ޚަބަރު
އަންނަ މިނިވަން ދުވަހާ ދިމާކޮށް ފަރެސްމާތޮޑާ އެއަރޕޯޓް ނިންމަނީ

އަންނަ މިނިވަން ދުވަހާ ދިމާކޮށް ގދ.ފަރެސްމާތޮޑާގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓް ނިންމުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި މިދިޔަ އަހަރު ނޮވެމްބަރ މަހަށް އެއަރޕޯޓުގެ މަސައްކަތް ނިންމާލަން އުޅުމުން މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވުމާއި ގުޅިގެން މަސައްކަތް ނުނިމުނީއެވެ.

މިދިޔަ އަހަރުތެރޭ މަސައްކަތް ނިންމުމަށް މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. މިއާއެކު އެމްޓީސީސީއިން މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް މިއެއާޕޯޓް ރަސްމީކޮށް ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިންމުމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކުރެވުނީ މިދިޔަ އަހަރު ޖެނުއަރީމަހުގައެވެ. އެހެންނަމަވެސް މިޕްރޮޖެކްޓުގެ އަމަލީ މަސަތްކަތް ފަށާފައި ވަނީ މިދިޔަ ޖޫން މަހުއެވެ.

މިއެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއަރޕޯޓް ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރެވިގެންދާނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!