ރިޕޯޓް
ކޮވިޑް ސާމްޕަލް ނެގުމުގައި ތިނަދޫ ކޮމިއުނިޓީ ސެންޓަރު ތޮއްޖެހިފައި

ގދ ތިނަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމުން ސާމްޕަލް ނެގުމުގެ މަސައްކަތް ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިހާރު ވަނީ ގޭގެއަށް ގޮސް ނެގުމުގެ ބަދަލުގައި ތިނަދޫ ގައި ހުންނަ ކޮމިއުނިޓީ ސެންޓަރަށް ބަދަލު ކޮށްފައެވެ. އެގޮތުން ކަރަންޓީން ރިލީޒް ސާމްޕަލް ނެގުން ހެނދުނު 8:30 ފެށިގެން 11:00 އަށް, ކަރަންޓީން ގައި ތިބި މީހުންގެ ތެރެއިން ރޯގާގެ ޢަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ނެގުން 12:30 އިން 14:00 އަށް އަދި ރަށުން ބޭރަށް ދިއުމަށް ނަގާ ސާމްޕަލް ނެގުމަށް މެންދުރު ފަހު 2:00 އިން 3:00 އަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއިއެކު ކަރަންޓީން ރިލީޒް ސާމްޕަލް ނެގުމަށް ހުކުރުދުވަހު ހެނދުނު 8:30 ފެށިގެން 11:00 އަށް ވެސް ވަނީ ހޮސްޕިޓަލުން ހަމަޖައްސާފައެވެ.

އެތައް ބަޔަކު ތިނަދޫ އިން ކޮވިޑް 19 އަށް ފައްސި ވެފައި ވާތީއާއި ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ފައްސި ވަމުން ދާތީ އަތޮޅުގެ މައި ހޮސްޕިޓަލުން ގެނެސްފައިވާ މި ބާދަލާއެކު ވަރަށް ގިނަ ބަޔަކު ވަނީ ތިނަދޫ ކޮމިއުނިޓީ ސެންޓަރަށް ގޮސް ސާމްޕަލް ދޭން ފަށާފައެވެ. މި އުސޫލު މަތިން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ދާއިރު އެތަނަށްދާ ގިނަ ފަރާތްތަކުން ބުނަނީ ހޮސްޕިޓަލުން ރޭވުންތެރި އަދި ރައްކާތެރި ގޮތަކަށް ސާމްޕަލް ނަގަން ޙަރަކާތްތެރިވަމުން ދާއިރު އެކަން ދަނީ ހިތްހަމަޖެހޭ ގޮތަކަށް ނޫންކަމަށެވެ.

ތިނަދޫގައި ހުންނަ ކޮމިއުނިޓީ ސެންޓަރ — ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު

އެގޮތުން ކުޑަ ކުޑަ ޖާގައެއްގެ ތެރެއަށް ގިނަ ބަޔަކު ވަންނަ އިރު ކޮންމެ މީހަކީވެސް ފައްސި ވެފައިވާ މީހެއް ކަމަށް ބެލެވިދާ ޙާލަތުގައި އެއްތަން ވުމުން މަގުސަދު ހާސިލު ނުވާ ކަމަށް އެންމެންހެން ފާހަގަ ކުރުއެވެ. އަދި އެތަނަށް ވަންނަ މީހުން ހުމުގެ އަލާމާތެއް ހުރިތޯ ޓެސްޓު ނުކުރާ ކަމަށާއި އެކަން ކުރަނީ އެއްގޮތަކަށްވެސް ރަނގަޅަށް ނޫން ކަމަށް އިއްޔެ އެތަނަށް ހާޒިރުވެ ތިބި ބައެއް މީހުން ވަނީ ބުނެފައެވެ.

“މިއީ ހޮސްޕިޓަލްގެ މުވައްޒަފުންނަށްވެސް އަދި ބަލި ކޮންޓްރޯލް ކުރުމަށްވެސް ރައްކާތެރި ގޮތެއް ނޫން. މީގެ ބަދަލުގައި ހަމަޖެހިފައިވާ 3 ވަގުތަށް 3 މާހައުލު ވެސް އެންމެ ރަނގަޅު. މިތަނަށް ކުޑަކުދިން ވެސް އައިސް މިތިބީ އަނެކަކާ މީހުންވެސް އެބަތިބި އޮޅުން ބޮޅުން އަރާފަ. ނަމެއްގަ ކިއުއެއް އޮތީ. އެހާ ގިނަ ވަގުތު ވެސް އެބަނަގާ”

– އިއްޔެ ތިނަދޫ ކޮމިއުނިޓީ ސެންޓަރަށް ސާމްޕަލް ނަފަން ދިޔަ މީހަކު ބުންޏެއެވެ.

