ޚަބަރު
ވިލިނގިލި އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓް 2022 ގެ ޗެމްޕިިއަންކަން މިފްކޯ އަށް

ގއ ވިލިނގިލީ ކައުންސިލްގެ އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓް 2022 ގެ ޗެމްޕިިއަންކަން މިފްކޯ ހޯދައިފިއެވެ.
ރޭ ކުޅުން ފައިނަލް ގައި ތަފާތު ބޮޑު ނަތީއްޖާއަކުން ކުރި ހޯދައި މިފްކޯ ނެޓްބޯލް ޓީމުން ޗެމްޕިިއަން ތަށި އުފުލާފައި ވަނީ ވިލިނގިލީ ކައުންސިލްގެ ނެޓްބޯލް ޓީމާއި ވާދަކޮށެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ޝަރަފްވެރި ކޮއްދެއްވި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ގޯލް ޑިފެންޑަރ ރުވަނީ ޔަޓިގަންބަނާއެވެ. ފައިނަލް މެޗް ނިމުމާއި އެކު މުބާރާތުގެ ވަނަ ވަނައަށް ގޮސްފައިވާ ޓީމުތަކަށާއި މުބާރާތުގެ އެކިއެކި މަޤާމުތަކަށް ހޮވިފައިވާ ކުޅުންތެރިންނަން ފައިސާގެ އިނާމާއި ޓުރޮފީ އަދި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ އައިޝަތު ނާޒިމާއެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަކީ ކޫއްޑޫ އެއަރޕޯޓް ޓީމުގެ މަރިޔަމް ޝައިޝާ ނަސީމުއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ކޯޗް ތަމްހީން ހަސަންއެވެ.

ޖެނުއަރީ 21 ން ޖެނުއަރީ 27 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 5 ޓީމަކުން ބައިވެރިވެފައިވެއެވެ.
ހުރިހާ މެޗެއް ވެސް ރޭގަނޑު ކުރިއަށް ގެންދިޔަ މި މުބާރާތް އޮތީ ގއ.ވިލިނގިލީ އިޖްތިމާއީ މަރުކަޒުގެ ނެޓްބޯލް ކޯޓުގައެވެ.
މިއީ 2022 ވަނަ އަހަރު ގއ.ވިލިނގިލީގައި ތަންފީޒް ކުރުމަށް ވިލިނގިލީ ކައުންސިލުން އެކުލަވާލި ކުޅިވަރު ޕުލޭން “ކުޅިވަރެ.ކޮމް” ގެ ނަމުން ނަން ދެވިފައިވާ ހަރަކާތްތަކުގައި ހިމެނޭ ފުރަތަމަ މުބާރާތެވެ. އިންޓަރ އޮފީސް ނެޓްބޯޅަ ޓޯނަމަންޓް 2022 ފެއްޓި މެޗް ޝަރަފުވެރި ކޮށްދެއްވީ ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލު މުހައްމަދު އެވެ.
ވަރަށް ގިނަ ބައެއްގެ އެއްބާރުލުން އަދި ގިނަ ބަޔަކު ތަރުހީބު ލިބުނު މި މުބާރާތުގެ ފެއަރޕުލޭ ޓީމަކީ ކޫއްޑޫ އެއަރޕޯޓް ޓީމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!