ރިޕޯޓް
އިހުގެ ތަރުބިއްޔަތު ކިތަންމެހާވެސް ރަނގަޅެވެ!

އެވޭލާ ޒަމާނުއްސުރެ އަޅުގަނޑުމެން ދިވެހިންނަކީ މަތިވެރި އިސްލާމްދީނުގެ ހިދާޔަތު ލިބިފައިވާ ފަޙުރުވެރި ބައެކެވެ. މިގޮތުން މި ދީނުގެ ތެރެއިން ދިވެހިން ދައްކުވައިދިނީ ފުރިހަމަ ނަމޫނާއެވެ. ޖީލުތަކެއްފަހު ޖީލެއް ބިނާކޮށްދިނީ ދިވެހިން ދައްކުވައިދިން ރިވެތި ތަރުބިއްޔަތުގެ ތެރެއިންނެވެ. އައްމަތި ދަތިވެފައިވާ ފަޤީރު ހާލުގައިވެސް މެއެވެ. އާމްދަނީ ހޯދުމަށްޓަކައި ކުރާ އެތައް ބުރަ މަސައްކަތްތަކުގެ ތެރެއިންވެސް މެއެވެ. ހަމަ ބައްޕައާއި މަންމަވެސް ދަރިންގެ ތަރުބިއްޔަތުގައި ޝާމިލުވެގެންނެވެ. އެފަދަ ބައެއް ކަންތައްތައް މި ލިޔުމުގައި ފާހަޤަކޮށްލާނަމެވެ.

ދިވެހިންނަކީ ކަމޭހިތައި މެހުމާންދާރީ އަދާކުރި ރިވެތި އާދަތަކުގެ ބައެކެވެ. އަޅުގަނޑުމެންގެ މުސްކުޅި މައިންބަފައިން އަޅުގަނޑުމެންނަށް ދަސްކޮށްދިން ރިވެތި އާދައަކީ އެކަކަކު އަނެކަކަށް ކަމޭހިތައި އަދަބްވެރި ވުމަށެވެ. އެޒަމާން އަޅުގަނޑުމެން ތަރުބިއްޔަތު ކޮށްދިނީ މަޖިލިސްތަކުގައި އިށީނދެ ތިބޭ އިރު އަދަބްވެރިކަމާއިއެކު އިށީނުމަށެވެ. ޤަދަރުވެރި މީހަކު ހުރި ކަމުގައި ވަނީނަމަ ބޭކާރު ވާހަކަތައް ދެއްކުމާއި ހީސަމާސާ ނުކުރުމަށެވެ. އިހްތިރާމާއިއެކު އެކަކު އަނެކަކާއި ވާހަކަދެއްކުމަށެވެ. ތިމާއަށްވުރެ ދޮށީ މީހަކާއިވާހަކަ ދެއްކުމުގައި ދަޖަލު ނުކުރުމަށެވެ. އަދި ރިވެތި ބަސްތައް ބޭނުންކުރުމަށެވެ. އެހެންނޫންނަމަ އެއީ އަދަބުން ބޭރުވެފައިވާ ހުތުރުކަމެކެވެ.

ދިވެހި ތާރީޚުގެ ތެރެއިން— ފޮޓޯ: ޓްރެވެލް އެންޑް ލައިފްސްޓައިލް އޮފް މޯލްޑިވްސް

ނަމަވެސް ހިތާމައަކީ ޒަމާނަށް އައި އޮއި ވަރާއިއެކު މިއަދުގެ ތަރުބިއްޔަތު ބޮއްސުން ލައިފިކަމެވެ. އިހްތިރާމާއި އަދަބް ވެރިކަމަކީ މިއަދު ދަންނަ އެއްޗެއް ނޫނެވެ. އެކަކު އަނެކަކާއި މެދު ދަޖަލުކޮށް ވާހަކަ ދެއްކުމާއި ހުތުރު ބަސްތައް ބޭނުންކުރާ ކަމީ މި ޒަމާނުގެ ތަރުބިއްޔަތުގައި އެއްވެސް އާރޯކަމެއް ނެތްކަމެވެ.

އިމުގެ ތެރޭގައިވާ މިނިވަންކަން ދިނުމަކީ އިހުގެ މައިންބަފައިން އިސްކަމެއް ދީފައިވާ ކަމެކެވެ. ވަކި ވަގުތެއްގައި ދަރީން ބޭރުގައި އުޅުމަށް އެމައިންބަފައިން ނުރުހެއެވެ. އެފަދަ ހާލެއްގައިވެސް ދަރީން ގެއަށް އައުމަށް އެ މައިންބަފައިން ބާރުއަޅައެވެ. އެއީ ދޭންވާ އަދަބެއްދީގެންވެސް މެއެވެ. ހަޤީޤަތުގައި ދުނިޔޭގެ ދުޝްމަނުންގެ ކިބައިންނާއި އެކިއެކި މަޅިތަކުން ދަރީން ރައްކާތެރިކުރުމަށެވެ. އެ ދަރީންތައް މައިންބަފައިންނާއި ކުރިމަތިލަނީ ނިޔަނެތި ކަމާއިއެކުގައެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. ނަމަވެސް މިއަދުގެ ތަރުބިއްޔަތުގައި އެ ސިފައެއް ނެތެވެ. ދަރީން އުޅޭހާ ގޮތަކަށް ދަރީން ދޫކޮށްލެވެނީއެވެ.

