ޚަބަރު
ތިނަދޫ ޕޯޓު ޑިވިލޮޕްމަންޓް މަޝްރޫއު އެމްޓީސީސީ އަށް

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

މިއަދު ހެނދުނު އެމްޓީސީސީގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި  މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖިނިއާ އާދަމް މުހައްމަދެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއާ ހައުސް އަދި ވޯކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑާ ހަރުކުރުން ހިމެނެއެވެ. މި ޕޯޓަކީ 17 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 330 ދުވަސް ތެރޭގައި ނިންމަން ހަވާލު ކުރި މަޝްރޫއެކެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ އިތުރުން 138 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 495 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުވެސް މިއަދު ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ތެރޭގައި، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!