ޚަބަރު
ކުރުމުއްދަތެއްގެ ތެރޭގައި އަރަބި ބަސް ދަސްކޮށްދޭ ކޯހެއް އެވިޑް ކޮލެޖުން ފަށަނީ

ކުރުމުއްދަތެއްގެ ތެރޭގައި އަރަބި ބަސް ދަސްކޮށްދޭ ކޯހެއް އެވިޑް ކޮލެޖުން ކުރިޔަށް ގެންދަން ތައްޔާރުވެއްޖެއެވެ.

އޮމާން އަށް ނިސްބަތްވާ މުދައްރިސުން ކިޔަވައިދޭ މިކޯހަކީ 25 ދުވަހުގެ ކޯހެކެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އޮމާންގެ އަލްޚަލިލް އަރަބިކް ލާނިންގ ގެ ޚާއްސަ ސެޓްފިކެޓް ލިބޭނެ ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.

މި ފެށޭ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ފެށޭ މި ކޯހުގައި އަރަބި ބަހުން އެއްވެސް ވަރަކަށް ނޭނގޭ ބޭފުޅުންނަށާއި، އަރަބި ބަހުގެ ހަމަތަަކާއި އުސޫލުތައް އުނގެނެން ބޭނުންވާ ބޭފުޅުންނަށް ދެ ގޮތަކަށް ކިޔަވައިދޭނެއެވެ.

އޮންލައިން ކޮށް ކުރިއަށްދާ މި އަރަބި ކޯހުގެ ފީ އަކީ 130 ޑޮލަރު (2004.06 ދިވެހި ރުފިޔާ) އެވެ.

މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޯހުގައި ބައިވެރިވުމަށް އޮންލައިން ކޮށް ފޯމު ހުށަހެޅޭނެއެވެ. އެގޮތުން އޮންލައިން ކޮށް މި ކޯހުގައި ރެޖިސްޓްރީ ވާން ބޭނުންފުޅުވާނަމަ (ލިންކް) އިން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އެވިޑް ކޮލެޖުން އެދެއެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމު ފޯރުކޮށްދެމުންނަ ކޮލެޖެކެވެ. މި ކޮލެޖުގެ ކެމްޕަހެއް ދާދި ފަހުން ވަނީ ހުވަދު އަތޮޅު ގައި ވެސް ހުޅުވާފައެވެ. އެގޮތުން ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ހުންނަ އެވިޑް ކޮލެޖު ތިނަދޫ ކެމްޕަހުންވެސް ގިނަ ދަރިވަރުން ތަކެއް ދަނީ މަތީ ތަޢުލީމު ހާސިލު ކުރަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!