެ ކުލައިގެ ސަބަބުން، އޭނާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ކަމަށެވެ.

ނިޔަކިމްއަށް ޤުދުރަތުން ލިބިފައިވާ އާދަޔާ ޚިލާފު ތަފާތު ހަމުގެ ކުލަޔާއިއެކު، ދިގު އިސްކޮޅަކާއި، ބައްޓަން ރީތި ފުރިހަމަ ހަށިގަނޑެއް އޭނާއަށް ލިބިފައި ވެއެވެ. އަދި މޮޑެލް ކުރުމުގެ ދާއިރާއަށް މީހުން ނެރޭ ތަފާތު މީހުންގެ ކަޅި ނިޔަމިކްއަށް ހުއްޓެއެވެ. ވަރަށް ބާރު ސްޕީޑެއްގައި ނިޔަމިކްގެ ތަފާތު ސިފަތައް، ފެޝަންގެ ދުނިޔެއަށް ބޮޑު އިންޤިލާބެއް ގެނެސް، ޚާއްސަ މަޤާމެއް ހޯދައެވެ. ފެޝަންގެ ދުނިޔޭގައި ނިޔަކިމް މަޝްހޫރުވެފައި ވަނީ “ޑާކް ކްއީން” ގެ ނަމުންނެވެ. މިއީ ނިޔަމިކްއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ.

ނިޔަމިކް ބުނެފައިވާގޮތުން ކަޅު ކުލަޔަކީ، ޚާއްސަ ކުލައެކެވެ. ކަޅުކުލަޔަކީ ރީތިވެފައި، އަގުބޮޑު ކުލައެކެވެ. އެމެރިކާގެ ސްޓެންޑާޑަށް ފެތެންވެގެން، އެފްރިކާއަށް ނިސްބަތްވާ ފުރާނަ ނައްތާލާކަށް ނުޖެހެއެވެ.

ނިޔަކިމް އަކީ ނަސްލީ ތަފާތުތަކާއި ދެކޮޅަށް އަޑުއުފުލާ އެންމެ ވަރުގަދަ އަޑަށް ވެފައި ވެއެވެ. ކަޅު ނަސްލުގެ އެތައް ބަޔަކު ނަމޫނާއަކަށް ބަލައި، ކަޅު ނަސްނުލުގެ މީހުންނާއި ދެކޮޅަށް ކުރާ ފުރައްސާރައާއި، ގޮންޖެހުންތަކާއި ކުރިމަތިލުމަށް، ހިތްވަރު ލިބިގަންނަ މުހިންމު މީހަކަށް ނިޔަކިމް ވެފައި ވެއެވެ.

އުމުރުން އެންމެ 27 އަހަރުގައި ނިޔަކިމްގެ ފޮލޯވާސްގެ ގޮތުގައި 937,000 ހިމެނުމުގެ އިތުރުން ނިޔަކިމް ވެފައި ވަނީ ފުންނާބު އުސް ސުޕަރ މޮޑެލް އަކަށް ނިޔަކިމް ވެފައިވެއެވެ. ސޯޝަލް މީޑިޔާގައި ހިއްސާކުރެވޭ ނިޔަކިމްގެ ފޮޓޯއަކަށް އެތަށް ހާސް ބަޔެއްގެ ރުހުމާއި، ނިޔަކިމްގެ ރިތިކަމަށް ތަޢުރީފް ތަފާތު ކޮމެންޓް ލިބެއެވެ.

ނިޔަކިމްގެ މިލްކިއްޔާތުގައި 4 މިލިޔަން ޑޮލަރު އެކުލެވޭއިރު، ތަފާތު މޮޑެލިންގ ކޮންޓްރެކްޓް އޭނާއަށް ލިބިފައި ވެއެވެ. ފެޝަން ނޯވާ، ކެލްވިން ކްލެއިން، އަލްޑޯ އަދި ކޮސްމޯޕޮލިތާން ފަދަ ބްރޭންޑްތަކުގެ ބްރޭންޑް އެމްބެސެޑަރުކަންވެސް ނިޔަކިމް އަށް ލިބިފައި ވެއެވެ.

ކަޅުވުމަކީ، އެއްގޮތަކަށްވެސް، ލަނދުގަނެ، ދެރަވާންޖެހޭ ކަމެއް ނޫނެވެ. ކަޅުވުމަކީ މީހުން ހުތުރުވެ ހަޑިވާންޖެހޭ ސަބަބެއް ނޫންކަން ނިޔަކިމްގެ ދިރިއުޅުމުންވެސް އެނގެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!