ޚަބަރު
ބިގްބޮސް15 ގެ ތަށި ހާސިލްކުރަން ތެޖަސްވީ ކުރި މަސައްކަތް ނިމުމަކަށް އައީ ރޮއްވާލާފަ

ކަލާސް ޓީވީން ދައްކާ މަޝްހޫރު ޝޯ، “ބިގްބޮސް” ގެ 15 ގެ ތަށި ހާސިލްކުރުމަށް ތެޖަސްވީ ޕްރަކާޝް ކުރަމުންދިޔަ މަސައްކަތް ނިމުމަކަށް އައީ މުޅި އާއިލާވެސް ރޮއްވާލާފައެވެ. ހަމައެއާއެކު ބިގްބޮސް މިފަހަރުގެ ސީޒަންގެ ރަން ފިޔަގަނޑު ލީ ތަށީގެ އިތުރުން 50 ލައްކަ ރުޕީސްގެ ފައިސާގެ އިނާމުވެސް ތެޖަސްވީއަށް ލިބިގެންދިޔައެވެ.

ރޭ ބޭއްވި ބިގްބޮސް 15 ގެ ގްރޭންޑް ފިނާލޭގައި ތެޖަސްވީއަށް އެއްވަނަ ލިބިފައިވާއިރު ދެވަނައަށް ހޮވިފައިވަނީ ޕްރަތީކް ސެހެޖްޕާލް އަދި ތިން ވަނަ ލިބުނީ ކަރަން ކުންދުރާ އަށެވެ.

ޓިކެޓް ޓު ފިނާލޭ އަށް ދަތުރު ކުރި 7 ބައިވެރިންގެ ތެރެއިން އެންމެ ފުރަތަމަ ކަޓާފައިވަނީ، ޓިކެޓް ޓު ފިނާލޭ އެންމެ ފުރަތަމަ ހާސިލް ކުރި ބައިވެރިޔާ ރާކީ ސާވަންތުއެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑުން ރަޝްމީ ދެސާއި ވަނީ ކަޓާފައެވެ. މިޝޯގެ ތިންވަނައަށް ޝަމިތާ ދާނެ ކަމަށް ގިނަބަޔަކު ޤަބޫލުކޮށްގެން ތިއްބަސް ޝަމިތާ ގަދަ 4 އާ ހަމައަށް ވަރަށް ހިތްވަރުކޮށްފައިވެއެވެ. އެހެންނަމަވެސް ރަން ފިޔަގަނޑާ ހަމައަށް ދެވޭގޮތެއް ނުވިއެވެ. އަދި 10 ލައްކަ ރުޕީސް ހިފައިގެން ޝޯ އިން ނިކުންނަން ލިބުނު ފުރުސަތުގައި ހިފައި ނިޝާންތު ބަޓްވަނީ ބިގްބޮސްގެ ގެއިން ނުކުމެފައެވެ.

މި ސީޒަންގެ ގްރޭންޑް ފިނާލޭއިން ކުރީގެ ޝޯތައް ކާމިޔާބުކުރި ގިނަ ތަރިންތައް އެކީގައި ފެނިގެންދިޔައެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމު “ގެހްރާއިޔާން” ޕްރޮމޯޓް ކުރުމަށް އެފިލްމުގެ ލީޑު ތަރިން ވެސް ރޭގެ ގްރޭންޑް ފިނާލޭގައި ބައިވެރިވެފައިވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!