ޚަބަރު
ގާނޫނެއް ހަދައިގެން ވަކި ކެމްޕޭނެއް ހުއްޓުވުމަށްވުރެ، ދީނަށް ފުރައްސާރަކުރާ މީހުންނަށް އަދަބު ދިނުން މާމުހިންމު – ޒައިދު

ވަކި ގާނޫނެއް ހަދައިގެން ވަކި ކެމްޕޭނެއް ހުއްޓުވައި މީހުން ޖަލަށްލާން އުޅުމަށްވުރެ، ދީނަށް ފުރައްސާރަކުރާ މީހުންނަށް އަދަބު ތަންފީޒު ކުރުން މާމުހިންމު ކަމުގައި ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވުމަށް އެމްޑީޕީ އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެންނެވެ. އެމްޑީޕީ އިން މިހާރުވަނީ “އިންޑިއާ އައުޓ” ކިޔުން ޖިނާއީ ކުށަކަށް ހަދައި ބޮޑެތި އަދަބުތައް ދިނުމަށް ބިލެއް އެކުލަވާލައި މިދައުރަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ޒައިދު ވިދާޅުވީ، ވަކި ޤާނޫނެއް ހަދައިގެން ވަކި ކެމްޕެއިން އެއް ހުއްޓުވައި މީހުން ޖަލަށް ލާން އުޅުމަށްވުރެ ދީނަށް ފުރައްސާރަކުރާ މީހުންނަށް އަދަބު ތަންފީޒު ކުރުން މުހިންމު ކަމަށާއި، ގާނޫނެއް ހަދައިގެންވިޔަސް މަޖުބޫރުކޮށްގެން ވިޔަސް އެޑަލްޓް ސައިޓްތައް ހުއްޓުވަން މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން “އިންޑިއާ އައުޓް”ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާ ވަގުތެއްގައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!