ރިޕޯޓް
ދިވެހި ރައްޔިތުންތަކެއް ކުނިކޮށީގެ ވިހަ ދުމުގެ ތެރޭގައި 22 އަހަރު

އެގެ އަކީ ރަށުގެ ކުނިކޮއްޓާ ވަރަށް ދުރުގައި ހުންނަ ގެއެކެވެ. މިހާރު ރަށަށް އައިސްފައިވާ ބާދަލާއެކު ރަށުގެ މެދުތެރެ އޭ ވެސް ބުނެވިދާނެއެވެ. އެ ގޭގައި ދިރިއުޅޭ އަންހެން ކަނބަލަކީ ވަރަށް ކެރޭ ޒުވާން ކަނބަލެކެވެ. އޭނާ ސޯޝަލް މީޑިއާ ގައި ލިޔާ ބައެއް ލިޔުންތަކާއި ފޮޓޯ ތަކަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެއަޗެއްސެވެ. އެގޮތުން އޭނާ އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ ރަށުގެ ކުނި ގޮނޑުގެ ދުން ތަކުން ސަލާމަތް ނުވެގެން އުޅޭ ވާހަކައެވެ. ސޯޝަލް މީޑިއާ އަށް ލާ ފޮޓޯ ތަކުން ފެންނަނީ އެއްކޮށް ދުމުން ސަރަހައްދު ތަޣައްޔަރުވެފައިވާ މަންޒަރުތަކެވެ. ކުނި ގޮނޑާ އެހާ ދުރު ހިސާބެއްގައި ހުރި ގެޔަކަށް ކުރާ އަސަރު ގެ ވާހަކަ ދެއްކުމުން ނުވަތަ އެ މަންޒަރު ފެނުމުން ކުނިގޮނޑާ ކައިރި ހިސާބު ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރާނެ އަސަރު ވަރަށް ބޮޑު ވާނެކަން ޔަޤީނެވެ. އެހެންކަމުން މި ނާޒުކު މައްސަލަ އިތުރަށް ބަލާލުމުގެ ވިސްނުން އުފެދި އެކަމަށް އިތުރު ނަޒަރެއް ހިންގާ ބަލާލަން އަޅުގަނޑުގެ ވިސްނުން އައެވެ.

މި ދައްކަނީ ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އެއް ރަށް ކަމުގައިވާ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގެ ވާހަކައެވެ. ތިނަދޫ އަކީ ރަށުގެ އުތުރު ފަރާތުގައި އޮތް މާފުއްޓާއި ތިނަދޫ އެއްފަސް ކުރުމަށް 2000 ވަނަ އަހަރު ހިންގި މަޝްރޫޢު ގެ ކުރިންވެސް އާބާދީ ބޮޑު އަދި ކުނީގެ މައްސަލަ ވަރަށް ބޮޑު ރަށެކެވެ. ނަމަވެސް އޭރުގެ ރަށު އޮފީހާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އާއި ގުޅިގެން ދިޔައީ އެކަން ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް ކޮންމެވެސް ވަރެއްގެ ޙައްލެއް ހޯދަމުންނެވެ. ރަށް ހިއްކާ އެކި ފަރާތުން ބިން ބޮޑު ކުރުމުން އެވެރިންނަށް ވެސް އޮބި ނޮއޮންނަ ހިސާބަށް ދިޔުމުން ސަރުކާރުގެ އެހީގައި ރަށުގެ ހުޅަނގު އުތުރު ކަނުގައި ކުނި ކޮއްޓެއް ހަދައި އެތަނަށް ކުނި ޖަމާކޮށް މެނޭޖް ކުރެވޭ ތޯ ބެލިއެވެ.

