ޚަބަރު
ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުމުން ބޭރުގެ އެހީ ލިބުމަށް ފަސޭހަވާނެ : ޤާސިމް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ ކެނޑިޑޭޓަށް އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ބޭރު ދުނިޔޭގައި ދިވެހި ސަރުކާރުގެ މަގުބޫލުކަން އިތުރުވެ، ރާއްޖެއަށް ބޭރުގެ އެހީ ލިބުމަށް ބޮޑުތަނުން ފަސޭހަ ވެގެންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، މިއީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހަށް ދިވެހި ރައްޔިތުންގެ ތާއީދު އޮތްކަން ބޭރު ދުނިޔެއަށް ހާމަކޮށް ދިނުމަށް ކޮންމެހެންވެސް ކާމިޔާބު ކުރަން މުހިންމު ގޮޑިއެއް ކަމަށެވެ.

ރާއްޖެއަކީ ބޭރުގެ ޤައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ޤައުމަކަށްވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ދިވެހިންނަށް ބޭނުންވާ އެކި ކަންކަމުގައި ބޭރުގެ އެހީތެރިކަން ހޯދުމަށް މިގޮޑިއަކީ މުހިންމު ގޮޑިއަކަށް ވާނެކަމަށް ޤާސިމް ވިދާޅުވިއެވެ. ކޮންމެ ބަޔަކު އެހީތެރިކަމެއް ދިނަސް، އަދި ގުޅުންބޭވިޔަސް ސަރުކާރާއި ރައްޔިތުންނާއި މެދު އޮންނަ ގުޅުމަށާއި، ރައްޔިތުން ސަރުކާރު ބަލައި ގަންނަވަ ވަރު ބަލާނެކަމަށާއި، އެގޮތުން މިސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްކަން ދެއްކުމަށްވެސް މިގޮޑު ނަގަންޖެހޭކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮތް 2 އަހަރު ވެސް ވެރިކަމުގައި ހުންނަވާނީ ރައީސް ސޯލިހު ކަމަށާއި، ރައްޔިތުންނަށް އޮތް ވާޖިބަކީ އެމަނިކުފާނަށް ވެރިކަން ކުރައްވަން ފަހިކޮށްދެއްވުން ކަމަށެވެ.

މީގެ އިތުރުން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ސޯލިހާއި އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް މަސައްކަތް ކުރައްވަނީ އެމްޑީޕީގެ މެމްބަރުން މަދުވެގެން ނޫން ކަމަށާއި މިހާރު ތިބި މެމްބަރުންނާއި އެކީ ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު ވެސް ލިބިގެންދާނެ ކަމަށެވެ. އެއާއި ހިލާފަށް މި ގޮނޑި ކާމިޔާބު ވެގެން ދިއުމަކީ ބޭރު ގައުމުތަކުގެ އެހީތަކާއި މަދަދު ލިބިގެންދާނެ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!