ކޮލަމް
ކަންކަމުގައި މައްސަލަ ހޯދުމުގައި ފުންނާބު އުސް މީހުން ގިނަ- ހައްލު ބުނެދޭނެ މީހެއް ނެތް

އަހަރަމެން އިންސާނުންނަކީ، ކަންކަމަށް ފާޑުކިޔުމާއި، އެކަމެއްގައި ހުންނަ އުނި ސިފަތައް ދެނެގަންނަށް ވަރަށް ފުންނާބު އުސް ބަޔެކެވެ. އަޅުގަނޑުމެންގެ ދިވެހިންގެ ދިރިއުޅުމަށް ބެލިކަމުގައިވިޔަސް، މިކަން އޮތީ ހަމަ މިބީދައިންނެވެ. ކޮންމެ ކަމެއްގައިވެސް އެކުލެވޭ މައްސަލަ ވަރަށް ފަސޭހައިން އެނެމެންގެ ލޮލުގައި އަޅައިގަނެއެވެ. މިގޮތުން ކޮންމެ ކަމަކުންވެސް މައްސަލަ ފާހަގަކޮށް ފާޑު ކިޔުމަކީ ދިވެހިންގެ ތެރޭގައި އާންމުކަމެކެވެ. ނަމަވެސް ސުވާލަކީ، މުހިންމީ ކޮންމެ ކަމަކަށް ފާޑު ކިޔުން ނުވަތަ މައްސަލަ ފާހަގަކުރުން ހެއްޔެވެ؟ ނުވަތަ މުހިންމީ އެކަމަށް ހައްލެއް ހެއްޔެވެ؟

އަހަރަމެން އިންސާނުންގެ ޠަބީއަތަށް ބަލާއިރު، ފުރިހަމަވެފައިވާ ކަންކަމަށްވުރެ ބޮޑަށް ފެންނަ މަންޒަރުން ސިފަވާ ތަފާތު އައިބުތައް ފަސޭހައިން ލޮލަށް ނަގައި ގަނެވެއެވެ. ކަންކަމުގައި އެކުލެވޭ ރަނގަޅު ސިފަތަކާއި ރަނގަޅު ކަންކަން ގިނަ މީހުންނަށް އާންމުކޮށް ފާހަގަ ނުވެފައި، ކޮންމެ ކަމެއްގައިވެސް އެކުލެވޭ އުނިކަން ނުވަތަ އުނިސިފަތައް ގިނަ ބަޔެއްގެ ލޮލަށް ނަގައި ގަނެވެއެވެ. ހުދު ގަނޑެއްގައި ކަޅު ކުލައިގެ ދެލިން އެންމެ ތިތްކެއް ޖެހިފައި ހުރެއްޖެނަމަ، ގިނަ ބަޔަކަށް ސިފަވެގެންދާނީ ކަޅުކުލައިގެ ތިކިއެވެ. އެބޮޑު ހުދުގަނޑު ފެންނަނީ މަދުބަޔަކަށެވެ.

ކަންކަމުގައި މައްސަލަ ފާހަގަކޮށް، ކޮންމެ ކަމަކުންވެސް ކުށްދައްކައި ހަޖޫޖެހުމުގެ ސިފަ އަހަރަމެން ދިވެހިންގެ ތެރޭގައި އަންނަނީ ވަކި ހިއްޕަމުންނެވެ. ހިތަށްއެރި މީހަކަށް ހިތަށް އެރިއެއްޗެއް ގޮވައި އެބަޔަކު ބޭނުންވާ ސިޔާސީ ނުވަތަ ޒާތީ މަންފާއެއް ހާޞިލްވާނޭހެން އަނެކާގެ އަގުވައްޓާލަން ކޮންމެ އެއްޗެއްވެސް ގޮވާލުމަކީ މިމުޖުތަމަޢުގައި އާދައިގެ ކަމެކެވެ. އެމީހަކު ބޭނުން ވަރަކަށް ފިތުނަވެސް ފަތުރައި، މީހުންގެ އަބުރުވެސް ކަތިލަން ވީއެވެ. މިއީ ދިވެހިންނަށް ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމުގައިވެސް ބައެއް މީހުން ދެކެއެވެ.

ނަމަވެސް މިހުރިހާ ކަމެއް ކުރުމުންވެސް އަދިވެސް ޖަވާބު ނުލިބޭ ސުވާލެއް ވެއެވެ. އެހުރިހާ ފާޑުކިޔުމަކުން ހާޞިލްވީ ކޮން ކަމެއް ހެއްޔެވެ؟ މީހެއްގެ އަބުރު ކަތިލުމުން، ސިޔާސީ މީހެއްގެ ފަރާތުން މަދު ފައިސާކޮޅެއް ލިބިދާނެއެވެ. ނަމަވެސް އެހިސާބުން ނިމުނީ ހެއްޔެވެ؟ އަޚާގެ ނުރުހުމާއި ބަދު ދުޢާ ހޯދައިގެން މުޅި އުމުރު ތިބާއަށް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުލެވިދާނެ ހެއްޔެވެ؟.

