ޚަބަރު
ރާއްޖޭގެ މިނިވަން މުވައްސަސާތައް ތިބީ ޕެރެލައިޒްވެފަ – ޔާމީން

ދިވެހިރާއްޖޭގެ ހުރިހާ މިނިވަން މުވައްސަސާއެއް މިއަދު އޮތީ ޕެރެލައިޒް ވެފައިކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުން ކުއްލިއަކަށް އެދާއިރާގައި ހިންގަމުންދާ މަޝްރޫއުތަކާއި، މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޗެނަލް-13 އިން ގެނެސްދެއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޔާމީން ވިދާޅުވީ، ގާނޫނު އަސާސީއާއި، އިންތިޚާބުތަކާއި ބެހޭ ގާނޫނާއި ކަނޑައެޅިގެން ޚިލާފަށް މިސަރުކާރުން އެތައް ކަމެއް ކުރަމުންގެންދާއިރު ފެންނަމުންދަނީ ހުރިހާ މުވައްސަސާއެއް ނިދާފައި އޮތް މަންޒަރު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންތިޚާބުތަކުގައި ޤާނޫނާއި ޚިލާފް ކަންކަން ކުރާނަމަ އެކަންކަން ހުއްޓުވުމަކީ އިލެކްޝަން ކޮމިޝަންގެވެސް ޒިންމާއެއް ކަމަށާއި، ހަމަ އެކަނި ގާނުނާއި ޚިލާފުކަންކަން ނުކުރުމަށް އިލްތިމާސް ކުރުމަކުން ނުފުދޭ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވައި އިލެކްޝަން ކޮމިޝަނުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޔާމިން ވިދާޅުވި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ޤާނޫނުން މަތިކޮށްފައިވާ ކޮމިޝަން މިހާރު އޮތީ ގާނޫނި ހުސްކަމެއްގައި ކަން ހުރިހާ ރައްޔިތުންނަށް ސާފުވާނެ ކަމަށާއި، އޭސީސީގެ އިތުރުން ދައުލަތުގެ އެހެން ހުރިހާ މިނިވަން ކޮމިޝަންތައްވެސް އޮތީ ޕެރެލައިޒް ވެފައި ކަމަށެވެ.

މިސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގައިވެސް މިސަރުކާރުން ރާއްޖޭގައި ހިންގިހާވެސް ކަމަކީ ގާނުނާއި ޚިލާފަށް ކަންކަން ކުރުން ކަމަށާއި، މި ތިން އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ނުހިންގާވަރުގެ ގާނޫނާއި ޚިލާފު އެތައް ކަމެއް ހިންގި ތިން އަހަރު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!