ޚަބަރު
ތިނަދޫގައި 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ޖަހަން ފަށައިފި

ގދ.ތިނަދޫގައި 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ޖަހަން ފަށައިފިއެވެ. ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (ޑރ.އޭއެސްއެމްއެޗް) އިން ހާމަކުރި ގޮތުގައި 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވަނީ މިއަދުއެވެ.

ޑރ.އޭއެސްއެމްއެޗް ބުނީ ބޫސްޓަރ ޑޯޒް ޖެހުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ބޫސްޓަރ ޑޯޒް ޖެހޭނީ، ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ފުރިހަމަވެފައިވާ 18 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށެވެ. އަދި ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކަށް ކޮވިޑް ވެކްސިން ޖެހޭނީ ކޮވިޑް-19 އަށް ޕޮސިޓިވްވި ސާމްޕަލް ނެގި ދުވަހުން ފެށިގެން 28 ދުވަސް ފަހުން ކަމަށެވެ.

ޑރ.އޭއެސްއެމްއެޗް އިން މައުލޫމާތު ދޭގޮތުގައި 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 3 އެއްގެ ނިޔަލަށެވެ. އަދި ބޫސްޓާރ ޑޯޒް ޖެހުން ތިނަދޫގައި ހުންނަ ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ދާއިރު، ވެކްސިން ޖަހާނެ ގަޑި އަކީ މެންދުރު ފަހު 2 އިން ފެށިގެން ހަވީރު 4:45 އަކަށެވެ.

ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 72825 އަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 2601 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 927 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 1674 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 72825އަށް އަރާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!