ކަމެއް ރަނގަޅުކުރުމަށް ނުވަތަ އިސްލާހުކުރުމަށް ފާޑު ކިޔުމަކީ މުހިންމުކަމެވެ. ނަމަވެސް އެ ފާޑުކިޔުމަކީ ބިނާކުރުވަނިވި ފާޑު ކިޔުމަކަށް ވުން މުހިންމެވެ. އެއީ އެއްގޮތަކަށްވެސް، ވަކި ސިޔާސީ ފިކުރަށް ތަބާވާތީ، ނުވަތަ ވަކި މީހަކާއި ޒާތީވެގެން ކިޔާ ފާޑުކިޔުމެއްނަމަ، އެއީ ބިނާކުރަނިވި ފާޑުކިޔުމަކަށް ނުވާނެއެވެ.

ބިނާކުރުވަނިވި ފާޑު ކިޔުމަކީ ކޮބައިކަން މިހާހިސާބުން ބަލާލަމެވެ. ބިނާކުރުވަނިވި ފާޑުކިޔުމަކީ، ކަންކަމުގައި ޒާތީތަޢައްސުބުން އެއްކިބާވެ، ކަމެއްގައި ހުރި މައްސަލެއް ނުވަތަ ހުރި ދަތިކަމެއް ފާހަގަކޮށް އެކަމަށް ޚިޔާލު ފާޅުކުރުމެވެ. މިވެސް ފާޑު ކިޔުމެކެވެ. ނަމަވެސް މިފާޑު ކިޔުމާއިއެކު، އެކަން އިތުރަށް އިސްލާޙްކުރާނެ ގޮތަކާއި، އެކަން އެއަށްވުރެ ރަނގަޅު ނަތިއްޖާ ނުކުންނާނެކަމަށް، ފާޑުކިޔާ ފަރާތަށް ފެންނަ ގޮތެއް އެހެން މީހުންނަށް އިތުބާރު ކުރެވޭނެ ބީދައިން، އެކަމެއްގެ ހައްލު ގެނެސްދިނުން މުހިންމެވެ. މިފަދަ ގޮތަކަށް އަހަރަމެންނަށް ފާޑުކިޔޭނަމަ، ނިސްބަތްވާ ފަރާތަށް އެކަން ބަލައިގަންނަން ފަސޭހަވެ، ހަޤީޤަތުގައިވެސް އެއީ އެކަން އިސްލާޙްކޮށް ރަނގަޅުކުރުމުގެ ނިޔަތުގައި ކޮށްފައިވާ ޚިޔާލު ފާޅުކުރުމެއްކަން އެނގިގެން ދާނެއެވެ.

ތެދެކެވެ. އަހަރަމެންގެ ތެރޭގައި ކަންކަމަށް ފާޑުކިޔައި ހަޖޫޖަހަން، ގިނަބަޔަކު ކުޅަދާނަވެފައި، ވަރަށް ފުންނާބު އުހެވެ. އެވެސް އެމީހެއްގެ ސިޔާސީ ފިކުރު ކުރިއަރުވައި، ޒާތީގޮތުން މީހުންގެ އަބުރު ކަތިލުމަށެވެ. ނަމަވެސް ކަންކަމުގައި ބިނާކުރަނިވި ފާޑު ކިޔައި، ކަންކަން އިސްލާޙް ކުރުމަށް ހައްލު ބުނެދީ ރަނގަޅުގޮތް ބުނެދޭނެ ތަނަވަސް ސިކުނޑިތައް ވަރަށްވެސް މަދެވެ. ކަމެއް އިސްލާހުކުރުމަށް މުހިންމީ ހަމައެކަނި ފާޑުކިޔުމެއް ނޫނެވެ. މުހިންމީ އޭގެ ރަނގަޅު ހައްލެއް ހޯދުމެވެ.

މައްސަލަ ހޯދާމީހަކަށް ފެންނާނީ ހުސް މައްސަލައެވެ. މުހިންމީ މައްސަލަ ހޯދުމެއް ނޫނެވެ. މުހިންމީ، ކުރިމަތިވާ ތަފާތު ކަންކަމަށް ބިނާކުރުވަނިވި ފާޑުކިޔުމާއެކު އެކަމަކަށް ހެޔޮލަފާ ހައްލެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!