ދަރީން އުޅޭ ގޮތް ބެލުމަކީ މިއަދުގެ މައިންބަފައިން ނުކުޅެދޭ ކަމެކެވެ. ދަރީންނަށް ދޭންޖެހޭ މިނިވަންކަމުގެ ނަމުގައެވެ. ދޭންޖެހޭ ލޯބީގެ ނަމުގައެވެ. ނަތީޖާ ކިތަންމެހާވެސް ހިއްޗެވެ. މައިންބަފައިން ކުރިމަތީގައި ޒުވާބުކުރުމަކީ އާދައިގެ ކަމެކެވެ. ދަރީން މައިންބަފައިންނަށް އަނިޔާކުރުމަކީ އާދައިގެ ކަމެކެވެ.. ދުނިޔޭގެ ދަޅަތަކަށް ގެއްލި ޝަހުވާނީ އެދުންތައް ގިނަ ޒިނޭގެ ވެއްޓަކަށް ވެއްޖެވެ. ހަޤީޤަތުގައި ދަރީންގެ ބަދަލުގައި މިއަދު މައިންބަފައިން ދަރީން ދެކެ ބިރުގަނެއެވެ.

އިހުގެ ތަރުބަވީ މަރުހަލާއިން ދަރީންނަކީ ކަންކަން ކުރަން އެގޭ ހިވާގި މީހުންނެވެ. ދިރުއުޅުމުގެ މަރުހަލާގައި ހުރިހާ ކަމެއް ދަރީންނަށް ދަސްކޮށްދެއެވެ. މައިންބަފައިން ކުރަމުން އައި ބުރަ މަސައްކަތުގައި ދަރީން ބައިވެރިކުރުވައެވެ. ކޮންމެ ހާލެއްގައިވެސް ދިރިއުޅުމަކީ އިމްތިހާނެއްކަން ދަރީންނަށް ދަސްކޮށްދިނީ ކެތްތެރިކަމާއިއެކުގައެވެ. އެކަކަކު އަނެކަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލައަށް ކަންކަން ކުރަން ދަސްކޮށް ހަލާލު މަސައްކަތުން ރިޒުޤު ހޯދަން ބާރުއަޅުވައެވެ. ގޭތެރޭގެ މާހައުލުގައި އެކަކު އަނެކަކަށް އެއްބައިވެ އެކަކު އަނެކަކަށް އެހީތެރިވުމަށް ދަސްކޮށްދެއެވެ. ނަތީޖާއަކީ އެ ދަރީންނަކީ ދިރިއުޅުމުގެ ކަންކަން ކުރަން އެގޭ ދަރީންނަށް ވުމެވެ. އެހެނަސް ޒަމާނުގެ ސަމުގާގެ އަޑާއިއެކު މުޖްތަމަޢު ކަންނެތްކަމުގެ ހާއްޔަކަށް ވެއްޖެއެވެ. މައިންބަފައިންނަކީ ދަރީންގެ ހުރިހާކަމެއް ކުރަން މަޖްބޫރުވެފައިވާ މީހުންނެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއް ކުރަން ނޭގެއޭ ބުނުމަކީ ދޮގަކަށް ނުވާނެވެ. އާއިލާތަކުން ފެންނަނީ އެއްވެސް ތަރުތީބެއް ނެތި މުޑުދާރު ދިރިއުޅުންތަކެވެ. ދަރީން އެކުދީން އިއްޒަތުގައެވެ.

ކޮންމެއަކަސް ޒަމާން ކިތަންމެ ތަރައްޤީވިޔަސް އެބައެއްގެ ތެރޭގައި އޮންނަންޖެހޭ ސުލޫކަކީ ބަދަލުވާންޖެހޭ އެއްޗެއް ނޫނެވެ. ހެޔޮ ތަރުބިއްޔަކީ ކޮންމެ މަޔަކާއި ބަފަޔަކު ޤުރުބާންވެގެންވެސް ދޭންޖެހިފައިވާ އެއްޗެކެވެ. އެކަން އަޅުގަނޑުމެންގެ މުސްކުޅި މައިންބަފައިން ދައްކުވައިދީފިއެވެ. އާއިލާ ބެލެހެއްޓުމުގައި ޤުދާރު ބިންދައިގެންވެސް އެކަން ހާމަކޮށްދީފިއެވެ.

އިހު އެވޭލާގެ ތަނަވަސްކަމެއްނެތި ދިރިއުޅުމުގެ ތެރެއިން ހާލުގައި އުޅެގެންވެސް މެއެވެ. މިއަދު ޒަމާނުގެ ޓެކްނޮލޮޖީގެ އެތައް ވަސީލަތްތަކަށް ގޮންޖަހަމުންނެވެ. ހަޤީޤަތުގައިވެސް އިހުގެ ތަރިބިއްޔަތު ވަރަށް ފުރިހަމައެވެ. އަދި ނަތީޖާވެސް ނެރެދިނެވެ. މި ތަރުބިއްޔަތުގެ މޭސްތިރިންނަކީ އަޅުގަނޑުމެންނަށްޓަކައި މުޅި ދިރިއުޅުން ޤުރުބާންކުރި މުސްކުޅި މައިންބަފައިންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!