ތިނަދޫ ކުނި ކޮށި ބޭރުން، ދުމުގެ ގެ އަސަރު ރަށުތެރެއަށް ވަރަށް ބޮޑަށް ފެތުރޭ– ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު

އެތަނުގައި ކުނިކޮށި ހެދީ އެއީ އެ ވަޤުތު ރަށުން ލިބެން އޮތް އެންމެ އެކަހެރި ހިސާބު ކަމަށްވީމައެވެ. އެ ބިމާ އިންވެގެން ޙިމާޔަތް ކުރަން ޖެހޭ ކުޅިއެއް އޮތަސް އިތުރު “ޗޮއިސްއެއް” ނެތެވެ. މި ދެންނެވުނު ވާހަކަ ތަކަކީ އޭރުގެ ކަތީބުން އެތައް ފަހަރުގެ މަތިން ނޫސްތަކަށް ދީފައިވާ މައުލޫމާތު ތަކެވެ. ތިނަދޫ ގެ އެ ޙާލަތަށް 22 އަހަރު ވީއެވެ. މިއަދު މިފެންނަނީ މުޅިން އެހެން ޙާލަތެކެވެ. ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މީގެ 22 އަހަރު ކުރިން ހިއްކި ބިން ގޯތި ގެދޮރުން ބަރުވެ އާބާދު ވެފައިވާ ތަނެވެ. ރަށުގެ އެންމެ އެކަހެރި ތަން ކަމަށް ބެއްލެވުން ބިން ވަށައިގެން އާންމުން ހަލަބޮލިވެ އުޅޭ މަންޒަރެވެ. ތަހުޒީބާއި ތަމައްދުނު ކުރިއެރުންތަކޭ ނުވަތަ “ޑިވެލޮޕް” ވެފައޭވެސް ބުނެވިދާނެއެވެ. ނަމަވެސް ރަށަށް މީގެ 22 އަހަރު ކުރިން ދިމާވި މައްސަލަ އޮތީ އޮތް ތަނުގައެވެ.

ކުނީގެ މައްސަލަ އާއި އެތަނުން އަންނަ ވިހަ ދުމާއި މުޅަ ވަހުގެ މައްސަލަ އަދިވެސް އޮތީ އޭރުވެސް ފެންމަތިވި ގޮތަށެވެ. ވިއްޔާ، ވީ ބޮޑެވެ. މާ ބޮޑަށްވެސް ވީ ގޯހެވެ. ތިނަދޫގެ ކުނި މެނޭޖް ކުރުމަށް އެކި އެކި ދައުރު ތަކުގެ ކައުންސިލް ތަކުން ގިނަ ގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ކުނި ނައްތާލާ އެކި ނިޒާމްތައް ގާއިމް ކުރުމާއި ގޭގެ އާއި ވިޔަފާރި ކުރާ ފަރާތްތަކަށް ވަކި އުސޫލަކުން އަމަލު ކުރަން އެނގުމާއި ގޮނޑަށް ކުނި ގެންދާ ފަރާތްތަކުންވެސް ވަކި ތަރުތީބަކުން އަމަލު ކުރުމަށް އަންގަން ފެށިއެވެ. އެކަމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ފެނިގެން ދިޔައެވެ.

ތިނަދޫ ކުނިކޮށްޓަށް މީހަކު ކުނި އުކާލުމަށް ގޮސް — ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު

ނަމަވެސް ތިނަދޫ އަކީ ބައިބޯ ތަނަކަށް ވުމުން އުފެދޭ ކުނި ވެސް ދިޔައީ ކޮށްޓަށް ނުތަކާ ވަރަށް ގިނަ ވަމުންނެވެ. ކައުންސިލް ގެ މާލީ ހާލަތާ ނުބައްދަލުވަމުންނެވެ. އެހެން ކަމުން ކޮށީގައި ކުނި ގިނަވެ ބޮއްސުން ލިއެވެ. އެންމެ ފަހުން ކަނޑައަޅާފައި އޮތް ބިމުން ބޭރަށް ބޮޑެތި ފަރުބަދަ ތަކެއް ހެން ފުނި ޖެހެން ފެށިއެވެ. ނަތީޖާއަކަށްވީ އޭގެ އަސަރު މުޅި ރަށުގެ ރައްޔިތަށް ކުރުމެވެ. މުޅި ރަށުގައި މެއްސެވެ. ސަރަހައްދުންވެސް ދަތުރު ނުކުރެވޭ ވަރަށް މުޅަ ތަކެތީން ވަހެވެ. އެ ހިސާބުގެ ގެތަކުގެ ދޮރުތައް ނުހުޅުވޭ ޙާލު ނޯއްދަމާލަން ނުކެރޭ ޙާލަތަށް ކުނި ކޮށީގެ ޙާލަތު ބަދަލުވީ އެވެ.

މި ހިސާބުން ކަންކަން ދިއުމުން ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. ކުރެވޭހާވެސް ކަމަކީ އެންދުމެވެ. އެކަމަކު އެއީ ވެސް ޙައްލެއް ނޫނެވެ. އެތައް ހާސް ޓަނުގެ ކުނި އަންދައި ހުސްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަނެއް ކޮޅުން ހުރިހާ ދުމެއް ރަށު ތެރެއަށެވެ. ހުރިހާ ތަކުލީފަކާ ނުރައްކަލެއް ރައްޔިތުންނަށެވެ. މި ދޭތެރެއަކުން ސަރުކާރުގެ ބާޖަކުން 300 ޓަނުގެ ކުނި ތިލަފުއްޓަ ގެންދެވި ކުނިކޮށި ހަމަޔަކަށް އެޅުވިއެވެ. ޖެހިގެން އައި ދުވަހުން ފެށިގެން ޙާލަތު އިހު ހުރި ގޮތަށް ބަދަލުވެއެވެ. މުޅި ރަށަށް މުޅަ ވަހާއި މެއްސެވެ. ބޮޑު ކޮޅިގަނޑެއް ހެން މުޅި ރަށަށް ވިހަ ދުމެވެ.

ފާއިތުވި 22 އަހަރު ތިނަދޫ ރައްޔިތުންނަށް ކުރިމަތިވެފައި މިވަނީ އެއްކަލަ ކަނބުލޮ އެބުނި ޙާލަތެވެ. އެ ކަނބުލޭގެ އެ ދައްކަނީ މުޅި ރައްޔިތުންގެ ވާހަކައެވެ. ތެދެކެވެ! ޙައްލު ނުވެ ބޮއްސުން ލާފައިވާ ކުރީގެ ސަބަބުން ވަމުން ދާ ގެއްލުން ތަކުގެ ވާހަކަ އާއި ސިއްހީ ގޮތުން ކުރަމުން ދާ އަސަރުގެ ވާހަކަ އެ ކުނިކޮށި ކައިރީގައި ދިރިއުޅޭ އެތައް ބަޔަކު ދެއްކީ ކަރުނަ އަޅައި ރޯ ޙާލުގައެވެ. ބުނުމުން ދަނީ ފާއިތުވި ވިހި ބާވީސް އަހަރުގައި ވެސް އުޅެންޖެހުނީ މި ޙާލުގައި ކަމަށާއި މުސްތާޤްބަލް ގައިވެސް އުޅެންވީ މިހެންތޯ އޭވެ؟

ހިތައް އެރީ ތިނަދޫ އަށް ދިމާވެފައިވާ ކުނޑީގެ މައްސަލަ ޙައްލު ކުރުމަށް މިދަތުރުގެ ކައުންސިލްގެ ވިސްނުން ހުރީ ކިހިނެއް ތޯއެވެ؟ ރައްޔިތުން ބޭނުން ވަނީ ކޮންގޮތެއް ބާވައެވެ؟ މި ވާހަކަތައް އެހެން ލިޔުމެއްގައި ވަރަށް އަވަހަށް ގެނެސްދެވޭނެ ވާހަކަ ދަންނަވަމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. އަލީ

