ޚަބަރު
ނަޑެއްލާއަށް އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން: ނަޑެއްލާ ރައީސް

ގދ ނަޑެއްލާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އެހީތެރިވެދެއްވާ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމުގައި ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު ވިދާޅުވެއްޖެއެވެ.

ގދ ނަޑެއްލާގެ މުޖުތަމަޢުތެރެއިން ކޮވިޑްގެ ކޭސްތަކެއްފެނި ކޮމިއުނިޓީ ސްޕްރެޑްއަކަށް އެރަށުގެ ކޮވިޑްގެ ހާލަތު ގޮސް އެރަށް މޮނީޓަރިންގް އަށް ލާފައިވާ މިދަނޑިވަޅަކީ ނަޑެއްލާ ރައްޔިތުންނަށް ދަތި އުނދަގޫ ދަނޑިވަޅެއްކަމުގައި ފާހަނގަކޮށް އަންޝާއު ވިދާޅުވީ އަތޮޅުގެ އެކި ރަށްތަކުން ނަޑެއްލާ ރައްޔިތުންނަށް އެކި ގޮތްގޮތުން ވެދެެއްވަމުންގެންދަވާ އެހީތެރިކަމަކީ ނަޑެއްލާ ރައްޔިތުންނާއި ނަޑެއްލާ ކައުންސިލުން ބަލައިގަންނާނެ ކަމެއްކަމަށެވެ.

ނަޑެއްލާ އަށް އެހީތެރިވުމުގެ ގޮތުން އެންމެ ފުރަތަމަ އިސްނަގައި އެހީތެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގދ މަޑަވެލި ކައުންސިލުންންނެވެ. އެގޮތުން މަޑަވެލިން ހަދިޔާ ކުރައްވާފައިވާ ތަކެތީގެ ތެރޭގައި ކަނޑުމަހާއި، ބޯފެނުގެ އިތުރުން ބޭނުންވާ އިތުރު ސާމާނުތައްވެސް ހިމެނެއެވެ.

މަޑަވެލީގެ އިތުރުން ފަރެސްމާތޮޑާ އަދި ފިޔޯރީއިންވެސް ވަނީ ނަޑެއްލާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މިވަގުތަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފައެވެ.

އޭގެ އިތުރުން ތިނަދޫ ކައުންސިލާއި ހަވަރު ސްޕޯޓްސް ގުޅިގެން ނަޑެއްލާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލި ފުރުސަތުގައި އެރަށުގެ ވިޔަފާރިވެރިންނާއި އާންމު ފަރުދުންގެ އެހީތެރިކަމާއެކު ހަދިޔާކޮށްފައިވާ ތަކެތި މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. އެތަކެތި ނަޑެއްލާ ކައުންސިލާ ހަވާލުކުރުމަށް ގދ އަތޮޅު ކައުންސިލް ރައީސްގެ އިތުރުން  ތިނަދޫ އުތުރުދާއިރާގެ މެމްބަރު އަބްދުލް މުޢުނީއާއި ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ، ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ އަދި ތިނަދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޒަލީފް އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!