ވިޔަފާރި
އެމްޓީސީސީ ގެ “ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022” އިފްތިތާޙްކޮށްފި

މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީނު ލިބިފައިވާ ދިވެހިން ބިނާކުރުމުގެ ގޮތުން ކުރިއަށްގެންދާ “ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022” ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.

ހުނަވަރު އެޕްރެންޓިސްޝިޕް ތަމްރީން ޕްރޮގްރާމަކީ، މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެކުންފުނީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.

މިޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހުނަވަރު ޕްރޮގްރާމްގެ ދަށުން ތަމްރީންލިބިގެން މިދާއިރާގައި އަދާކުރާ ވަޒީފާތަކަކީ ވަރަށް ރަނގަޅު ވަޒީފާތަކެއްކަމަށެވެ. އަދި ޒުވާނުންނާއި ޚާއްސަގޮތެއްގައި އަންހެން ކުދިންނަށް މި ފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެއްގެ ގޮތުގައި އާޒިމް ވަނީ ފާހަގަކޮށްފައެވެ.

ހުނަވަރު ޕްރޮގްރާމް ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. މިއަހަރުގެ މި ޕްރޮގްރާމްގެ ދަށުން 140 މީހުން ތަމްރީނުކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ވެލްޑިންގ، މެރިން އަދި ޓަގް މެކޭނިކް މަސައްކަތް، ހެވީ ވެހިކަލް އޮޕަރޭޓަރުން، ޓިންކަރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުންފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިއަކުވެސް 3 މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވިގެންދާނެއެވެ. ހަމައެއާއެކު މި ޕްރޮގްރާމްގެ ބައިވެރިންނަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެއެވެ. އޭގެ އިތުރުން ވޯރކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ޕްރޮގްރާމްގައި އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އާއި މާލޭގައެވެ. އެގޮތުން ފެބްރުއަރީ 4 ގައި ކުޅުދުއްފުށީގައި އޯޕަންޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެބްރުއަރީ 5 ގައި މާލޭގައި އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު ފެބްރުއަރީ 6 ގައި ލ. ފޮނަދޫގައި އޯޕަންޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

2021 ވަނަ އަހަރު މި ޕްރޮގްރާމް އައްޑޫ އާއި ފުވައްމުލަކުގައި ވަނީ ކުރިއަށް ގެންދެވިފައެވެ. އެ ޕްރޮގްރާމްގެ ތެރެއިން ކާމިޔާބުކަމާއިއެކު ތަމްރީންކުރެވި އަދި ލައިސެންސް ލިބި ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި 14 ފަރާތެއް މިހާރުވެސް އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!