  ތިނަދޫގެ ބިންހިއްކުމުގެ ކުރީގައި ކުނީގެ މައްސަލަ އޭރު ރާކާފުކޮމެޓީން އާއި އަންހެނުން ތަރައްގީއަށް މަސައަކތްކުރާކޮމެޓިން ހައްލުކުރިކަމަށް ލިޔުނީ މަނިކުފާނު އޭރު އެކޮމެޓީތަކަށް ލަފާއަރުވާތީތޯ؟ އޭރުގެ ހާލަތަކީ ކުނިއުކަނީ އެބަޔަކުއޭރު ޖެހުނުތަނަށް ކަމާއި ރަށުގެ ކޮންމެ މަގެއްނިމޭކޮޅު ބޮޑުކުނިގޮޑެއް އޮންނަކަން ތިބުނި އަންހެންމީހާޢަށްވެސް އެނގޭނެވެ. ކުނީގެ މައްސަލައަކީ ވޭތުވެދިޔަ 4ރައީސުންނަށްވެސް ހައްލުނުކުރެވުނު މައްސަލައެކެވެ. 300ޓަނު ކުނި މެނޭޖުކޮށް ކައުންސިލާއި ކިނިކޮށިހަވަލުކޮށްފައި އަދި ތިނަދޫ ކޮންމެ ގޭބީސީއަކުން ކުނިމެނޭޖުކުރުމަށް ކައުސިލަށް އަގުދިނަސް އެކަންކުރަންތިބި މީހުންނަށް އެކަންކުރަން ނޭނގިގެން އުޅޭވާހަކަވެސް ޖަހާލިނަމައެވެ. ލާމަރުކަޒުކޮށް ހިންގުމަށް ގާނޫއަސާސީގައި ލިޔެ ބަޔާންކޮށް ރައީސަކުކައުންސިލަށް ބޮޑުމުސާރަދީފަ އިންތިހާބްކުރަނީ ރައްޔިތުންނަށް ތިފަދަ މައްސަލަތަކިގައި ހައްލުހޯދުމަށެވެ. މައިސަރުކާރުންކުރަންދެން މަޑުކުރާނަމަ ކީއްކުރާކައުސިލް ރައީސެއްހެޔެވެ.

 2. ގޮޅާ

 3. މޭޔަރުގެ މީޑިޔާ ކޯޑިނޭޓަރު

  ގދ.ހަވަރު ތިނަދޫ ސިޓީގެ މޭޔަރު ޑޮކްޓަރ އަލްއުސްތާޒު ސައުދު އަލީ ވިދާޅުވީ ތިނަދޫ ސިޓީއިން ނުލިބޭ އެއްވެސް ހިދުމަތެއް ނޯންނާނެކަމަށެވެ. ގދ.ހަވަރު ތިނަދޫ އަށް މަދީ މޭޔަރެއްގެ މަގާމާއި މޭޔަރުގެ މުސާރަ އެކަންޏެވެ. މިހާރު މޭޔަރު ޑޮކްޓަރ ސައުދު އަލީގެ އަމާޒުފުޅަކީ ހަވަރު ތިނަދޫ ސިޓީން ގޯތިބޭނޫންވާ ހަވަރު ތިނަދޫ މީހުންނަށް ދީފަ “ބާކީ މިހާރު ހުރި” 900 ގޯތި ރަށުން ބޭރު މީހުންނަށްދީ އާބާދީ 100000 އަށް އަރުވާ ގދ.ހަވަރު ތިނަދޫ ސުޕާ ސިޓީއަކަށް ހެދުމެވެ. އަހްތަރުވެސް ހަބަރު ލިޔާއިރު މޭޔަރަށް ކަމެއްނުވާކަން ދޭހަވާ މޭރުމުން ހަބަރު ލިޔުނީމާ މިވާގޮތަކީ ސުޕާ ސުޓީއަކަށް ތިނަދޫ ހަދަން ކުރާ އުންމީދައް ހުރަސްއެޅިގެން ދިއުމެވެ. ތިނަދޫ ސިޓީއިން ނުލިބޭ އެއްވެސް ހިދުމަތެއް ނޯންނާނެކަން އަހްތަރުވެސްވީ ހިތުގެ އަޑިން ގަބޫލުކޮއްގެން ހުންނާށެވެ އަދި ތިނަދޫ ސިޓީގެ އެންމެން ހިތުގެ އަޑިން ގަބޫލުކުރަން ވާނެ އަމިއްލަ ބޯހިޔާވަހިކަމެއް (ފުލެޓެއް، ރޯހައުސްއެއް، ގޯއްޗެއް) ނެތް އެކަކުވެސް ތިނަދޫސިޓީގަ ނުހުންނާނެކަން