ޚަބަރު
މިއަދުވެސް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ފައްސިވެއްޖެ

މިއަދުވެސް ރާއްޖެއިން ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޖުމްލަ 2689 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެގޮތުން މާލެއިން މިއަދު 1296 މީހަކު ކޮވިޑަށް ވަނީ ފައްސިވެފައެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 994 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، ރިސޯޓުތަކުން ޖުމްލަ 20 މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވަނީ 7013 މީހުންނެވެ. މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުމިވަނީ އަނެއްކާވެސް އިތުރުވެފައެވެ. އެގޮތުން ބަލިން ފަސޭހަ ނުވާ މީހުންގެ އަދަދު 17،732 އަށް އަރައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 133،288 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 115،269 މީހުންނެވެ. ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް ރާއްޖެއިން މިހާތަނަށް 274 މީހަކު ވަނީ ނިޔާވެފައިވާއިރު، މިވަގުތު 53 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!