ކޮލަމް
ބޯޓެއް އަޑިޔަށްދިޔުމުގެ ސަބަބަކަށް ވަނީ، ވަށައިގެން މޫދު އޮތުމެއް ނޫން- ވަރަށް މާނަފުން ބުނުމެއް

ބޯޓެއް އަޑިޔަށް ދިޔުމުގެ ސަބަބަކަށް ވަނީ ވަށައިގެން މޫދުގެ ލޮނުގަނޑު އޮތުމޭ ނުބުނެވޭނެއެވެ. ނަމަވެސް ބޯޑެއް އަޑިޔަށް ދަނީ، ވަށައިގެންވާ މޫދުގެ ލޮނުގަނޑު ބޯޓުގެ ހަލާކުވެފައިވާ ކޮންމެވެސް ދިމާލަކުން ބޯޓުގެ އެތެރެއަށް ވަނުމުންނެވެ. މިއީ ހަޤީޤަތުގައިވެސް ވަރަށް މާނަފުން، އެއިން ދިރިއުޅުމާއި ގުޅޭ ތަފާތު އިބްރަތް ނެގިދާނެ ބަސްކޮޅެކެވެ.

ބޯޓަކީ ފެނުމަތީގައި އޮންނަހެން ފަރުމާކުރެވި އިންސާނުން ކަނޑުގެ މަގުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމަށް ބޭނުންކުރެވޭ އުޅަނދެކެވެ. ކިތަންމެ ބިޔަ، ކިތަންމެ ފުން ނުވަތަ ކިތަންމެ ގަދަ، ކަނޑެއްގައި ދަތުރުކުރި ނަމަވެސް، ކޮންމެ ބޯޓަކީވެސް ވަކި މަންޒިލަކަށް ދިޔުމަށް ވަކި މިސްރާބަކުން ދަތުރުކުރާ އުޅަނދެކެވެ. ދަތުރުގައި ކުރިމަތިވާ ތަފާތު ދަތި އުދަނގޫތަކާއި ގޮންޖެހުންތަކާއި އެކުވެސް، ކޮންމެ ދަތުރެއް އަމާން ރައްކާތެރި ދަތުރެއްކަމުގައި ހެދޭތޯ ކޮންމެ ބޯޓެއް ދުއްވާ ކެޕްޓަން މަސައްކަތް ކުރެއެވެ.

ނަމަވެސް ދަތުރު އަމާންވުމާއި، ރައްކާތެރިކަން މައިގަނޑު ގޮތެއްގައި ބަރޯސާވަނީ، އޭގެ ބިނާއާއި ފަރުމާއާއި، އޭގެ އަސާސްތަކާއި، އޭގެ ޙާލަތު ހަމަޖެހޭ ޙާލަތާއި، އެ މައްޗަށް ހިނގާ ބުރައާއި، ދަތިއުނދަގޫ ތަކުން އަވަހަށް އަރައިގަތުމަށް އެބައެއްގެ ކެރިފޯރުންތެރިކަމާއި، ވަށައިގެންވާ ކަނޑުގެ ލޮނުގަނޑު، ވައި، އަދި ވަށައިގެންވާ ޙާލަތްތަކުގެ ސަބަބުން ލިބޭ ޒަޚަމްތަކަށް އިޖާބަދީ، އެކަމެއްގެ މައްޗަށް އެކުލެވިގެންވާ ގޮތުގެ މައްޗަށެވެ.

ކޮންމެ ފަރުދަކީވެސް ދިރިއުޅުމުގައި، މާސިންގާ ކަނޑެއްގައި ހީވެސް ނުކުރާފަދަ ދިގު ދަތުރެއް ކުރާ އުޅަނދެއް ފަދަ މީހެކެވެ. މި ދަތުރުގެ ކާމިޔާބީ ބިނާވެފައި އޮންނަނީ، މީހަކު އެ ދަތުރު ކުރަނީ ތޯ ނުވަތަ އޭގެ ބަރުދަން ކެތް ނުވެ، އެއްވެސް ހިލަމެއް ނުވާހެން ބަންޑުންވެ ކަނޑަށް ޣަރަގުވެގެން ދިޔުމުގެ މައްޗަށެވެ. ކޮންމެ ފަރުދަކަށް ވެސް ކުރިމަތިވަނީ ހަމަ އެ ހާލަތުގައި އުޅަނދު ގައި ހިނގާ ކަންކަމެވެ.