ހުވަދޫ ނިއުސް އާއި ހިއްސާ ކުރަމުން އެހެން މީހަކު ބުނީ ކޮވިޑް-19 ގެ މި ރާޅުގައިވެސް ހޮސްޕިޓަލުގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް ތަކަށް ޝުކުރުވެރިވުން ޙައްޤު ކަމަށާއި ނަމަވެސް ކުރާ ކަން ކުރަންވާނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ. އެމީހާވެސް ބުނީ މުޅި ތަން އޮތީ ފުރި ބާރުވެފައިކަމަށާއި ރަށް އޮތް ޙާލަތުގައި މިއަށްވުރެ ބޮޑަށް ރައްކާތެރި ގޮތެއް ބަލަންޖެހޭ ކަމަށެވެ.

ތިނަދޫގައި ހުންނަ ކޮމިއުނިޓީ ސެންޓަރ ގައި ކޮވިޑް ސާމްޕަލް ހަދަނީ — ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު

ކޮވިޑް-19 ގެ ހާލަތު ތިނަދޫ އަދި ހުވަދު އަތޮޅު ދެކުނުބުރީގެ ރަށްތަކުގައި ގޯސްވެފައިވާ އިރު އިއްޔެ އެކަނި ވެސް 74 ކޮވިޑް ކޭސް ވަނީ ގދ އަތޮޅުގެ އެކި ރަށްރަށުން ފެނިފައެވެ. އެގޮތުން ތިނަދޫ އިން 62 ކޭސް ފެނިފައިވާއިރު، ދެން އެންމެ ގިނައިން ކޭސްތައް ފެނުނީ ހޯނޑެއްދޫ އިންނެވެ. އެގޮތުން ހޯނޑެއްދޫ އިން ވަނީ 7 ކޭސް ފެނިފައެވެ. މުޅި ގދ ގައި 524 އެކްޓިވް ކޭސް މިވަގޮތު އޮތް އިރު، މި ބަލީގައި ގދ އަތޮޅުން ވަނީ 6 މީހަކު ނިޔާވެފައެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޑޮކްޓަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ޙާލަތުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ރޯގާގެ އެއްވެސް އަލާމަތެއް ފެންނަނަމަ 1555 އަށް ގުވާ ޓެލެކޮންސަލްޓޭޝަން ހެދުވުމަށްވެސް އެދިފައެވެ. މީގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރި ވުމަށް މާސްކް އެޅުމަށާއި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި ސާފުކުރަން ދެމެހެއްޓުމަށާއި ބަލަން ރައްކާތެރިކަންމަތީ ތިބުމަށް ސިއްހީ މާހިރުންގެ އިރުޝާދު ތަކަށް ބޯލަނބައި ގޭގައި މަޑުކުރުމަކީ މުހިންމު ކަމެއްކަމަށް ތަކުރާރު ކޮށް ދަނީ އެކިގޮތްގޮތަށް އަންނަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ސމ / ތިނދ

  ތި ހޮސްޕިޓަލުވާހަކަ މިހައި އަލިތަންތާ ނުދައްކަ

 2. ތިނަދޫ ސިޓީ މޭޔަރުގެ މީޑިޔާ ކޯޑިނޭޓަރު

  ގދ.ތިނަދޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލަށް ސާންޕަލްދޭން ދިޔައިމަ ކިޔު ޖެހޭކަށް ނުޖެހޭނެ. ޓާޝަރީ ހޮސްޕިޓަލް އޮންނާނެ ރައީސް އޮފީހާދިމާލަށް މަތީގަ އެލިފަ ޓާޝަރީ ހޮސްޕިޓަލަށް އަރަންހެހޭނީ ވަލެއްގަ އެލިގެން.

 3. ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ ސީނިއަރ ކާޑިލޮޖޮސް

  ތިނަދޫގެ އަގު ވެއްޓޭ ގޮތަށް ރިޕޯޓު ތައްޔާރުކުރުން ވަރަށް ހަރުކަށި އިބާރާތުން ކުއްވެެރިކުރަމެވެ. ރަށުންބޭރު މީހުންނަށް ގޯތިދީ ތިނަދޫ ސުޕަރ ސިޓީއަކަށް ހަދަން ކުރަމުންދާ މަސައްކަތަށް ތިކަހަލަ ރިޕޯޓް ތަކުން ވަރަށް ބޮޑު ހުރަހެއް އެޅިގެން އެބަދެއެވެ ތި ރިޕޯޓް ތަކުގަ ލިޔަންވާނީ ތިނަދޫގަ މިހާރު ހުރި ޓާޝަރީ ހޮސްޕިޓާލުގެ ފެންވަރާއި ހިދުމަތް ރަނގަޅު ވާހަކައެވެ. ޓާޝަރީ ހޮސްޮޮޓަލުގަ ތިބި މޮޅެތި ސްޕެޝަލިސްޣުންގެ ވާހަކައެވެ. ރާއްޖެއިން ބޭރުންވެސް ތިނަދޫ ޓާޝަރީ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް މީހުންއަންނަވާހަކައެވެ. ތިނަދޫ ސުޕަރ ސިޓީއަކަށް އަދުމަށް ތިނަދޫ ސިޓީގެ މޭޔަރު ޑޮކްޓަރ އަލްއުސްތާޒު ސައުދު އަލީ އެކުރައްވަމުން ގެންދަވާ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަނެވެ