ޚަބަރު
ޚުޠުބާ: މުޖުތަމަޢެއް ކުރިއަރައި ދަނީ، އެމުޖުތަމަޢެއްގެ ދަރީންނަކީ ހީވާގި، މަސައްކަތްތެރި، އުފެއްދުންތެރި، ބަޔަކު ކަމުގައި ވެގެން

މުރާލިކަމާއި، ހީވާގިކަމާއެކު، ހުއްދަ މަސައްކަތްތައް ކޮށް ރިޒްޤު ހޯދައި އުޅުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވައި ގާވާލައްވާފައިވާ ކަމުގައި ހުޠުބާ ބުނެއެވެ. އިސްލާމް ދީން ގޮވާލަނީ މަސައްކަތް ނުކޮށް ކަންނެތްވެފައި ނުތިބުމަށެވެ. އިސްލާމްދީން ގޮވާލަނީ މަސައްކަތްކޮށްގެން ތިމާގެ ދިރިއުޅުން ބިނާކުރުމަށެވެ.

ކީރިތި ރަސޫލާވެސް ތުއްޕުޅު އިރުން ފެށިގެން މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. މިއުއްމަތުގެ ޅަދަރީންނާއި ޒުވާނުން ހާނުވަންވީ، މިނަމޫނާގެ މައްޗަށް ކަމުގައި ޚުޠުބާގައި ބުނެއެވެ. އެކުދިންނަށް މަސައްކަތް ދަސްކޮށްދީ، ޅައިރުއްސުރެ މަސައްކަތައް ލޯބި ޖައްސުވައި، ހިވާގި ބަޔަކަށް ހަދަން ޖެހޭނެއެވެ. އަމިއްލައަށް ކުރެވޭވަރުގެ އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ އާސަ އެކުދިންގެ ކިބައިގާ ހަރުލައްވަން ޖެހޭނެ ކަމުގައި ޚުޠުބާ ބުނެއެވެ. ގޭތެރެގައާއި، މުޖުތަމަޢުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫޙު އަށަގަނުވަން ޖެހޭނެއެވެ. ބޭނުންތެރި ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިއަ ދީގެން ނުވާނެއެވެ. މަސައްކަތް ކުރުމަކީ ހައްޤެއް ކަމަށާއި އެއީ ޝަރަފެއް އަދި ވާޖިބެއް ކަމުގައި ޚުޠުބާގައި ބުނެއެވެ. އަދި އެއީ ކުރިއެރުމެއްކަން ދަނެ، އެ ޝިޢާރު އުފަންޖެހޭނެއެވެ.

ނަމަވެސް މުޖުތަމަޢުގެ ތެރެއިން ގިނައިން ފެނިގެންދަނީ މިއާއި މުޅިން ޚިލާފު ގޮތެކެވެ. ކުރާ މަސައްކަތުގައި ފަރުވާތެރިކަމެއް، ތެދުވެރިކަމެއް ނެތި، ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި، ފަރުވާކުޑަކޮށް، އެމަސައްކަތެއް ކުރުމުގެ ސަބަބުން، ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބެމުންދާތަނެވެ. މިއީ ކީރިތި ރަސޫލާ އަށް ތަބާވެގެންތިބި މުސްލިމު މުޖުތަމަޢެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫނެވެ. މީގެ ސަބަބުން އެންމެންނަށް ވެސް ލިބޭނީ، ގެއްލުމާއި ހަލާކެވެ. މިހެންކަމުން، މަކަރެއް، ޙީލަތެއްނެތި، ތެދުވެރިކަމާއެކު އެންމެންވެސް މަސައްކަތް ކުރުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ.

މުޖުތަމާއުގެ ތެރެއިން މިފަދަ ނުބައި ވިހަ އަސަރުތައް ފިލައިގެންދާނީ، މުސްލިމުންގެ ޅަދަރިންނާއި، ޒުވާނުންގެ މެދުގައި މަސައްކަތްތެރިކަމާއި، މަސައްކަތްތެރިކަމުގެ އަޚްލާޤުގެ އޮށް އިންދިގެންނެވެ. އޭރުން އެ އޮށްތަކުން ފަޅައިގެން ހެދި ބޮޑުވަމުުންދާ ގަސްތަކުން މުޅި މުޖްތަމަޢު ފެހިވުމަށް ފަހު، ނުބައި ވިހަ އަސަރުތައް މުޖްތަމަޢުގެ ތެރެިން ފިލައިގެން ހިނގައިދާނެއެވެ.

އިސްލާމީ ޙަޟާރަތް ކުރިއަރައި ދިޔައީ މުސްލިމުން މަސައްކަތްތެރިކަމުގެ މައިދާނުގައި ޙަރަކާތްތެރި ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މުސްލިމުން ބިނާކުރި ކިއްލާތަކާއި، ބޮޑެތި ބިނާތަކަކީ، މިއަދުވެސް މަސައްކަތްތެރި ކަމުގެ ނަމޫނާތަކެކެވެ.

ދިވެހި ކާބަފައިންނަކީވެސް މަސައްކަތްކުރުމުގައި އިސްލާމީ އުޞޫލުގެ މަތީން ކަމަށް ކަމޭހިތައި އެކަމެއް ވީހައި އެންމެ ފުރިހަމަޔަށް ކުރިބަޔެއްކަން މާލޭގެ ހުކުރު މިސްކިތާއި، ޢީދު މިސްކިތާއި، ދިެވހި ޘަޤާފީ ތަރިކައެއް ކަމުގައިވާ ކަޅުވަކަރު މިސްކިތުން ފެނެއެވެ. އަދި މިނޫނަސް ރަށްރަށުގައި ބިނާކޮށްފައިވާ ބައެއް މިސްކިތްތަކާއި، އެމިސްކިތުގައި ލިޔެލާޖަހައި ލާފެންކޮށްފައިވާ މަސައްކަތްތަކުން ހާމަވެއެވެ. އެހެންކަމުން ފަރުވާތެރިކަމާއެކު ކަމަށް ކަމޭ ހިތައިގެން ކުރާ ކޮންމެ މަސައްކަތެއް ފުރިހަމައަށް ކުރާ، ތެދުވެރި ބަޔަކަށް ވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޚުޠުބާގައި ބުނެއެވެ،

ޤައުމެއް ތަރައްޤީވެ ކުރިއަރާނީ، އެ ޤައުމެއްގެ ދަރިންނަކީ، ގޯތިގެދޮރުގެ މަސައްކަތާއި، އަމިއްލަ މަސައްކަތްތަކުން ފެށިގެން ޤައުމީ ފެންވަރުގެ އެންމެހައި މަސައްކަތްތަކަށް ދާންދެން، ކުރަން ފަސްނުޖެހޭ އެކަންކަމުގައި މުރާލި، ހީވާގި، ކެރޭ، ހަރުދަނާ ބަޔަކު ކަމުގައި ވެގެންކަން ކަށަވަރެވެ. އަދި މަސައްކަތްތެރިކަމުގެ އަޚްލާޤާއި އެންމެހައި ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކު ކަމުގައި ވެގެންކަމުގައި ޚުޠުބާގައި ބުނެއެވެ.

އިސްލާމްދީނަކީ މަސައްކަތްތެރިކަމަށް ބާރުއަޅާ ދީނަކަށް ވީފަދައިން ޢާއްމު ފަރުދުންނާއި މުޖުތަމަޢަށް ފައިދާހުރި އަދި ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރާ ދީނެވެ. މުޖުތަމަޢަށް ފައިދާހުރި ކިތަންމެ އަގުހުރި މަސައްކަތަކަށް ވިޔަސް، އެމަސައްކަތެއް ކުރަންވާނީ ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެންނެވެ. ކަންމިހެން އޮތުމާއިއެކު، ހެޔޮ ޢަމަލުކޮށް، މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރުމަށް އިސްލާމްދީން ބާރު އަޅައެވެ.

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އިންސާނުން ބިނާކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ފަރާތްތަކުން، މިކަމުގެ މައްޗަށް ސަމާލުކަން ދޭނެޖެހެއެވެ. މިގޮތުން، އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތުދީ، މަސައްކަތްތެރިކަމުގެ ޝައުޤުވެރިކަން އެކުދިންގެ ހިތްތަކުގައި އުފައްދަން ޖެހޭނެކަމުގައި ޚުޠުބާ ބުނެއެވެ. އަދި އިޖުތިމާޢީ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުމުގެ ރޫޙު، އެކުދީންގެ ކިބައިގައި އަށަގެންނެވުމަކީ، ކޮންމެހެން ބޭނުންކަމެކެވެ.

މުޖުތަމަޢެއް ކުރިއަރާނީ އެމުޖުތަމަޢެއްގެ ދަރީން ހުރިހާ ގޮތަކުންވެސް ހަރުދަނާ ބަޔަކު ކަމުގައި ވެގެންނެވެ. އަދި ހީވާގި، މަސައްކަތްތެރި، އުފެއްދުންތެރި، ބަޔަކު ކަމުގައި ވެގެންކަމުގައި ޚުޠުބާގައި ބުނެފައި ވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!