ހަމައެފަދައިން، އިންސާނާގެ ނަފްސާނީ ދުސްތޫރު ބިނާވެގެންދަނީ، ގުޅިލާމެހިފައިވާ ޤަބޫލުކުރުންތަކާއި، ވިސްނުމާއި ފިކުރު ބައްޓަންވެފައިވާ ގޮތާއި، އިޙްސާސްތަކާއި، މުޞީބާތްތަކާ ކުރިމަތިލުމުގެ ޤާބިލުކަމާއި، އާދައިގެ ޙާލަތަކަށް ރުޖޫޢަވުމުގެ ޤާބިލުކަމާއި، ފަރުވާތެރިކަމާއެކު ދެމިހުރުމުގެ ޤާބިލުކަން ހުރި މިންވަރު، ފަރުދުންގެ ކިބައިގައި އަށަގެންފައިވާ މިންވަރުގެ މައްޗަށެވެ.

އިންސާނުންގެ ތެރޭގައި ތަފާތު ފިކުރުގެ، ތަފާތު ވިސްނުން ގެންގުޅޭ މީހުން ދިރިއުޅެއެވެ. އަހަރަމެންގެ ތެރެއިން ބައެއް އިންސާނުންނަކީ، ކޮންމެ ކަމެއްގައިވެސް، އެކަމުގެ އޮންނަ އެންމެ ގޯސްގޮތަށް ވިސްނުން ގެންގުޅެ، އަބަދުވެސް ކޮންމެ ކަމެއްވެސް ވާނީ ގޯސްކޮށްކަމަށް ވިސްނައިގެން އުޅޭ މީހުންނެވެ. މިފަދަ މީހުންނަށް ގިނަފަހަރު ކަންކަން ކުރިމަތިވަނީވެސް، އަބަދުމެ، ވިސްނާ ފިކުރު ގެންގުޅޭ ގޯސް ގޮތް ގޮތަށެވެ. މިފަދަ މީހުންނަކީ އަބަދުވެސް ނެގެޓިވް މައިންޑް ސެޓެއް ގެންގުޅޭ ބައެކެވެ.

އިދި ވިސްނުން ގެންގުޅޭ ނެގެޓިވް މައިންޑްސެޓެއް ގެންގުޅޭ މީހުންނާއި އެއްކޮށް އުޅުމަކީ، އޭގެ ސަބަބުން ތިބާގެ ދިރިއުޅުމުގެ ނާ ބަންޑުންވެދާނެ ކަމެކެވެ. އިދި ވިސްނުން ގެންގުޅޭ ފަރާތްތައްވެސް، އެމީހުންގެ ނުފޫޒު، ރަނގަޅަށް ވިސްނާ މީހާގެ ސިކުނޑިއަށް ވައްދައި، އެމީހާގެ ވިސްނުން ތަޣައްޔަރު ކުރެއެވެ. ކަނޑު ގައި ދުއްވާ ބޯޓުގެ ވަށައިގެންވާ ލޮނުގަނޑު، ބޯޓުގައި، ހަލާކުވެފައިވާ ތަންކޮޅަކުން އެތެރެއަށްވަދެ، ބޯޓަށް ވަދެ، ބޯޓު އަޑިޔަށް ދާ މިސާލުގައެވެ.

ބޯޓެއް އަޑިޔަށް ދިޔުމުގެ ސަބަބަކަށް ވަނީ ވަށައިގެން މޫދުގެ ލޮނުގަނޑު އޮތުމެއް ނޫނެވެ. ނަމަވެސް ބޯޑެއް އަޑިޔަށް ދަނީ، ވަށައިގެންވާ މޫދުގެ ލޮނުގަނޑު ބޯޓުގެ ހަލާކުވެފައިވާ ކޮންމެވެސް ދިމާލަކުން ބޯޓުގެ އެތެރެއަށް ވަނުމެވެ. މިބީދައިން، ތަފާތު އިދި ވިސްނުން ގެންގުޅޭ، ނެގެޓިވް މައިންޑް ސެޓެއް ގެންގުޅޭ މީހުން އަހަރަމެންގެ ވަށައިގެން ވެއެވެ. ތިބާގެ  ބަލިކަށި  ސިފަތަކުގެ ފައިދާ  ނަގައި، ވަށައިގެންވާ، އިދި ވިސްނުން ތިބާގެ ސިކުނޑިއަށް ވަނުމަށް ފުރުޞަތު ނުދޭށެވެ. އެހެން މީހަކު ތިބާގެ އަމިއްލަ ވިސްނުމާއި ފިކުރު ބަދަލުކޮށްލުމަށް ފުރުޞަތު ނުދޭށެވެ. ނޫންނަމަ، ބޯޓެއް އަޑިޔަށްދާ މިސާލުގައި ތިބާގެ ދިރިއުޅުން ބަރުބާދުވެގެން ދިޔުމީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޑީޕް.