ފެންޑާ
އޮންލައިންކޮށް ބައިވެރިޔަކު ހޯދުމަކީ އެންމެ ރަނގަޅު ގޮތް ބާ؟

އަހަރަމެންގެ ތެރެއިން ގިނަ މީހުންނަކީ ދިރިއުޅުމުގެ ތަފާތު ކަންކަން ހުންނަ ގޮތުން އަމިއްލަ ހަށިގަނޑު ދުޅަހެޔޮ ސިއްޙަތެއްގައި ބެހެއްޓުމަށް ކަސްރަތު ކޮށްލާނެ ވަގުތުކޮޅެއްވެސް ނުލިބޭ ބަޔެކެވެ. ނަމަވެސް މުޅި ދިރިއުޅުން އެކީގައި ދިރިއުޅުމަށް ބައިވެރިއަކު އިޚްތިޔާރުކުރުމަށް ވަގުތުކޮޅެއް ހޯދާލުން ބުއްދިވެރިއެވެ.

ޒަމާނީ ކުރިއެރުންތަކާއިއެކު، ގިނަ ބަޔައެއްގެ ވަޒީފާ އަދި ދިރިއުޅުމުގެ ތަފާތު ކަންކަން ތަރުތީބު ކުރެވިފައި ހުންނަގޮތުން އަމިއްލަ ނަފުސާއި އެކަނި ބައްދަލުކޮށް، އަމިއްލަ ދިރިއުޅުމާއި މެދު ވިސްނާނެ ވަގުތުކޮޅެއްވެސް ނުވެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރަޙްމަތްތެރިޔަކާއި އެކު ދިރިއުޅުމުގައި ކުރިމަތިވާ ނުތަނަވަސް ކަމެއް ހިއްސާކޮށްލުން، ނުވަތަ އެކުވެރިންނާއި އެކު މަޖާކޮށްލާނެ ވަގުތެއްވެސް ބިޒީ ދިރިއުޅުމުގައި ގިނަފަހަރު އޮންނަނީ ހޯދަން އުދަނގޫވެފައެވެ. ދިރިއުޅުމުގައި ތަފާތު އާމީހުންނާއި ބައްދަލުވެ، ވާހަކަ ދެކެވި، ދެކެފަރިތަވެ، ސޯޝަލައިޒްވެ، ހިތް އެދޭ ކަހަލަ ސިފަތަކެއް ހުންނަ ބައިވެރިޔަކު ހޯދުމަކީވެސް މިފަހަކަށް އައިސް ގިނަބަޔަކަށް ވަރަށް އުދަނގޫ ކަމެކެވެ.

ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއިއެކު، ހަޔާތުގެ ބައިވެރިޔަކު ހޯދުމަށްވެސް، މިފަހަކަށް އައިސް، ކޮންމެވެސް ވެބްސައިޓެއްގައި ރަޖިސްޓްރީވެ، ނުވަތަ ހުސް ހަށިބައިކަމަށް ސޯޝަލް މީޑިޔާގައި ސްޓޭޓަސް ޖަހައިގެން ރީތި ފޮޓޯ ލައިގެން އުޅޭ ކޮންމެވެސް ރީތި ކުއްޖަކަށް ފްރެންޑް ރިކްއެސްޓް ފުނުވައި ރައްޓެހިވުމަކީ މިފަހަކަށް އައިސް ގިނަބަޔެއްގެ މެދުގައި މަޤްބޫލު ވެފައިވާ ކަމެކެވެ. މިއީ ބައިވެރިޔަކު ހޯދުމަށް ފަސޭހަ ގޮތަކަށް ވެފައި، ދުނިޔޭގެ ބޭނުން ކޮންމެ ޤައުމަކުންވެސް ބައިވެރިޔަކު އިޚްތިޔާރު ކުރުމުގެ ފުރުޞަތު މިފަދަ ސޯޝަލް މީޑިޔާ އެޕްތަކުގެ އެހީގައި ލިބިގެން ދެއެވެ. ނަމަވެސް މިގޮތަށް ލޯބިވެރިން އިޚްތިޔާރުކޮށް، ގުޅުމެއް ފެއްޓުމަކީ، އެންމެ ރަނގަޅު ނުވަތަ ރައްކާތެރި ގޮތްތޯ ވިސްނާލުމަކީ އޮތްކަމެކެވެ.

އެއީ މާސްކެއް އަޅައިގެން އުޅޭ ފަރާތަކަށްވެސް ވެދާނެ!

މިފަދަ ގޮތަކަށް އޮންލައިންކޮށް ދިމާވާ ކޮންމެ މީހަކީ، އަސްލު މީހަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ރިތިކް ރޯޝަން ނަމުގައި އިދެފައި، ރިތިކްގެ ފޮޓޯއެއް ޕްރޮފައިލްގައި އިނުމަކުން އެމީހަކު ރިތިކް ރޯޝަން އަށް ނުވެ ހިގައި ދާނެއެވެ. ކުޑަކޮށް ވިސްނާލާށެވެ. ގުޅުން ބަދަހިކޮށް ގުޅުމެއް ފެއްޓުމުގެ ކުރިން އެއީ އަސްލު މީހެއްތޯ ކޮންމެވެސް ގޮތަކުން ބެލުން ބުއްދިވެރިއެވެ. ފޯނުން ވާހަކަ ދައްކާލުން ނުވަތަ އިތުބާރު ހިފޭ ގާތް މީހަކާއެކު، ބައްދަލުކޮށްލައި ވާހަކަ ދައްކާލުމަކީ ކުރެވިދާނެކަމެކެވެ.

ފްރެންޑް ރިކްއެސްޓް ޤަބޫލުކުރުމުގެ ކުރިން އެއީ އަސްލު މީހެއްތޯ ބެލުން:

ސޯޝަލް މީޑިޔާގައި ބޭނުންކުރާ ޕްރޮފައިލް ފޮޓޯ އަށް އެކަނި ބަލައިގެން، ފްރެންޑް ރިކްއެސްޓް ފުނުވާ ކޮންމެ މީހެއްގެ ރިކްއެސްޓް ޤަބޫލުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މިގޮތުން ފްރެންޑް ރިކްއެސްޓް ޤަބޫލުކުރުމުގެ ކުރިން އެއީ އަސްލު މީހެއްތޯ ބަލައި ވެރިފައި ކޮއްލުން ރަނގަޅުކަމުގައި ފެނެއެވެ. މިގޮތަށް ނޭނގި ޤަބޫލުކުރެވޭ ރަޙްމަތްތެރިއަކީ ވަރަށް ރަނގަޅު، ވަރަށް އޯގާތެރި އަޅާލާ ރަނގަޅު މީހެއްގެ ގޮތުގައި ވާހަކަ ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތިބާ އެމީހަކާއި ވާހަކަ ދައްކަން ގަޔާވުމަކީވެސް އެކަށިގެންވާ ކަމެކެވެ. ނަމަވެސް އެއްވެސް ގޮތަކަށް ނުދަންނަ، ބައްދަލު ނުވާ މީހަކާއި، ވާހަކަ ދައްކުމަކީ، ތިބާގެ ވިސްނުމާއި ފިކުރު ބޭނުން ގޮތަކަށް އެހެން މީހަކަށް ބައްޓަން ކޮށްލުމަށް ހުޅުވޭ ފުރުޞަތެކެވެ.

ލޯބީގެ ގުޅުމެއް ކާކުކަން ނޭނގޭ މީހަކާއި އެކު ނުފެއްޓުން:

ނުދަންނަ މީހަކު ރަހްމަތްތެރިޔެއްގެ ގޮތުގައި ވާހަކަ ދައްކަމުން ގޮސް، ވަކިހިސާބަކުން، އެމީހަކާއި އެކު ލޯބީގެ ގުޅުމެއް ފެށި، ތަފާތު ފޮޓޯތަކާއި ވީޑިޔޯތަށް ބުނެލާއިރަށް ބަދަލުކުރުމަކީ، އަމިއްލަ އަބުރާއި އިއްޒަތް ގެއްލިގެން ދިޔުމަށް ފުރުޞަތު އޮތްކަމެކެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.

އޮންލައިން ސްކޭމާސްތައް ބައިވަރު އެކުލެވޭ:

ރައްޓެހި ވެގެން ނަމުގައި، ތަފާތު ކަންކަމަށް ކިޔައި ފައިސާ ހޯދާ އޮންލައިން ސްކޭމާސްތައް ހިންގާ މީހުން ވަރަށް ގިނައެވެ. ބައެއް މީހުންގެ މުޅި ދިރި އުޅުމުގައި ރައްކާކުރި ހުރިހާ ފައިސާއެއް މިފަދަ ތަފާތު އޮންލައިން ފްރައުޑް ހަދައިގެން މީހުން ހުސްކޮށް ލަނޑުދީފައި އެބަހުއްޓެވެ. ކިތަންމެ އިތުބާރު ކުރެވުނަސް، ފައިސާއާއި ތަކެއްޗަށް ކިޔާނަމަ، އެއީ ރަނގަޅު ނިޔަތެއް އޮތް މީހެއް ކަމުގައި ނުބެލެވޭނެއެވެ.

އެކުވެރިޔަކު ނުވަތަ ދަންނަ މީހަކު އޮންލައިންކޮށް ބައިވެރިޔަކު ހޯދީތީ، އޭނަގެ ތަޖުރިބާއަށް ބުރަވުން:

އެކުވެރިޔަކު ނުވަތަ ދަންނަ މީހަކު އޮންލައިންކޮށް ބައިވެރިޔަކު ހޯދީތީ، އޭނަގެ ތަޖުރިބާއަށް ބުރަވެ، އެގޮތް ތިބާ އިޚްތިޔާރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ނުވެއެވެ. އެކުވެރިޔާގެ ތަޖުރިބާއަށް ބުރަވެ، ނުދަންނަ މީހުންނާއި ވާހަކަ ދައްކައި، ގުޅުމެއް ފެއްޓުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން:

ބައްދަލުކުރަން ނިންމުމުގެ ކުރިން މީހަކު ދެނެގަތުމަށް އެކަށީގެންވާ ވަގުތު ހޯދާށެވެ. މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް އޮންލައިންކޮށް ކުޑަ ދިރާސާއެއް ކޮށްލާށެވެ. މިއިން އެމީހަކާއި ގުޅޭ ގިނަ ކަންކަން ދެނެގަނެވިދާނެއެވެ. އެއްވެސް ނުފޫޒެއްނެތި އަމިއްލަ ސިކުނޑިން ވިސްނައި، އެ އަށް ބަރޯސާވާށެވެ. ނުވަތަ އެކުވެރިއެއްގެ ހިޔާލު ހޯދާށެވެ. އަސްލު މީހެއްކަމަށް ޝައްކު ކުރެވޭނަމަ އެ މީހަކު ވަގުތުން ބްލޮކް ކޮށްލުން މުހިންމެވެ. ގުޅުން ކުރިއަށް ގޮސް ބައްދަލުކުރާނަމަ، އެކަހެރި ތަންތަނަށް އެކަނި ދިޔުމުގެ ބަދަލުގައި ކެފޭއެއް ފަދަ ޢާންމު ތަނެއްގައި ބައްދަލު ކުރާށެވެ. ބުނަން ބޭނުންވާ އެއްޗެއް ފޮރުވުމެއް ނެތި ބުނެލާށެވެ. ސީދަލަށް ބުނަން ނުކެރޭނަމަ، ޖޯކެއް ގޮތަށެވެ. މީހާއަށް އަންނަ ރިއެކްޝަނުން އެމީހާގެ ވިސްނުމާއި ގޮތް ދަނެގަނެވޭނެއެވެ.

ހީކުރި ގޮތަށް ނުވީނަމަ، ދެން އެހެން ލޯބިވެރިޔަކު ނުވާނޭ ކަމަށް ބަލައިގެން ބޭނުން ގޮތަކަށް ރުހިގެން ނުހުންނާށެވެ. ރަނގަޅު އެތަށް ބައިވެރިންނެއް އަމިއްލަ ދިރިއުޅުމުގައިވެސް ވެދާނެއެވެ. އޮންލައިންކޮށް ބައިވެރިޔަކު ހޯދުމުގެ ބަދަލުގައި، ހަޤީޤީ ދިރިއުޅުމުން، ތިބާގެ ކުރިމަތިން ފެންނަން ހުރި، ދެކެފަރިތަ ދަންނަ، ހުރިހާ ކަމެއް އެނގޭ ރަނގަޅު ބައިވެރިޔަކު ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!