ޚަބަރު
ހައިރިސްކު ޤައިދީން ގެއަށް ބަދަލުކުުރުމުގެ މަސައްކަތް ފަށައިފި

ޖަލުތަކުގައި ތިބި ހައިރިސްކު ޤައިދީން ޢާއިލާ ކައިރިއަށް ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިގޮތަށް ގައިދީން ގެއަށް ބަދަލުކުރަނީ ރާއްޖޭގައި އަނެއްކާވެސް ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަންދާތީ ކަމަށް ކަރެޝަނުން ވިދާޅުވެއްޖެއެވެ.

ޖަލުގައި ތިބި ޤައިދީންގެ ތެރެއިން ހައިރިސްކް ގައިދީން ގެއަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާއިރު، އެއިދާރާއިން ދަނީ އޭގެ ތެރެއިން ޢާއިލާ ކައިރިއަށް ބަދަލުކުރަންޖެހޭ ޙާލަތުގައި ތިބި މީހުންނާއި ބައެއް ޢާއިލާތަކުގެ އަޅާލުން ނުލިބި ތިބި މީހުން ދެނެގަނެ އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންނެވެ.

ޖަލުގައި ތިބި ހައިރިސްކް މީހުން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކަރެކްޝަނުން ކުރަމުންދާއިރު، މިހާތަނަށް ބަދަލުކޮށްފައިވާ ގައިދީންގެ އަދަދެއް ހާމަކޮށްފައިނުވެއެވެ.

މިހާތަނަށް މާފުށި ޖަލުން 78 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އެއީ 66 ގައިދީންނާއި 12 އޮފިސަރުންނެވެ. ކަރެކްޝަނުން ވިދާޅުވީ 215 ގައިދީން އަދި ތިން އޮފިސަރުން މިހާރު ވެސް ތިބީ ކަރަންޓީނުގައި ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ޖަލުތަކުގައި ތިބި ޤާއިދީންގެ ތެރެއިންވެސް ބައެއް މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ޖަލުތަކުގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުދަކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!